ހުސައިން މުހައްމަދު: އަދުލްއިންސާފުގެ ވާހަކަ ހުރިހާ ރައްޔިތުންވެސް ދައްކާ، އަދުިލްއިންސާފު ގާއިމު ކުރަން ބޭނުންވޭ ހުރިހާ ރައްޔިތުންވެސް. އެކަމަކު އެކަން ވާތަނެއް ނުފެނޭ. ހައިކޯޓުގައި މީގެކުރިން 11 ފަނޑީޔާރުން ތިއްބެވި، ދާދިފަހުން 9 ފަނޑިޔާރުންނަށް ބަދަލުކުރީ. ތެލުގެ ޑިއުޓީވެސް ސުން ޕަސެންޓްގައި ހުރިއިރު ބޮޑުކުރީ މިމަޖިލީހުން، ބޮޑު ކުރުމަށްފަހު ޕަސެންޓް ކުޑަކުރަން މިހާރު ތިއުޅެނީ. މުޅިންވެސް އެފަދަ ގޮތަކަށް ކަންކަން ކުރަމުންދާތައް މިފެންނަނީ. ކޮންމެހެން އަދުލް އިންސާފުގެ ދާއިރާގެ ހާލަތު ރަނގަޅު ކުރާކަން ނޫން މިފަދަ ބިލްތައް ހުށަހަޅާނީ. މިއުޅެނީ ކޮންމެވެސް އެހެން ކަންތައްގަނޑެއް.
އެބިލް މަޖިލީހަށް ހުށަހަޅައިދެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް.
ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެށުން.
ހައިކޯޓުގައި މިހާރު ތިއްބަވަނީ 9 ފަނޑިޔާރުން، ހުށަހަޅާފައިވަނީ 11 ފަނޑިޔާރުންނަށް އިތުރު ކުރުމަށް.
މަހްލޫފް: އަލުގަނޑު ޖަލުގައިހުރިއިރު މަޖިލީހަށް ސިޓީއެއްހާ ވަރުވެސް ނުލެވޭ. އަޅުގަނޑަކީ ދާއިރާއެއްގެ މެމްބަރެއް. އަޅުގަނޑު ޖަލުގައިހުރިއިރު، މޫސަ އަޅުގަނޑު ވާހަކަދައްކަންއޮތް ވަގުތު ފޭރިގަނެގެން ވާހަކަ ދައްކާފައިވޭ.
މުހައްމަދު އަބްދުލްކަރީމް: މިއީ މިސަރުކާރަށް ސަނާ ކިޔަންޖެހޭ ދުވަހެއް ނޫން. ޑިއުޓީގެ 10 ޕަސެންޓް އެއްކޮށް ކަނޑާލަންވީ. އެމްޑީޕީން ސަރުކާރުން އޮތީ ސުން ޕަސެންޓްގެ ގޮތުގައި ކަނޑައަޅާފަ. މި ސަރުކާރުން 10 ޕަސެންޓަށް ބޮޑުކުރީ. އެހެންވީމާ ޑިއުޓީ އެއްކޮށް ކަނޑާލުން އެދެން.
ރިޔާޒު: މިއީ ރަނގަޅު ބަދަލެއް. މި ބަދަލުން ރައްޔިތުންނަށް ފައިދާ ކުރާނެ. އެކަމަކު ރައްޔިތުންނަށް ފައިދާ ކުރާނީ ތެޔޮ ވިއްކާ މީހުން ޑިއުޓީން ކަނޑާލި ޕަސެންޓް ވިއްކާއިރު އުނިކުރަންޖެހޭ. އެކަން ވިޔަފާރިވެރިން ކުރޭތޯ މޮނީޓަރ ކުރަނީ ކޮންބައެއްތޯ. އެކަން ބެލޭނެ ގޮތެއް ހަދަންޖެހޭ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ތެރޭގައި ހިންގި މަޝްރޫއުތަކަށްވުރެ މާގިނަ ބޮޑެތި މަޝްރޫތައް މިސަރުކާރުން ހިންގަމުން އެބަދޭ. ހަމައެކަނި މާލެ އޭރިއާއަށް ބަލާލިޔަސް އެކަން ފެންނާނެ. ދައުލަތުގެ ރިޒާވް އެތައް މިލިއަން ޑޮލަރެއް އެބަހުރި. ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓް މިސަރުކާރުން ވަނީ ނެގެސްފަ.
