އެމްޔޫއޯގެ ބޮޑު ތަރާވީސް: ވަގުތުން

  • އަނިޔާ ތަހައްމަލު ކުރާ އެކަކުވެސް ދޫކޮށެއް ނުލާނަން
  • ދިވެހިރައްޔިތުން ދަރުވާލައިގެން ގެންނަ ތަރަށްގީއެއް ބޭނުމެއް ނޫނޭ
  • އެނބުރިއާދެވުމުންވެސް މިނިވަންކަމުގެ އިހްސާސެއް ނުކުރެވޭ،
 
Writer Profile Picture
އާމިނަތު ނުޒުހާ
އަނިޔާ ތަހައްމަލު ކުރާ އެކަކުވެސް ދޫކޮށެއް ނުލާނަން

އަނިޔާ ތަހައްމަލު ކުރާ އެކަކުވެސް ދޫކޮށެއް ނުލާންނަން، އަޅުގަނޑުމެން ތިބޭނީ ަނިޔާ ލިބޭ މީހުންނާއި އެކު، ލަބާން  ޖަލުގައި އެ ހުންނަނީ އިންސާފުންތޯ،  ރައީސް ޔާމީނާއި އެބެފުޅާއި އެކު ތިއްބެވި މަދުބޭފުޅުންނާއި އިންސާފު އަރާހަމަކުރާނެ، މި އުފާވެރިވަގުތުގައި ހަނަދާން ކުރަންވީ މީ އިހުސާންތެރިކަމުގެ މައްސަރު، މި މާތް މަައްސަރުގައި އާދަމް އާޒިމް އެވަނީ ހައްޔަރުކޮށްފައި، އަނިޔާވެރި ވެރިއެއްގެ ކިބައިން ސަލާމަތްވުމަށް އަޅުގަނޑުމެން މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ، މިރާއްޖޭގެ ރައްޔިތުންނަށް ލިބޭ އަނިޔާ ބަލާކަށް އަޅގަނަޑުމެން ނުތިބޭނަން، އެމްޑީޕީން ނުކުތީ އަނޔާއާއި ދެކޮޅަށް އިންސާފާއި އެއްކޮޅަށް އަބަދުވެސް ދެމި އޮންނާނީ އެގޮތުގައި އަނިޔާއާއި ދެކޮޅަށް- ޝިފާޒް

10 ޖޫން 2017 | ހޮނިހިރު 03:59
Writer Profile Picture
އާމިނަތު ނުޒުހާ
ދިވެހިރައްޔިތުން ދަރުވާލައިގެން ގެންނަ ތަރަށްގީއެއް ބޭނުމެއް ނޫނޭ

ދިވެހިރައްޔިތުން ދަރުވާލައިގެން ގެންނަ ތަރަށްގީއެއް ބޭނުމެއް ނޫނޭ ދަންނަވާނީ، ތިބޭފުޅުން ޖީބުތަށް ބޮޑުވާގޮތަށް ގެންނަވާ ތަރަށްގީއެއް ބޭނުމެއް ނޫން، ނިމިދިޔަ ލޯކަލް ކައުންސިލްއިންތިޚާބުގައި ވަރަށް ރީއްޗަށް ޔާމީނަށް ނޫނެކޭ ބުނެފި، ޔާމީނަށް ވޯޓްލިޔަސް ނުލިޔަސް ޖެހޭނީ ތަރަށްގީގެ މަސައްކަތް ކޮށްދޭން، ވިދާޅުވިއަޑު އެހިން، ސިކުނޑި ހިފައިގެން ވޯޓްދޭން ދިއުމަށް، ދަންނަވަންތޯ ސިކުނޑު ހިފައިގެން ދިޔަ އެއްވެސް ރައްޔިތަކު މި ސަރުކާރަކަށް ވޯޓެއް ނުދޭ- މަޚްލޫފް

10 ޖޫން 2017 | ހޮނިހިރު 03:40
Writer Profile Picture
އާމިނަތު ނުޒުހާ
އެނބުރިއާދެވުމުންވެސް މިނިވަންކަމުގެ އިހްސާސެއް ނުކުރެވޭ،

