މަޖިލިސް ޖަލްސާ: ތެލުގެ ޑިއުޓީ 5 ޕަސެންޓަށް ދަށްކުރުމަށް މަޖިލީހުން ވޯޓް ނެގުން

  • ބަހުސް މަރުހަލާ ނިންމާލުން
  • މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު
  • ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ
 
Writer Profile Picture
މުހައްމަދު ފަޒީން
ބަހުސް މަރުހަލާ ނިންމާލުން

މިއަދު މަޖިލީހަށް  ކޮމެޓީތަކުން ހުށަހެޅި ދެ ރިޕޯޓަށް މެމްބަރުން ބަހުސް ކުރައްވާ ނިމުމުގެ، މަޖިލިސް މެދުކަނޑާލައިފި. ދެން މަޖިލިސް ފެށޭނީ 13:30 ގައި .

14 ޖޫން 2017 | ބުދަ 11:49
Writer Profile Picture
މުހައްމަދު ފަޒީން
މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު

ހުސައިން މުހައްމަދު: ތެލުގެ ޓިއުޓީން 5 ޕަސެންޓަށް ދަށް ކުރުމަށް ތާއީދު ކުރަން. އެކަމަކު ތެލުން ޑިއުޓީ ސުން ޕަސެންޓަށް ދަށް ކުރަން އެދެން. ކީއްތޯވާނީ، 1 އެއް ބިލިއަށް ޑޮލަރުން އެއާރޕޯޓް ތަރައްގީ ކުރާ ގައުމެއް މިއީ، 300 މިލިއަން ޑޮލަރުން ބްރިޖަން އަޅާ ގައުމެއް، 140 މިލިއަން ޑޮލަރަށް 25 ބުރީގެ އިމާރާތެއް އަޅާ ގައުމެއް މިއީ، އެހެންވީމާ ތެލުގެ ޑިއުޓީ ކަނޑާލެވެނެ ކަމަށް ގަބޫލު ކުރަން. 

14 ޖޫން 2017 | ބުދަ 11:47
Writer Profile Picture
މުހައްމަދު ފަޒީން
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ

ގަފޫރު: ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެން ބޭންކް އޮފް މޯލްޑިވްސް 800 މިލިއަން ރުފިޔާ ނަގަން މިސަރުކާރުން ނިންމާފައި މިވަނީ. އަދި ބޭރުން 200 މިލިއަން ޑޮލަރު ނަގަންވެސް ނިންމާފައިވޭ. މިއީ މިސަރުކާރުން ހިންގާ ޖަރީމާ. މިއަހަރުގެ ދައުލަތުގެ ބަޖެޓަށް 27 ބިލިއަން ރުފިޔާ. އެފައިސާއަށް ހެދީ ކިހިނެއްތޯ. މިސަރުކާރުން ކޮންކަމެއްތޯ ކުރަނީ. މުޅި ދައުލަތް ދަރުވާލައިފި. ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި 40 ހަކަށް ރަށް ބަނދަރު ހަދަން އޮވޭ. އެކަމަކު މިނިސްޓާރު އިއްޔެ މަޖިލީހަށް ވަޑައިގެން ވިދާޅުވީ މިސަރުކާރުން މިހާތަނަށް 30 ހަކަށް ބަނދަރު ހަދައިފިމޭ. އެހެންވީމާ މިސަރުކާރަށް އަހަރެއްގެ މައްޗަށް 10 ވަރަކަށް ބަނދަރު. 

14 ޖޫން 2017 | ބުދަ 11:27
Writer Profile Picture
މުހައްމަދު ފަޒީން
ތެލުގެ ޑިއުޓީން ސުން ޕަސެންޓް ނެގުމަށް އިސްލާހު ހުށަހެޅުން

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް: ބިމުން ނަގާ ހަކަތައިގެ ބާވާތްތަކާއި، ބިމުން ނަގާ ތެލާއި، އަދި އެފަދަ އެއްޗެހި ސާފުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވާތްތައް، އަދި ތާރުގެ ބާވަތްތަކާއި، ބިމުންނަގާ ތަކެތިން އުފައްދާ އުށް. ސުން ޕަސެންޓް ނެގުމަށް. މިއިސްލާހު ހުށަހަޅަން

ގަލޮޅު އުތުރު ދާއިރާއްގެ މެމްބަރު އީވާ އަބްދުﷲ: އަސްލަމް ހުށަހެޅި އިސްލާހަށް ތާއިދު ކުރަން.

