ފަލަ ސުރުޚީ

  • ޖިނާއީ އިޖްރާއަތުގެ ޤާނޫނަށް އަމަލު ކުރަން އަދިވެސް ފަސް ކުރާނެ
  • ސަރުކާރުން ލޯން ނަގާއިރު އެބަ އަހަން ޖެހޭ
  • އިންޑިޔާއަކީ މި ސަރަހައްދުގެ ބާރު ގަދަ ގައުމެއް
 
Writer Profile Picture
ރިޒްނާ ޒަރީރު
ޖިނާއީ އިޖްރާއަތުގެ ޤާނޫނަށް އަމަލު ކުރަން އަދިވެސް ފަސް ކުރާނެ

ޖިނާއީ އިޖްރާއަތުގެ ޤާނޫނަށް އަމަލު ކުރަން އަދިވެސް ފަސް ކުރާނެ. ޤާނޫނު އަދިވެސް މިދަނީ ބަދަލު ކުރަމުން. މިހާރުވެސް މިޤާނޫނަށް ކަރުދާސްތައް އިތުރުކޮށްފައިވާ ކަމަށް މެމްބަރުން ދަނީ ބުނަމުން. ޕީޕީއެމްގެ ޕީޖީ ގުރޫޕު ތެރޭގައި ބޮޑެތި މައްސަލަތައް އެބަހުރި. މިސަރުކާރުން މިދަނީ އޮޅުވާލަމުން. ސަރުކާރުން ކޮންމެ އެއްޗެއް ހުށަހެޅިއަސް މެމްބަރުންނަށް މައްސަލަތަކެއް ނެތް ކަމަށް ފެނޭ،

18 ޖޫން 2017 | އާދީއްތަ 22:13
Writer Profile Picture
ރިޒްނާ ޒަރީރު
ސަރުކާރުން ލޯން ނަގާއިރު އެބަ އަހަން ޖެހޭ

ސަރުކާރުން ލޯން ނަގާއިރު އެބަ އަހަން ޖެހޭ. މިކަން އެބަ ސާފްކޮށްދޭންޖެހޭ. ބޭނުންއިރަކު ޤާނޫނަށް ބަދަލު ކުރަމުންމިދަނީ. މުސާރަދޭން ލޯން ނަގާ ކަމަށްވާނަމަ ރައްޔިތުންނަށް ބޭންކުން ކޮށްދޭން ހުންނަ ކަންކަމަށް ބުރޫއަރާނެ.

18 ޖޫން 2017 | އާދީއްތަ 22:06
Writer Profile Picture
ރިޒްނާ ޒަރީރު
އިންޑިޔާއަކީ މި ސަރަހައްދުގެ ބާރު ގަދަ ގައުމެއް

ލާރިދޭ ފަރާތަކާއި ކައިރިވެފައި ލާރި ނުދޭ ފަރާތަކާއި މިގައުމުން ގުޅުން ބަދަހިކުރަނީ. އެހެން ނަމަވެސް އިންޑިޔާއަކީ މި ސަރަހައްދުގެ ބާރު ގަދަ ގައުމެއް. ރައީސް ނަޝީދުގެ ސަރުކާރުންވެސް ވަނީ އިންޑިޔާއާއި ގާތް ގުޅުމެއް ބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދީފައި.

18 ޖޫން 2017 | އާދީއްތަ 22:02
Writer Profile Picture
ރިޒްނާ ޒަރީރު
ހާރިޖީ ސިޔާސަތު މިއޮތީ ފެއިލްވެފައި

ހާރިޖީ ސިޔާސަތު މިއޮތީ ފެއިލްވެފައި. އެހެންކަމުން މިނިވަންކަމާއި މެދު ސުވާލު އުފެދޭ. އިންޑިއާއަކީ ވަރަށް އެހީތެރިވާ ގައުމެއް. މިގުޅުން ގޯސްވެފައިވަނީ ކީއްވެގެންތޯ ބަލަން އެބަޖެހޭ. އިންޑިޔާއަކީ އެންމެ ކައިރީގައި އޮންނަ ގައުމުކަމަށް އަބަދުވެސް ބަލަންޖެހޭ. ހުރިހާ ސަރުކާރުތަކުންވެސް މިކަމަށް ބަލަން އެބަޖެހޭ. އިންޑިއާއި އޮތް ގުޅުން ކެނޑެމުންދަނީ އެމީހަކު ޖީބަށް ލެވޭ ވަރު ގިނަ ކުރަން މަސައްކަތް ކުރާތީ ކަމަށް ޤަބޫލުކުރެވޭ.

