Raajje.mv

ފަލަސުރުޚީ: މައުމޫން އެނބުރި ވަޑައިގަތުން

14 ޖޫން 2017
16148
  ކުރީގެ ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން

14 ޖޫން 2017 | 18:14

މައުމޫނު މާލެ ވަޑައިގަތުން : ގާސިމް އިބްރާހިމްގެ ވާހަކަފުޅު

ރައިސް މައުމޫން މާލެ ވަޑައިގަތުމަކީ މި ކުރައްވާ އިސްލާހީ މަސައްކަތަށް ވަރަށްބޮޑު ހިތްވަރެއް ލިބުނު ކަމަކަށް. ރައްޔިތުންނާއި ބައްދަލު ނުކުރެވުމަކީ ވަރަށް ހިތާމަވެރިކަމެއް.

14 ޖޫން 2017 | 18:08

ރައީސް މައުމޫނު މާލެ ވަޑައިގެންފި

ރައީސް މައުމޫނު ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށްފަހު ކާރުކޮޅަށް އަރާވަޑައިގެންފި.

14 ޖޫން 2017 | 18:01

ރައީސް މައުމޫނު މާލެ ވަޑައިގެންފި

ރައީސް މައުމޫނުގެ ލޯންޗުކޮޅުވަނީ އެއްނަންބަރު ފާލަމަށް ކައިރިކޮށްފި.

14 ޖޫން 2017 | 17:57

ނެރުވަނީ ބަންދުކޮށްފައި: ނާދިރާ

މައުމޫނު މާލެ ވަޑައިގަންނަވާއިރަށް ލޯންޗުކޮޅަށް ނުވަދެވޭގޮތަށް އެއްނަންބަރު ފާލަން ވަނީ ބަންދުކޮށްފައި. ނެރުކައިރީގައި ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައި

14 ޖޫން 2017 | 17:52

މައުމޫނު މާލެ ވަޑައިގަތުމަށް ފުރާވަޑައިގަތުން

ރައީސް މައުމޫން މާލެ ވަޑައިގަތުމަށް ދާދި ދެންމެއަކު ފުރާވަޑައިގެންފި

14 ޖޫން 2017 | 17:29

މައުމޫނު މީޑިއާތަކަށް ދެއްވާ ޕްރެސް

މަސައްކަތަކީ ޕާޓީގެ މަސައްކަތެއް ނޫން. މި ކުރައްވަނީ އިސްލާހީ މަސައްކަތް. ގައުމީ މަސައްކަތް. މުޅިގައުމުގެ ހެވާއި ލާބައަށްޓަކައި ރައްޔިތުންނަށްޓަކައި ކަންތައްތައް އިސްލާހު ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން.

އަޅުގަނޑު ރާއްޖޭން ބޭރަށް ދަނީ ދާން ޖެހިގެން. އަޅުގަޑަކީ ދިވެއްސެއް. އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި ދަތުރުފަތުރު ކުރަނީ.

އަޅުގަނޑުގެ ދަރިއަކުވިއަސް އެނޫން މީހަކުވެސް ރައީސްކަމަށް ގެންނާކަށް ނޫޅެން.

އަޅުގަނޑަކީ އަދިވެސް ޕީޕީއެމްގެ ރައީސް. ރައްޔިތުންވެސް ނުދެކޭ އެއީކީ ޕީޕީއެމްކަމަކަށް.

އިސްލާމީ ގައުމުތަކާއި ގުޅުން ބަދަހިކޮށް އަދި އވައްޓެރި ގައުމުތަކާ މަސައްކަތް ކުރަންޖެހޭ. އަޅުގަނޑު ނުދެކެން ކޮމަންވެލްތާއި އީރާނާއި ގަތަރާއި ވަކިވާން ޖެހޭނެކަން.

އަޅުގަނޑުމެންނަށް އެގައުމުތަކާއި ދުރަށް ޖެހިގެން ނުވަތަ ވަކިވެގެން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ.

ރާއްޖެއާއި ގަތަރާއި ދޭތެރޭއޮތީ ޚާއްސަ ގުޅުމެއް. އެގުޅުން ކަނޑާލުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން.