އަސްލަމް: އަޅުގަނޑުމެން އަބަދުވެސް މިދަންނަވަނީ ޑިއުޓީ ކަނޑަލުމަށްފަހު، ޓެކްސް ނެގުމަށް ހިނގާށޭ. ޑިއުޓި ނެގީމާ ޓަބަލް ޓެކްސް ނެގެނީ. ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ޓެކްސްގެ ނިޒާމުގެ ތެރެއިން ކަންކަން ކުރުން މުހިއްމު

14 ޖޫން 2017 | ބުދަ 11:08
Writer Profile Picture
މުހައްމަދު ފަޒީން
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

އިބްރާހީމްދީދީ: ޝަރުއީ ނިޒާމު ހަލާކުކުރީ އެމްޑީޕީގެ ސަރުކާރުން. ފުލުހުން މުއައްސަސާއަށް ސިޔާސީ ނުފޫޒު ވައްދާ، އެތަން ހަލާކުކޮށްލީ ވެސް އެމްޑީޕީގެ ސަރުކާރުން. ފުލުހުންނަށް ޣައިގާނޫނޫނީ އަމުރު ކުރުމުން ފުލުހުން ނުކުތީ. އެކަމަކު ރައީސް ނަޝީދުގެ އިސްތިއުފާއަށް ނުގޮވާ.

14 ޖޫން 2017 | ބުދަ 11:01
Writer Profile Picture
މުހައްމަދު ފަޒީން
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

ރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ނުތަނަވަސް ކަން އެބައޮތް. އެކަން އެގޮތަށް އޮތީ ކޯޓުތަކުން ކަންކަން ކުރާގޮތުން. މުޅި ޝަރުއީ ނިޒާމު އިތުބާރާއެކު ހިނގާނެ ގޮތައް ހުރިހާ މުއައްސަސާތަކުން މަސައްކަތް ކުރަންޖެހޭ. 

14 ޖޫން 2017 | ބުދަ 10:55
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލިސް ފެށުން

މިހާރު ބަހުސް ކުރަމުންދަނީ ދިވެހި ރާއްޖޭގެ ކޯޓްތަކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ: އިއްޔެވެސް މަޖިލީހަށް އޮޅުވާއިގެން ބިލެއް ހުށަހެޅި. އެއީ ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުމެންނަށް ނެތް މި ސަރުކާރުން މިހާތަނަށް ތަސްދީގުކޮށްފައިވާ ބިލްތަކަށް ވެސް. މަޖިލީހުން އެބިލް ފާސްކުރި ގޮތަށްތޯ ތަސްދީގު ކޮށްފައިވާ ކަމާމެދު ސުވާލު އުފެދޭ.

14 ޖޫން 2017 | ބުދަ 10:48
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލިސް ޖަލްސާ: ތެލުގެ ޑިއުޓީ 5 ޕަސެންޓަށް ދަށްކުރުމަށް މަޖިލީހުން ވޯޓް ނެގުން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަ ވަނަ ޖަލްސާ އެވެ.

މިޖަލްސާގެ އެޖެންޑާގައި އޮތީ، ކޮމެޓީތަކުން ހުށަހަޚާ ކަންކަމުގެ އެޖެންޑާގެ ދަށުން ހުށަހަޅާފައިވާ  ދިވެހިރ އްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލ،  މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް  އިސްލާހު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް.

އެދެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ދެ ރިޕޯޓް ފާސްކުރުމަށް ވޯޓަށް އަހާނެ. 

14 ޖޫން 2017 | ބުދަ 10:19