މަޖިލިސް ޖަލްސާ: ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް !

  • މަޖިލިސް މެދު ކަނޑާލުން
  • ކޮމެޓީތަކުން ހުށަހަޅާފައިޥާ ރިޕޯޓްތައް
  • ބަހުސް ކުރާނެ މެމްބަރެއް ނެތުމުން ބަހުސް ކުރުން ނިންމާލައިފި
 
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލިސް މެދު ކަނޑާލުން

ކޮމެޓީތަކުން ނިންމާފައިވާ ކަންކަމަށް ޥޯޓަށް އެހުމަށްހުރި ކަންކަމަށް ވޯޓަށް އެހުން 13:30 ގައި 

13 ޖޫން 2017 | އަންގާރަ 11:10
Writer Profile Picture
މުހައްމަދު ފަޒީން
ކޮމެޓީތަކުން ހުށަހަޅާފައިޥާ ރިޕޯޓްތައް

ކޮމެޓީތަކުން ހުށަހެޅި ހަތަރު ރިޕޯޓަށް ވެސް އެއްވެސް އިސްލާހެއް ހުށަހަޅަފައެއް ނުވޭ. އެ ރިޕޯޓްތަކަށް ބަހުސް ކުރުމަށް ވެސް ގިނަ މެމްބަރުން ބޭނުމެއްނުވި. 

13 ޖޫން 2017 | އަންގާރަ 11:09
Writer Profile Picture
މުހައްމަދު ފަޒީން
ބަހުސް ކުރާނެ މެމްބަރެއް ނެތުމުން ބަހުސް ކުރުން ނިންމާލައިފި

ޖިނާއީ އިޖުރާއަތުގެ އެބިލް ބަހުސް ކުރައްވަން މެމްބަރެއް އެދިލައްވާފައިނުވާތީ، ބަހުސްކުރުން ނިންމާލައިފި. ދެން އޮންނާނީ އެބިލް މަޖިލީހަށް ބަލައިގަންނަށް ފެނޭތޯ ނަގަންޖެހޭ ވޯޓް ނެގުން.

 

 

13 ޖޫން 2017 | އަންގާރަ 10:57
Writer Profile Picture
މުހައްމަދު ފަޒީން
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

އެބިލް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން.. އެބިލްގައި ވާގޮތުން، ޖިނާއީ އިޖުރާއަތުގެ މުޅި ގާނޫނު ވަނީ އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައި ހުށަހަޅާފަ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި 213 މާއްދާ ހިމެނޭއިރު، އިސްލާހު ގެނައުމުގެ ބިލްގައި 99 މާއްދާ ހިމެނޭ.

13 ޖޫން 2017 | އަންގާރަ 10:53
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލިސް ފެށުން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުންތައް އެންގުމަށްފަހު، މިއަދުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ބިލަށް ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓް، 27 މެމްބަރުންގެ އިއްތިފާގުން މިވަނީ ފާސްކޮށްފަ.

ދެވަނަ ވޯޓަކަށް އަހާފައިވަނީ މިއަދުގެ ޖަލްސާގެ އެންޑާގައިޥާ ކަންކަން ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން. އެގޮތަށް ފެނޭތޯ ވޯޓަށް އެހުމުން 28 މެމްބަރުން އަޣްލަބިއްޔަތުން މިވަނީ ފާސްކޮށްފަ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯތް ދެއްވާފައިވޭ.

 

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް ފާސްކޮށް، ޖަލްސާވެސް މިއަދުގެ އެޖެންޑާގައިވާ ކަންކަން ނިމެންދެން ކުރިއަށް ގެންދާގޮތަށް މަޖިލީހުން މިވަނީ ފާސްކޮށްފަ.

13 ޖޫން 2017 | އަންގާރަ 10:47
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލިސް ޖަލްސާ: ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް !

އަންގާރަ ދުވަހު ބާއްވާ ރައްޔިތުންެގެ މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަސް ވަނަ ޖަލްސާއެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން ހުށަހަޅުއްވާފައިވާ، ޤާ ނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އަހާ، ބަހުސް ކުރުމަށް ފެންނަކަމަށް ފާސްވެއްޖެނަމަ ބަހުސް ކުރާގޮތަށް.

މީގެއިތުރުން، ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު

ދިވެހި ސަރުކާރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ސަރުކާރާ ދެމެދު ވެވޭ "އެގްރިމެންޓް ބިޓްވީން ދަ ގަވަރމެންޓް އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެންޑް ދަ ގަވާރމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވެސް އޮން ދަ ޕްރޮމޯޝަން އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްސް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު

ދިވެރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ކިންގޑޮމް އޮފް ތައިލެންޑް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ހ.ފޮއްދޫގެ، މުހައްމަދު ނަޝީދު އައްޔަންކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރ އަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އަށް އިސްލާހު ގެނައުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލަވާލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައިވެ. 

13 ޖޫން 2017 | އަންގާރަ 10:36