ރިޔާޒު: މިބިލަށް ތާއީދު ކުރަން. އެކަމަކު އެދެނީ ތެލުން ޑިއުޓީން ސުން ޕަސެންޓް ތިރިކުރަން. ޑިއުޓީ އެއްކޮށް ކަނޑަލަން. ހަމައެކަނި ބިލެއް ހުށަހަޅައިގެން ރައްޔިތުންެގެ ލޯއްބެއް ނުލިބޭނެ. ހުރިހާ ހިދްމަތްތަކުގެ އަގުތައް ހެޔޮ ކުރަންވީ. ކާބޯތަކެތީގެ އަގު ވެސް އަގުހެޔޮ ކުރަންވީ. ހަމައެއާއެކު އަނިޔާވެރިކަން ވެސް ހުއްޓާލާ ރައްޔިތުންނަށް އަޅާލަންޖެހޭ.
ބްރޭކަށްފަހު، މިއަދުގެ ޖަލްސާ ކުރިއަށް ގެންދާއިރު، މިހާރު ވާހަކަ ދައްކަވަނީ އަބްދުއްރަހީމް.
އަބްދުއްރަހީމް: ރައީސް ޔާމީނާށާއި މެޑަމް ފާތުންނަށް ޝުކުރު އަދާކުރާތީ ބައެއް މެމްބަރުން ވަރަށް ކަންބޮޑުވޭ. ޝުކުރު އަދާކުރަނީ އަދާކުރަންޖެހޭތީ. މީގެކުރިން ރައިސްކަން ކުރި ފަސްލޭޑީކަންވެސް ކުރި ބައެއް ފަރާތްތައް. އެކަމަކު ރައީސް ޔާމީނާއި މެޑަމް ފާތުން ރައްޔިތުންނަށް ހިދްމަތް ކޮށްދެއްވާވަރަށް އެހެން ބޭފުޅުންނަށް ހިދްމަތެއް ކުރެވިފައެއް ނެތް. އެހެންވީމާ އަޅުގަނޑުމެން ރައްޔިތުން މިސަރުކާރަށާއި މެޑަމް ފާތުންނަށް އަށް ޝުކުރު އަދާކުރަނީ.
އާޒިމް: މި ބިލަށް ތާއީދު ނުކުރެވެނީ ކޮންމެވެސް ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭތީ. ތެޅިގަނެގެން ހުރިހާ ކިޔުންތަކެއް އެއްފަހަރާ ބާއްވައިގެން މިބިލް ނިންމަން އެއުޅެނީ ކޮންމެ ވެސް މީހެއްގެ ފައިދާއަށް. ސަރުކާރަށް ނިސްބަތްވާ ކޮންމެ ވެސް މީހަކު ގިނަ އަދަދެއްގެ ތެޔޮ އެތެރެކުރަން އުޅޭތީ ޑިއުޓީ ކުޑަކުރަން އެޅޭ ގޮތަކަށް ކަންކަން މިފެންނަނީ. އަލުގަނޑުމެން ބިލަށްވެސް ވޯޓް ދޭނީ ސީދާ ރައްޔިތު މީހާ ފައިދާ ވާނަމަ. މިހާރުވެސް ކަރަންޓް ބިލް ހެޔޮވާނެ ކަމަށް ސަރުކާރުން ނިންމާ، އޭރުން މިބިލަށް ވޯޓް ދޭނަން.
