Raajje.mv

ވަގުތުން: ފަލަސުރުޚީ

12 ޖޫން 2017
11420
ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް

ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް

12 ޖޫން 2017 | 17:16

ފަލަސުރުޚީ

ދުވަސް ކައިރި ވާ ވަރަކަށް ރައްޔިތުންނާއި ހަމައަށް ކަންތައްތައް ތިލަވެގެން ދާނެ.

12 ޖޫން 2017 | 17:12

ފަލަސުރުޚީ

ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ކަމުގައި ވިއަސް އަދުލު އިންސާފު އޮންނަން ޖެހޭނެ. އަޅުގަނޑު މި ވާހަކަ މިދައްކަނީ އަޅުގަނޑަށް މިކަންތައް ތަޖުރިބާ ކުރެވެން ޖެހުމުން. އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން އެކަމާ ދެކޮޅަށް އަޅުގަނޑު އަުހަރުކޮށް ވާހަކަ ދެއްކިން. އެހެން ނަމަވެސް މިހާރު އެނގިއްޖެ އެއީ ރަނގަޅަށް ކުރި ކަމެއްކަން

12 ޖޫން 2017 | 17:09

ފަލަސުރުޚީ

އަޅުގަނޑު ޖަލުން މިނިވަން ކުރި ދުވަހު ފޯމެއް ދިން ފުރަން. މަހުލޫފާއި މެދު ޖަލުގައި ކަންތައް ކުރީ ރަނގަޅަށް ކަން.

ޕެރޯލް ގެ ދަށުން އަޅުގަނޑާމެދު ކަންތައް ކޮށްފައިވަނީ ގޯސްކޮށް. އަޅުގަނޑު އެ ފޯމުގައި ސޮއެއް ނުކުރަން. މަހުލޫފާއި މެދު ހުކުމް ކުރި ގޮތުން ބޭރު ގެ ގައުމުތައް މަލާމާތް ކޮށްކޮށްފައި ހެނީ ހުކުމާއި ދޭތޭރޭ

12 ޖޫން 2017 | 17:07

ފަލަ ސުރުޚީ

ޕްރޮގްރާމެއްގައި އިންނަވައިގެން އާދަމް އާޒިމް ވިދާޅުވާ ވާހަކައަކާއި ގުޅިގެން އޭނާއާއި މެދު ކޮން ދައުވާއެއްތޯ ކުރެވޭނީ

12 ޖޫން 2017 | 17:05

ފަލަ ސުރުޚީ

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބެލީ އެބޭފުޅުންނަށް ލިބެނީ ކިތައް ވޯޓުތޯ. ލިބުނީ 32 ވޯޓު. އުފާވެރި ޚަބަރުތައް ރައްޔިތުންނަށް އެބަހުރި.

އަޅުގަނޑު އިންތިޚާބުވީ ޕީޕީއެމުން. އެހެން ނަމަވެސް އަޅުގަނޑު ޖަލަށްލީފަހުން އަޅުގަނޑު ނިސްބަތްވާ ދާއިރާގެ މެމްބަރުން އަޅުގަނޑު ކައިރީގައި ބުނީ މަހުލޫފު ޖަލަށްލީފަހުން މިހާރު އެމީހުން އެމްޑީޕީކަމަށް. އަޅުގަނޑުގެ ދާއިރާގެ ތިއްބެވި މީހުން ތިބި ގޮތް އެނގިއްޖެ ނޫންތޯ

12 ޖޫން 2017 | 17:02

ފަލަސުރުޚީ

އެންމެ ދުވަހަކުވެސް ގާނޫނު އަސާސީއާއި ޚިލާފަށް ރައިސް ޔާމީނަކަށް ވެރިކަމަކު ނުހުރެވޭނެ. އެވެރިކަން ދިފާއު ކުރުމަށް ސުޕްރީމް ކޯޓަކަށްވެސް ނުކުރެވޭނެ. ރައީސް ޔާމީން ވޯޓަކާއި ނުލައި އަޅުގަނޑަށް ހިއެއްނުވޭ ސިފައިންވެސް ތާއީދު ކުރައްވާނެހެން.2018 ވަނަ އަހަރު އިންތިޚާބު ބާއްވާނެ.