14 ޖޫން 2017 | 17:20

ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

14 ޖޫން 2017 | 17:17

ޖުމްހޫރީ މައިދާން ސަރަހައްދު ވަނީ ބަންދުކޮށްފައި

ޖުމްހޫރީ މައިދާން ސަރަހައްދު ވަނީ ބަންދުކޮށްފައި. އެސަރަހައްދު ވަނީ ނުވަދެވޭނެ ގޮތަށް ބެރިކޭޓް ޖަހާފައި. މީހުން ވަނީ އެމްއެމްއޭ ސަރަހައްދަށް ދުރަށް ޖައްސާލާފއި

14 ޖޫން 2017 | 17:10

ރުކުމާގެ ޓްވީޓް

އިދިކޮޅު އިއްތިހާދުގެ މެމްބަރުންވަނީ ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް މިހާރު އެއާޕޯޓަށް ވަޑައިގަންނަވާފައި

14 ޖޫން 2017 | 17:06

ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގަތުން

ރައީސް މައުމޫނަށް މަރުހަބާ ދދެންނެވުމަށް އެމްޑީޕީގެ ބައެއް މެމްބަރުން އެއާޕޯޓަށް ވަޑައިގަންނަވައިފި. އޭގެ ތެރޭގައިއ ެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ

14 ޖޫން 2017 | 17:03

އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަންނަވަނީ

14 ޖޫން 2017 | 17:03

މާލޭގެ ބައެއް މަގުތަކުގައި ބެރިކޭޓްޖަހައިފި

މާލޭގެ ބައެއް މަގުތައް ބެރިކޭޓް ޖަހާ ބަދަލު ކުރަން ފަށައިފި. މިރޭ ރައީސް މައުމޫން އެނބުރި ޜާއްޖެ ވަޑައިގަންނަވާނެ.

14 ޖޫން 2017 | 17:01

އަމީތު

ގަތަރާއި ގުޅުން ކަނޑާލީ ސައުދީން ގުޅުން ކަނޑާލުމާއެކު. ރާއްޖެއިން އީރާނާއި ގަތަރާއި ގުޅުން ކަނޑާލީ ސައުދީ ފޮލޯކޮށްގެން.

ކޮބައިތޯ ގަތަރުން ޓެރަރިޒަމަށް ފަންޑު ކުރާކަމގެ ހެކ. ރާއްޖެއއަށް އެހީތެރިވާ ގައުމަކާ ގުޅުން ކަނޑާލުމުގެ ކުރިން އެބަޖެހޭ އޭގެ ހެކި ދައްކަން.

14 ޖޫން 2017 | 16:55

މައުމޫން ފެކްޝަނުގެ މެމްބަރު އާމިނަތު ނާދިރާގެ ޓްވީޓް

ރައީސް މައުމޫން އެނބުރިވަޑައިގަތުން ކަވަރުކުރުމަށް މީޑިއާގެ ޓީމް އޮތީ ތައްޔާރަށް.

14 ޖޫން 2017 | 16:54

މައުމޫން ފެކްޝަނުގެ މެމްބަރު އާމިނަތު ނާދިރާ

އާމިނަތު ނާދިރާ ކުރެއްވި ޓވީޓް: ދިވެހި ތާރީޚުގައި މިރެއަކީވެސް ތަފާތު ރެއަކަށް ވެގެންދާނެ. ސިޔާސީ ފިކުރަށްވުރެ ގައުމީ ފިކުރެއް ރައްޔިތުން އެދޭ ބަދަލެއް ފެންނާނެ

14 ޖޫން 2017 | 16:48

އަމީތު

ރައީސްގެ އިސްތިއުފާއަށް ނުވަތަ މަޖިލީހުގެ ޒައާމަތު ބަދަލުކުރުމަށް 42 މެމްބަރުންގެ ސޮއި ހަމަކޮށްގެން ޕެޓިޝަން މަޖިލީހަށް ވައްދާނަން.

މަޖިލީހުގެ ރައީސް އިސްތިއުފާ ނުދެއްވިކަމުގައި ވިއަސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަން ފެންނާނެ. މަޖިލީހުގެ ރައީސް މިފަހުން ދެއްވި ތަރާވީހުގައި ބައިވެރިވަޑައިގެންނެވީ އެންމެ 17 އެމްޕީއިން. އޭގެން އެބައެނގޭ އިތުބާރެއް ނެތްކަން. މީގެ ކުރިން މަޖިލީހުގެ ރައީސް ދެއްވި ތަރާވީހުގައި ބައިވެރިވަޑައިގަންނަވާފައިވަނީ 90 ވަރަކަށް ޕަސެންޓް

14 ޖޫން 2017 | 16:45

އަމީތު

މިހާރު ގާނޫނަށް ގެނައި ބަދަލާއިއެކު ކޮންމެ މީހެއްގެ ގެއަށްވެސް ވަދެވޭނެ. ބިލް އަނބުރާ ގެންދިޔައީ ބަންޑާރަ ނައިބަށްވެސް އެ ބިލް ގަބޫލު ނުކުރެވޭތީ. މަޖިލީހުގައި މިހިންގި ޖަރީމާއާއި އެކު މުޅި މަޖިލިސްތެރެ ބަދަލުވެއްޖެ . މަޖިލީހުގައި މަސައްކަތް ކުރުމަށް މަޖްލީހުގެ ރައީސްގެ މިނިވަންކަމެއް ނެތް.