އަލީ ހުސައިން: މިބިލުން ވެސް ފާހަގަ ވަނީ ސަރުކާރުން އެއްވެސް ދިރާސާ ކުުރުމެއްނެތި، ބިލްތައް މަޖިލީހަށް ހުށަހެޅޭތަން. އެމްޑީޕީގެ ސަރުކާރުން ޓެކްސްގެ ނިޒާމު ތައާރަފްކޮށް، ތެލުން ޑިއުޓީ ކަނޑާލި. ނަމަވެސް މި ސަރުކާރުން ތެލުން 10 ނެގުމަށް ނިންމާ ފާސްކުރި. މިހާރު މިފެންނަނީ 5 ޕަސެންޓަށް ތިރިކުރަން އުޅޭތަން. އަޅުގަނޑު އެދެނީ ތެލުގެ ޑިއުޓީ ސުން ޕަސެންޓްގައި ބާއްވަން އަނެއްކާވެސް. ތެޔޮ އަގު ހެޔޮކޮށްގެން ރައްޔިތުންނަށް ފައިދާ ނުވާނަމަ ބޭނުމެއްނެތް. މަސްވެރިންނަށް އެންމެ ހެޔޮ އަގުގައި ތެޔޮ ލިބެންޖެހޭނެ. ރައްޔިތުން ތެލަށް ބަރޯސާވެގެން ހޯދާ ހިދްމަތްތަކުން އަގު ހެޔޮވާންޖެހޭނެ. އެހެންނޫނީ މިބިލުން ފާއިދާވާނީ ކޮންމެ ވެސް އެހެން ބަޔަކަށް. ވިޔަފާރި ވެރިންނަށް.
އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ): މި ބިލަކީ ދައުލަތުގެ އާމްދަނީއާ ގުޅުންހުރި ބިލެއް. މި އަހަރުގެ ދައުލަތުގެ ބަޓެޓް ފާސްކުރިއިރު ތެލުން 10 ޕަސެންޓް ނެގުމަށް އޮތީ. އެކަމަކު މިއަހަރުގެ ކުރިއަށް އޮތްތަނގައި ތެލުގެ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ދެބައިކުޅަ އެއްބައި ދަށްވާނެ. މިތަން ފޫބައްދަން ސަރުކާރުން ރާވާފައިވާ ކަންކަން ބުނެދޭންޖެހޭ. ކޮމެޓީ މަރުހަލާގައި އެ ތަފްސީލްތައް ލިބޭނެ ކަމަށް އުއްމީދު ކުރަން.
ދެވަނަ ކަމަކަށް، މިބިލް ފާސްކުރުމުން ސީދާ ރައްޔިތުން މީހާއަށް އޭގެން ފައިދާވާންޖެހޭ. ކަރަންޓް ބިލަށް ކުރަންޖެހޭ ހަރަދު ކުޑަވާންޖެހޭ. ދަތުރުފަތުރަށް ކުރާ ޚަރަދު ދަށްވާންޖެހޭ. މަސްވެރިންނަށް ފައިދާ ލިބެންޖެހޭ. އެހެންނޫނީ ތެލުގެ ޑިއުޓީން ކުޑަކުރުމުގެ ބޭނުމެއް ނެތް.
އިބްރާހީމް ހަސަން: ސަރުކާރުގެ އިހުލާސްތެރިކަމެއްނެތް. ގަތަރާއި ގުޅުން ކަނޑާލުންވެސް ބަލައި ނުގަންނަން. ސިޔާސީ މީހަކަށް އެއްޗެއް ބުނެވެންނެތް. އާއްމު ރައްޔިތަކަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތް. އަޑު އެހުމުގެ، ބެލުމުގެ ހުއްދައެއްނެތް. މިއީ މި ގައުމުގެ ހާލަތު. މިސަރުކާރު ވައްޓާލަން އުޅެނިއްޔޭގެ ކިޔައިންގެ ސިޔާސީ ފަރާތްތައް ބަންދު ކުރަނީ. ސަރުކާރު ވެއްޓޭނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ބައިވެރިވެގެން. އެނޫން ގޮތަކަށް ސަރުކާރު ބަދަލުވާތަނެއް ނުފެނޭ.
އަސްލަމް: ތެލުން އެއްގޮތަކަށްވެސް ޑިއުޓީ ނުނަގަންވީ. ތެލުގެ ޑިއުޓީ ކުޑަކޮށްގެން ރައްޔިތަކަށްވާ ފައިދާއެއް ނެތް. ފައިދާވަނީ އެ ފިޔަފާރި ކުރާ ވިޔަފާރިވެރިންނަށް. އެސްޓީއޯއަށް ލިބޭ އާމްދަނީ ބޮޑު ޕަސެންޓަކީ ތެލުން ކުރާ ވިޔަފާރި. އެސްޓީއޯއިން އަގު ހެޔޮކޮށް ތެޔޮ ވިއްކައިގެން ރައްޔިތުންނަށް އޭގެން ފައިސާކުރާނީ. އެސްޓީއޯގެ ތެލުން ކުރާ ވިޔަފާރިން ބައި އަޅައިގެންދާނަމަ ރައްޔިތުނަށް ލިބޭ ތެލުގެ އަގަށް ބަދަލެއް ނާންނާނެ. ކަރަންޓް ބިލްތަކަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ވަކި ދަށަކަށް ނުދާނެ. ކޮރަޕްޝަން ހިންގުން ހުއްޓުވަންވީ. ބައި އެޅުން ނައްތާލަންވީ.
ހުސައިން މުހައްމަދު: ތެޔޮ އަގުހެޔޮކޮށްގެން މިހާތަނަށް އާއްމު ރައްޔިތަކަށް ވި ފައިދާއެއް ނެތް. ވިޔަފާރިވެރިންނަށް ފައިދާވާނީ. އެކަން ބައްޓަން ކޮށްފައިވަނީ އެގޮތަށް. މަޖިލިސް މެމްބަރުންނަށް ކަމަކާ ޖެހުނީމާ ބަހުސް ކޮށްލަން ނުކެރޭ. ގަތަރާ ގުޅުން ކަނޑަލި މައްސަލައަކީ ބޮޑު މައްސަލައެއް. އެމައްސަލަ މަޖިލީހަށް ހުށަހެޅުމުން ބޭރުކޮށްލީ. އެއްވެސް މައްސަލައެއްނެތި މުސްލިމް ގައުމަކާ ގުޅުން ކަނޑާލިއިރު، އެއްވެސް އެކަށީގެންވާ ސަބަބެއް ނުދައްކާ. އަލިމަސް ކާނިވަލުގެ ހޮޓާތައް ހުސްކުރަން އަންނަގާ އުސޫލުން، ގަތަރާވެސް ގުޅުން ކަނޑާލީ، ހަމަ ކުއްލިއަކަށް އެއްވެސް ކަމަކާ ނުލާ.
އަލީ އާރިފް: މިސަރުކާރުން ރައްޔިތުންނަށް ރަނގަޅުވާނެ ވަރަށް ގިނަ ކަންކަން ދަނީ ކުރަމުން. ކުރިން އަގު ބޮޑުކޮށްހުރި ތަކެތިން އަގުތައްވަނީ ހެޔޮކޮށްފަ. ތެލުން އަގޮހެޔޮވުމަކީ ރައްޔިތުންނަށް އޭގެން ބޮޑު ފައިދާއެއް ނުވިނަމަވެސް ތެލުގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ބިލުން ކުރާނެ.
އަބްދުލްގަފޫރު މޫސާ: ތެލުގެ އަގުވެސް ކާޑުގެ އަގުވެސް ދެންހުރި އެއްޗެއްވެސް އަގު ހެޔޮކުރާނެ. ރިޔާސީ އިންތިހާބަށް އޮތީ 11 މަސް ދުވަސް. ރިޔާސީ އިންތިހާބު ނިމުމާއެކު އަނެއްކާވެސް ޑަބަލް ބޮޑުކުރާނެ. މިއީ މަކާރާއި ހީލާތް ހަދައިގެން ވެރިކަމަށްއައި ސަރުކާރުން ކަންކުރަމުންދާ ގޮތް. އެ މަކަރުވެރިކަމުގެ ދަށުން ކަންކުރަމުންދާގޮތް އެއީ. ކުރިއަށް އޮތްތާނގައި ހުރިހާ އެއްޗެއްގެ އަގު ހެޔޮވާނެ. ހަމަ އިންތިހާބު ނިމުނީ އަގު ބޮޑު ކުރާނެ.