18 ޖޫން 2017 | އާދީއްތަ 22:00
Writer Profile Picture
ރިޒްނާ ޒަރީރު
އާއިލާތަކުން މިދަނީ އިންސާފް ހޯދުމަށް މަސައްކަތް ކުރަމުން

އާއިލާތަކުން މިދަނީ އިންސާފް ހޯދުމަށް މަސައްކަތް ކުރަމުން. އެހެން ނަމަވެސް ފުލުހުން ކުރަމުންދާ އެއްވެސް ތަހްޤީގެއްގެ ފުރިހަމަ މައުލުމާތެއް ނުލިބޭ. މިދަނީ ބާރުތައް ނަގަމުން. ޕީޕީއެމްގެ މެމްބަރުން ދަނީ އިދިކޮޅު ފަރާތްތަކާއި ގުޅެމުން. މިދަނީ ރަނގަޅު މަގަށް.

18 ޖޫން 2017 | އާދީއްތަ 21:57
Writer Profile Picture
ރިޒްނާ ޒަރީރު
ފުލުހުން ބޭނުންވަނީ ސަރުކާރު ހިމާޔަތް ކުރަން

މިނިވަން މުއައްސަސާތަކުގައި ތިބެން ޖެހޭނީ ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅުން. ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން. ފުލުހުން ބޭނުންވަނީ ސަރުކާރު ހިމާޔަތް ކުރަން. ރައީސް ޔާމީން ވިދާޅުވާ ކޮންމެ ކަމެއް ފުލުހުން ކުރާކަށް ނުޖެހޭ. ފުލުހުންގެ މުއައްސަސާގައި މިއޮތީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައި. ސެކްޝަންތަކުން މުއައްޒަފުން ބަދަލުކުރަމުންދާ މަންޒަރު އެބަފެނޭ. އެތަނުގެ މަސައްކަތް ހިނގަންޖެހޭ ވަރަށް ނުދެވި މިދަނީ ސިޔާސި ކުލަވަރާއި ހެދި. ފުލުހުންގެ މުއްދަތު ޖަހަން ގެންދާ ބައެއް މީހުންނަށް ވަކި ގޮތެއް މިވަނީ.

18 ޖޫން 2017 | އާދީއްތަ 21:50
Writer Profile Picture
ރިޒްނާ ޒަރީރު
އަދީބު ދޫނިދޫގައި ބަހައްޓާފައިވާ މައްސަލައަށް ޒިންމާވާންޖެހޭ

ރައީސް ޔާމިން ބޭނުންފުޅުވާ ގޮތަށް ކަންތައް ކުރަމުންދާ ބައެއް އެބައުޅޭ. މިސަރުކާރެއް ދެމިއެއް ނޯންނާނެ. މިނިވަން މުއައްސަސާތައް މުސްތަގިއްލު ކަމާއި މެދު ޝައްކު. އެކަން ނުކުރާ ފަރާތްތަކާއި މެދު ކޮންމެވެސް ދުވަހަކުން ފިޔަވަޅު އެޅޭނެ. އަދީބް މިއަދު ދޫނިދީގައި ބަހައްޓާފައި ހުރީ ޤާނޫނާއި ޙިލާފަށް. މިކަމަށް ޒިންމާވާންޖެހޭނެ ފަރާތްތަކެއް ތިބެން އެބަޖެހޭ.

18 ޖޫން 2017 | އާދީއްތަ 21:42
Writer Profile Picture
ރިޒްނާ ޒަރީރު
ފަލަ ސުރުޚީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނީ މެދު ހެންވާރު ދާއިރާގެ މެމްބަރު އަލީ އާޒިމް

18 ޖޫން 2017 | އާދީއްތަ 21:36