މި ފިކުރަށް މި ވިސްނުމަށް ކީ މަރުހަބާއަށް ޝުކުރިއްޔާ، ޔާމީނުގެ ގައިދުގައި އޮވެ، 11 މަސްދުވަހަށްފަހު އެނބުރިއާދެވުމުންވެސް މިނިވަންކަމުގެ އިހްސާސެއް ނުކުރެވޭ، މިނަވްނވެގެން މި އާދެވުނީ އެއަށްވުރެވެސް ބޮޑު ޖަލަކަށް، ދިވެހިރާއްޖެއަކީ މިއަދު ޖަލެއް، ސިޔާސީ އެތަށް ބޭފުޅުންނެެއް އެތިބީ ޖަލުގައި، ދެން ތިބި ބޭފުޅުން އެތިއްބެވީ ގައުމުން ބޭރުގައި އަރުވާލެވިގެން، ރައީސް ނަޝީދާއި، ޝެއިޚް އިމްރާނާއި، ކާންލ ނަޒިމާއި، އާދމް އާޒިމްއާއި މި ހުރިހާ ބޭފުޅުްނ މިނިވްން ވަންދެން ޔަމީނު ދައްލކާ ބިރަށް ފަހަތަށް ނުޖެހި އެބޭފުޅުން މިނިވަން ވަންދެން އަދި މި އަނިޔާވެރި ސަރުކާރު ބަލިވަންދެން މަސައސްކަތްކުރާނަން، ވޭތުވެ ދިޔަ 11 މަސްދުވަހަކީ އާޅުގަނޑަށް ވަރަށް ހިތްދަތި ދުވަސްތަކެއް، އަދި އިންތިހާއަށް ދެރަވި، އެމްޑީޕީގެ ބޭފުޅަކު މިއަދު އެމްޑީޕީގެ ބޭފުޅުން ގޮވަމުން ދިޔަ އިސްލާހީ މަސައްކަތަށް ބީރުކަންފަތެއް ދިނުމުގެ ނަތީޖާމީ، މިހާރު އބޭފުޅުްނނަށޤ ބުނެވިދާނެ އަޅުގަނޑަށް ހުންނާނީ ރާކަނިމަސް ކެވިފައޭ، އެބޭފުޅުންނަށް އެފުރުސަތު އޮންނާނެ، މިއަދު އެދުވަސް ތައް މަތިން ހަނދާން ވުމުން ހޮޑުލަވާ، އަޅުގނޑުގެ އަނބިމީހާއަށް މިދަތި ދަނޑިވަޅުގައި ކޮށްދެއްވި މަސައްކަތަށް ޝުކުރިއްޔާ، އަދި އަޅުގަނޑުގެ މަންމައާއި ބައްޕަކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވަން، އަދި އަޅުގަނޑުގެ ވަކީލުން ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށްބޮޑަށް ޝުކުރުވެރިވަން، އަދި ކެރަފާ ނަސީމާއި އެމްޑީޕީގެ އެންމެހާ ލީޑރުންނާއި އާއްމު މެންބަރުންނަށާއި، އެންެމެ ބޭފުޅުންނަށް ޖުމްލަގޮތެއްގައި ޚާއްސަ ޝުކުރެއް ދަންނަަވަން، އަދީބު ޖަލުގައި އޮންނަވަނީ ވަރަށް ހާލުގައި، ދިވެހިރައްޔިތަކަށް ޓަކައި ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް އޭނާއަށްވެސް ލިބެން ޖެހޭ.

 

10 ޖޫން 2017 | ހޮނިހިރު 03:35
Writer Profile Picture
އާމިނަތު ނުޒުހާ
އަޅުގަނޑުމެންގެ މަސައްކަތަށް ހީނަރުކަމެއް ނައިސް ދަނީ ވަރުގަދަވަމުން

މި ފެށި މަސައސްކަތަށް އަހަރު ދެ އަހަރު ވީނަމަވެސް އަޅުގަނޑުމެންގެ މަސައްކަތަށް ހީނަރުކަމެއް ނައިސް ދަނީ ވަރުގަދަވަމުން އަދި ސަރުކާރު ދަނީ ބަލިކަށިވަމުން، އާޒިމް ހައްޔަރުކޮށް ޖަލަށްލަފައިވާއިރު، އާދަމް އާޒިމްގެ ހިތްވަރަށް އެއްވެސް ބަދަލެއްނާދޭ ހުންނެވީ ސާބިތުކަމާިއެކު، މުޅި އާއިލާގެ އެންމެ ބޮޑު ދެބޭން ޖަލަށް ލައިގެންވެސް މިސަރުކާރަށް ޑީލް ހައްދަވާނެކަމަށް ހީ ނުކުރައްވާތި، އެބޭފުޅުން ތިއްބެވީ ޑީލް ހައްދަވާކަށް ނޫން އެއަށްވުރެ އެބޭފުޅުން މާ އަޒުމު ވަރުގަދަ، ޖަލަށް ލައިގެން އޮބަހައްޓައިގެން ޚިޔާލު ފާޅު ކުރުމެއް ދެން ނުހުއްޓުވޭނެ، އަޅުގަނޑުމެން މި ތިން ޕަސެންޓްގެ ސަރުކާރު ބަލިކުރާނަން، އެތިން ޕަސެންޓް ފިޔަވާ ދެން ތިބި އެމްމެން މިތިބީ،އަޅުގަނޑުމެން ގަތަރާއި ގުޅުްނ ކަނޑާލުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި އަޅުގަނޑުމެންގެ އަގު ވެއްޓިއްޖެ މިކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާކަން ފުލުހުންނަށ ދަންނަވަން އޮތީ ރައްޔިތުނަނަށް އަނިޔާ  ނުދީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް، އަޅުގަނޑުމެންނަނަށް ދާދިއަވަހަށް ކާމިޔާބު ލިބޭނެ -އަލީ ޒާހިރު

10 ޖޫން 2017 | ހޮނިހިރު 03:23
Writer Profile Picture
އާމިނަތު ނުޒުހާ
އެނބުރި އައިސް ގުޅިވަޑައިގަތީތީ މަޚްލޫފަށް މަރުހަބާ