މިހާތަނަށް މަޖިލިސް ހިންގާފައިވަނީ ޕީޕީއެމްެގެ "ޖަގަހައެއްގެ ގޮތުގައި.

14 ޖޫން 2017 | 16:42

އަމީތު

ޖިނާއީ އިޖުރާތުގެ ބިލްތަކަކީ ވަރަށްގިނަ އިރު ބަހުސް ކުރަންޖެހޭ ބިލްތަކެއް. ޖިނާއީ އިޖުރާތުގެ ބުލް ގެ 28 ވަނަ މާއްދާއަށް ގެނައި އިސްލާހަށް އެތައް މެމްބަރުން ކަންބޮޑުވޭ.މިސަރުކާރަށްވުރެ ރައްޔިތުންނަށް ދުއްތުރާކުރެއްވި ސަރުކާރެއް ނޯންނާނެ.

14 ޖޫން 2017 | 16:38

މެމްބަރު އަމީތު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށައެޅުމަށް މެމްބަރު މުބީން އިސްލާހު ހުށައެޅުމަށް ވާހަކަ ދައްކަވާ ނިމުމުން އެހެން މެމްބަރުން އެ ބިލާއި މެދުވާހަކަ ދައްކަވަން ތިއްބާ މަޖިލީހުގެ ރައީސް ވިދާޅުވީ އެ ބިލާއިމެދު ވާހަކަދައްކަވާނެ މެމްބަރަކު ނެތްކަމަށް. އެބިލާމެދު ވާހަކަ ދެއްކުމުގެ ފުރުސަތުވަނީ ބަންދުކޮށްފައި.

14 ޖޫން 2017 | 16:28

ޑރ. ޖަމީލުގެ ޓްވީޓު

ޑރ. ޖަމީލް ބުދަ ދުވަހުގެ ރޭ އިރާކޮޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހިްތަވަރަަށް ކާމިޔާބު ލިބޭނެކަމަށާއި ރައްޔިތުންގެ ފަޅި ބޮޑުކަން މިރޭ ޔަގީން ވާނެ ކަމަށެވެ.

14 ޖޫން 2017 | 16:26

ޑރ. ޖަމީލުގެ ޓްވީޓް

.

.ޑރ. ޖަމީލް ބުދަ ދުވަހުގެ ރޭ އިރާކޮޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ރައްޔިތުންގެ ހިތްވަރުން ކާމިޔާބު ލިބޭނެ .ކަމަށާއި ރައްޔިތުންގެ ފަޅި ބޮޑުކަން މިރޭ ޔަގީން ވާނެ ކަމަށެވެ

14 ޖޫން 2017 | 16:09

ފަލަސުރުޚީ: މައުމޫން އެނބުރި ވަޑައިގަތުން

ރާއްޖެޓީވީގެ މިރޭގެ ފަލަސުރުހީ ޕްރޮގްރާމް ހާއްސަ ކޮށްލާފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެނބުރު ރާއްޖެ ވަޑައިގަތުމާ ގުޅޭ ގޮތުންނެވެ. އެ މަނިކުފާނު އެނބުރި ރާއްޖެ މިވަޑައިގަންނަވަނީ ގިނަ ދުވަސްތަކެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު އެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގަންނަވަނީ ސިންގަޕޫރު އެއާލައިންގެ ފްލައިޓްގަ އެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ 22:10 ގަ އެވެ. ރައީސް މައުމޫނަށް މަރުހަބާ ކިޔުމަށް، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި މެމްބަރުން އެއާޕޯޓަށް ވަޑައިގަންނާވައިރު، ބައެއް މީހުން އެ މަނިކުފާނަށް މާލޭން ވެސް މަރުހަބާ ކިޔުމަށް ވަޑައިގަންނަވާނެ އެވެ.

ރައީސް މައުމޫން އެނބުރި މާލެ ވަޑައިގަތުމާ ގުޅޭ ގޮތުން މިރޭގެ ފަލަ ސުރުހީ ހާއްސަކޮށްފައިވާއިރު، ފަލަ ސުރުހީ އަށް ފަހު ހާއްސަ ކަވަރޭޖެއް ވެސް ގެނެސްދޭނެ އެވެ. އަދި ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގަތުން ރާއްޖެ ޓީވީން ލައިވްކުރާނެ އެވެ. ފަލަސުރުހީގެ މެހްމާނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

މިއީ ރައީސް މައުމޫންގެ ސިޔާސީ ހަޔާތްޕުޅުގައި ވެސް އިދިކޮޅު ޕާޓީތަކުން އެ މަނިކުފާނަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރެވެ.