ވަގުތުން ފަލަސުރުޚީ: ފުވަށްމުލަކުން

މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެ ވަޑައިގަންނަވަނީ، ފުވައްމުލަކު ސިޓީގެ މޭަޔަރ ފަލާހު ޝަރީފް
މިހާރުން މިހާރަށް ބޭނުމީ މި ސިޓީން ނެގި ބާރުތައް
މިހާރުން މިހާރަށް ބޭނުމީ މި ސިޓީން ނެގި ބާރުތައް، މަސްއޫލިއްޔަތުތައް އަޅުގަނޑުމެންނަށް އަނގަވައި ދެއްވަން ވާނެ، އޭރުން މަސައްކަތައިގެން ހިނގައި ގަނެވޭނީ، ވިހާމަރުވާ އާއި އާބާދީ ބެލެހެއްޓުން މިހާރުވެސް ކުރަން، މާދަމާއިން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ޑީއެންއާރާއި ގުޅިގެން ކުރިއަށް ގެންދާނަން، ސިޓީ ކައުންސިލްތަކުގެ މަަސައްކަތްތަކަށް ބުރޫނާރާނެގޮތަށް ސަރުކާރުން ކަން ކުރާނެކަމަށް އުއްމީދުކުރަން.
ހުޅުމާލެއަށް ބަދަލުކުރި 100 ހައުސިން ޔުނިޓް އަނބުރާ ދެއްވުމަށް ގޮވާލަން
މިރަށުގައި އަޅަން އޮތް 300 ހައުސިން ޔުނިޓްގެ ތެރެއިްނ 100 ހައުސިން ޔުނިޓެއް ހުޅުމާލެއަށް ބަދަލުކުރި، ގެދޮރުއެޅުމަށް ފައިސަގެ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ލިބުނު އުއްމީދެއް އެއީ، މަހުކުއްޔަށް 1500އެއްހާ ރުފިޔާ އަރާގޮތަށް އޮތީ، އެކަމަކު ފަހުން ރައީސް ޔާމީނުގެ ސަރުކާރުގައި 3000 އަށް ބަދަލުކުރީ.އެ ގެންދެވި 100 ހައުސިން ޔުނިޓް އަނބުރާ ދެއްވަން ގޮވާލަން އަދި ކުރިން އޮތްގޮތަށް ކުލި ލުއިކޮށްދިނުން އެދެން ރައީސް ޔާމީން 2018 އަށް ވޯޓް ބޭނުން ނަމަ އެކަން ކުރައްވާނެ
ރައީސް ޔާމީން ވެ ވަޑައިގެންނެވި ވައުދުތަކާއި މިއަދު ހަވާލެއް ނުވި
މުޅިރާއްޖެއަށް ކުރި ވައުދުތަށް އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ފެނިގެން ދިޔަ ނަމަވެސް އެ ބެނާތަކަކީ ރައީސް ޔާމީން ވި ވައުދުތަކަކަށް ނުވި، ހަަވާލެެއްނުވި، މުވަށްމުލަކު މޮޑާރން ސިޓީއަކަށް ހެދުމަށް ކުރި ތަސައްވުރެއްވެސް ގެންގުޅުނު، މިހާރު މި ރަށުގައު ބަޖެޓްގައި ނެތްނަމަވެސް ނަރުދަމާއެއް އެބަ އަޅާ، އެކަމަކުއެއީ ރައީސް ނަޝީދުގެ އެޑްމިނިސްޓްރޭޝަންގެ ދަށުން އައިކަމެއް.
ސަރުކާރުން ސާފު ތަސައްވުރެއް ފުވައްމުލަކާއި ދޭތެރޭ ނެތް
ކެނޑިޓޭޓެއްގެ ނަމުގައި އަޅުގަނޑުގެ ނަން އޮތަސް މީ އަޅުގަނޑަށް ވޯޓްދެއްވި ބޭފުޅުންނަށް ލިބުނު މޮޅެއް، ނިކަން ބައްލަވާ މަޖިލީހުގެ ރައީސަށް ރައްޔިތުން ދެއްވި މެސެޖް، ސަރުކާރުގެ ސިޔާސަތުތަކަށް އެ ރައްޔިތުން ތާއީދު ނުކުރާކަން، ފުވަށްމުލަކުގެ ތަސައްވުރެއް ސަރުކާރަކަށް ނޭނގޭ، ތަސައްވުރެއްނެތި ސިޓީއެއްގެ ދަރަޖަ ދިނަސް އަދި ކަމަކު ނުދޭ، ސަރުކާރުން ސާފު ތަސައްވުރެއް ފުވަށްމުލަކާއި ދޭތެރޭ ނެތް-ފަލާހު
ސަރުކާރާއި ގުޅިގެން ތަރަށްގީއާއިގެން ކުރިއަށްދިއުމަށް ނިންމައިގެން މި ތިބީ
މިވަގުތު އެއްކަމެއް ޔަގީން ސަރުކާރުގެ އިސްވެރިންނާއިއެޖެންސީ ތަކާއިގުޅިގެން ކަންކަން ކުރަން ތރައްޔާރަށް މިތިބީ، މަޝްވަރާގެ ރީތި އުސޫލް އަޅުގަނޑުމެން ޚިޔާރުކުރުމަށް މިތިބީ ތައްޔާރަށް، އެންމެ ބޮޑު އެއް އުންމީދަކީ، އަރާފޭބުމުގެ ދަތިކަމާއި މިރަށަށް ޓޫރިޒަމުން ނަފާ ލިބުން، ފުވަށްމުލަކުން އަބަދުވެސް ތަރަށްގީއަށް ފުރުސަތުދޭ، އަދި ރައްޔިތުންވެސް ތިބީ ތަރަށްގީއަށް ނުހަނު ބޭނުންވެފައި، ކައުންސިލުން ތަރަށްގީއަށް އެއްބާރުލުން ނުދެއެކޭ ސަރުކާރަށް ނުބުނެވޭނެ- ފަލާހު
ވަގުތުން ފަލަސުރުޚީ: ފުވައްމުލަކުން
މިރޭގެ ފަލަސުރުޚީގައި، ވާހަކަ އަލިވާޅުމަށް ހަމަޖެހިފައިވަނީ، ސިޓީއަކަށް ވުމަށް ފަހު މުވަށް މުލަކާއިމެދު ކުރެވޭ އުންމީދުތައް އަދި އެ އުންމީދުތަަށް ހާސިލް ކުރުމަށް ހުރި ގޮންޖެހުންތަށް