އިންތިޚާބު އޮޅުވާލުމަށް ކިތަންމެ މަސައްކަތެއް ކުރިއަސް އޮޅުވައެއް ނުލެވޭނެ.

12 ޖޫން 2017 | 16:59

ފަލަސުރުޚީ

މިހާރު އަޅާ ބްރިޖް ކަހަލަ 10 ބްރިޖްއެޅިއަސް ރައީސް ޔާމީނަށް ތާއީދެއް ނުކުރާނަން. އެ ބްރިޖްތެރޭގައި އަޅުގަނޑުމެން މުޒާހަރާ ކުރާނީ

12 ޖޫން 2017 | 16:58

ފަލަސުރުޚީ

މިހާރު ޖުޑިޝަރީގައި ތިއްބެވި ބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ ރައީސް ޔާމީނާއި އެކީގައި ހަލާކުވެގެން ދާ ބަޔަކަށް އެބޭފުޅުން ނުވާށޭ. ރައީސް މައުމޫން ވެރިކަން ކުރެއްވި ރަނގަޅުކަމުން ޖުޑީޝަރީ ތެރޭގައި ތިއްބެވި. އެހެން ނަމަވެސް ރައީސް ޔަމީނަކީ ކާކުތޯ

12 ޖޫން 2017 | 16:56

ފަލަސުރުޚީ

އަދުލު އިންސާފުގެ ތެރޭގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނެތް. ރާއްޖޭގެ ކޯޓަކުން އިންސާފު ލިބިދާނެ ކަމަށް ގަބޫލެއް ނުކުރަން

12 ޖޫން 2017 | 16:53

ފަލަ ސުރުޚީ

ރައީސް ނަޝީދު ކިބައިން އަޅުގަނޑަށް ދަސްވި އެންމެ ކަމަކީ ކިތަންމެ ގޯސްކޮށް ކަމެއްހިނގާފައިވިއަސް ކޮންމެ މީހަކާއި އެކީވެސް މަސައްކަތް ކުރެވެނމް ޖެހޭނޭ

މިއަދު އަދީބަށް ބޭނުންހާ ގޮތެއް ހަދަން ވެއްޖެނަމަ މިއަދު އަޅުގަނޑަށްވެސް އެކަން ވެދާނޭ. އެއީ ރައިސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅު

ޖަލުގައި ކާން ހުންނަނީ ގެރިބަކައްޓަށް ކާންދޭ އުސޫލުން، އެއްވެސް ކާއެއްޗެއްގައި ރަހައެއް ނުލާ

ޖަލުގައި ހުރިއިރު ރޯދައަށް ހުންނަން ހާރު ކާން ދެނީ ރޭގަނޑު 8:00 ގައި.

12 ޖޫން 2017 | 16:53

ފަލަ ސުރުޚީ

މިސަރުކާރުން އަޅުގަނޑުގެ ދަރިފުޅަށް ވަރަށްބޮޑު އަނިޔާއެއް ދީފި

މީހަކު ކުށެއްކުރީމަ އެމީހަކަށް ދޭ ކުށަކީ ޖަލަށް ލުން، އެހެންވީމަ އޭނާ ޖަލަށް ލުމުން އެހެން އަނިޔާއެއް ނުދެވޭނެ.

އަޅުގަޑު ހުންނަން ޖެހުނީ އެކަނި މާއެކަނި 40 ދުވަސް އެކަހެރިކޮށްފައިޖަލަށް ފޯނެއް ވައްދައިގެން އެންމެ ގިނަ ދުވަސް ވަންދެން އެކަހެރި ކޮށްފައި ހުރެވެނީ 30 ދުވަސް ވަންދެން.

ކޮންކްރީޓް އަޅައިގެން ހަދާފައިވާ ގޮޅިއެއްގައި އަދީބު އޮތީ. އެކަހެރި ކޮށްފައި

12 ޖޫން 2017 | 16:49

ވަގުތުން: ފަލަސުރުޚީ