ނިހާން ހުށަހަޅުއްވާފައިވާ ބިލް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ވެސް ނިހާނު. އިބްތިދާއީ ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލައިފި
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި
ސަކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި
ރިޔާޒު: ތ. އޮމަދޫ ބަނދަރުގެ ފެށޭނެ ތާރީހެއް ސާފުކޮށްދެއްވުން އެދެން
މުއިއްޒު: އޮމަދޫގައި ބަނދަރެއް ނެތް، ޖެޓީއެއް އޮންނަމަވެސް އެކަށިގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭ. އޮމަދޫ ބަނދަރު ހެދުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ. އީއައިއޭ ހަދާފައިވާނެ، އެކަމަކު މިދިއަ އަހަރާއި މިއަހަރުގެ ބަޖެޓްގައި އެ ޕްރޮޖެކްޓް ހިމަނާފައިނުވާތީ ނުފެށި ވަނީ، އެހެންނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާ، އެ ޕްރޮޖެކްޓް ފެށޭތޯ މަސައްކަތް ކުރާނަން.
އަމީތު: މަޑުއްވަރީ ބަނދަރަކީ މިދިއަ އަހަރުގެ ބަޖެޓްގައި ހިމެނި ނުފެށިފައިވާ ބަނދަރެއް، ފެށޭނެ ތާރީހެއް ސާފުކޮށްދެވިދާނެތޯ
މުއިއްޒު: މިސަރުކާރުންދަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ބަނދަރާއި ފަޅު ފުންކުރުމުގެ މަސައްކަތްތައް ކުރަމުން. އެގޮތުން މެމްބަރުގެ އެއްބާރުލުމާއެކު މަޑުއްވަރީ ބަނދުރުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރައްވާނަން. މިސަރުކާރުން މިހާތަނަށް 26 ބަނދަރު ފަޅު ފުންކޮށްފައިވާނެ. 34 ރަށެއްގެ ބަނދަރު ނިންމާފައިވާނެ. 39 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް އެބަދޭ.
މޫސާމަނިކު: މާލޭގެ އުތުރު ފަރާތުގެ ފަޅުތެރާއި އެސަރަހައްދަށް ރަނގަޅު ހައްލެއް ގެންނަވާނީ ކޮންދުވަހަކުންތޯ
މުއިއްޒު: ތިއީ މިސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދަން ބޭނުންވާ ކަމެއް. ނަމަވެސް ބޮޑަށް ރަށްރަށިގެ ބަނދަރުތައް ހެނދުމަށް އިސްކަމެއް ދެއްވައިގެން މިވަގުތު ކުރިއަށް ދަނީ.
މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކަންކަން ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ވޯޓަށް އެހުމުން 28 ވޯޓުގެ އަޣްލަބިއްޔަތުން ފާސްކޮށްފި. ނުފެންނަ ކަމަށް 13 ވޯޓް. އެހެންކަމުން މިއަދުގެ ޖަލްސާގައި ހިމަނާގައިވާ ކަންކަން ނިމެންދެން ޖަލްސާ ކުރިއަށްގެންދަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުން މިއަދު ބާއްވަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާ އެވެ. ޖަލްސާގެ އެޖެންޑާގައި އޮތީ ވަޒީރާ ސުވާލު ކުރުމާއި މަޖިލީހަށް ތއާރަފް ކުރަންޖެހޭ ދެ ބިލެއް މަޖިލީހަށް ހުށަހެޅުން.
ވަޒީރާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުހައްމަދު މުއިއްޒު އާ ކުރައްވާ ސުވާލު ކުރުން. ރިޔާޒު ހުށަހަޅުއްވާފައިވާ ސުވާލުގައި ވަނީ ތ.އޮމަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް؟
މަަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހުމާއި، ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހުން.
އެ ދެބިލް މަޖިލީހަށް ތައާރަފް ކުރުމަށްފަހު، ބަހުސް ކުރުމަށް ފެންނަ ކަމަށް ފާސްވެއްޖެނަމަ މިއަދުގެ ޖަލްސާގައި ބަހުސް ކުރެވޭނެ.