އެންމެ އިސްވަޖިބެއްގެ ގޮތުގައި ދެކެނީ، މަޚްލޫފަށް މަރުހަބާ ދެންނެވުން، އެނބުރި އައިސް ގުޅިވަޑައިގަތީތީ މަޚްލޫފަށް މަރުހަބާ

ރައީސް ޔާމީނަށް ދަންނަވާލަން އޮތީ، އަދަބު ދީ ބިރުދައްކައިގެން އެބަޔަކު ގަބޫލުކުރާކަންކަން ނުހުއްޓުވޭނެ، ކިތަންމެ ބިރެއް ދެއްކިޔަސް އަޒުމަކަށް ބަދަލެއް ނާންނާނެ، އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ، މަޚްލޫފް ޖަލަށް ލުމާއެކު ސްޕޯޚްސް ޕާސަންއެއް އަލުން އައްޔަން ކުރަން ވާހަކަދެއްކުނު، އެކަމުވެސް އަޅުގަނޑުމެން އެކަން ބަދަލެއް ނުކުރަން، އަޅުގަނޑުމެން ނަށޤ އެނގޭ މަޚްލޫފް އެނބުރި އައިސް އަޅުގަނޑުމެންނަށް ގުޅޭނެކަން، އެހެން އެއްވެސް ބޭފުޅަކު ނެތްވަރުގެ ހިތްވަރު މަޚްލޫފްގެ އެބަހުރި، އެކަން އެނގެނީ ޖަލުގައި އޮންނަވައިވެސް ނެރުއްވަމުން ގެންދަވާ ބަޔާން ތަކުން،

 

 

10 ޖޫން 2017 | ހޮނިހިރު 03:17
Writer Profile Picture
އާމިނަތު ނުޒުހާ
މިސަރުކާރު ބަލިވާނެ ދުވަސް ވަރަށް ކައިރިވެއްޖެ-މަލީހު

އަޅުގަނޑުމެން ދާދިއަވަހަށް ޖަލުތަކުގައި ތިބި މީހުން މިނިވަން ކުރާނަން،މި ސަރުކާރު 3 ޕަސެންޓާއިއެކު މިދަނީ މަޑުމަޑުން ބަލިކަށިވަމުން.  ޒަމާނުއްސުރެ ގާތް ގުޅުން ބާއްވަމުން ދިޔަ ގައުމުތަކާއި އެދަނީ ގުޅުން ކަނޑާލަމުން، މިއަދު ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ނިގުޅައިގަނެ، ޕާޓީތަކުގެ ދިދައާއި ލޯގޯތަށް އަތުލަނީ، މި ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހޭ، މަޚްލޫފަށް ދިނީ ހައްގު އަދަބެއް ނޫން، ރައީސް ނަޝީދަށާއި ކާނަލް ނާޒިމާއި، ޝެއިޚް އިމްރާނަށް ދިނީ ހައްގު ނޫން އަދެބެއް. ހުރިހާ ރައްޔިތުންނަށް ދަންނަވާލަން އޮތީ މިކުރާ މަސައްކަތުގައި، ސާބިތުވެ ދެމި ތިއްބެވުމަށް، ރައީސެެެއް ނުފެނޭ ކެބިނެޓް ބައްދަލުވުމެއް ނުބާއްވާ، ސަރުކާރުން ދޭ އެއްވެސް ޚިދުމަތެއް ރަނގަޅުވާތަނެއް ނުފެނޭ، މިކުރާ މަސައްކަތުގައި ބާރަށް ކުރިއަށް ދާންވީ، މިސަރުކާރު ބަލިވާނެ ދުވަސް ވަރަށް ކައިރިވެއްޖެ-މަލީހު

10 ޖޫން 2017 | ހޮނިހިރު 03:10
Writer Profile Picture
އާމިނަތު ނުޒުހާ
މަޚްލޫފަށް ދަންނަވާލަން އޮތީ ވެލްކަމް ބެކް އޭ" މަލީހު"

މަޚްލޫފަށް ދަންނަވާލަން އޮތީ ވެލްކަމް ބެކް އޭ، ރައްޔިތުންނަށް ޓަކައި އެނބުރި އައިސް ގުޅިވަޑައިގަތުމަކީ ލިބުނު ހިތްވަރެއް

މަޚްލޫފަ ޖަލުގެ އަނދިރިގޮޅިތަކުގެ ފުރަގަހަށް ލުމުން މިސަރުކާރަށްވީ ކޮން ފައިދާ އެއްތޯ، އޭގެ ބަދަލުގައި މަޚްލޫފް ހުންނެވީ އިހުނަށް ވުރެ ސާބިތުކަމާއެކު، ރައްޔިތުންގެ ސަޕޯޓްވީ އިތުރު، އިރާދު ކުރެއްވީއްޔާ ލަސްތަކެއް ނުވެ ރައްޔިތުންގެ ސަރުކާރެއް މި ގައުމުގައި ގާއިމް ވެގެންދާނެ- މަލީހު

10 ޖޫން 2017 | ހޮނިހިރު 03:04
Writer Profile Picture
އާމިނަތު ނުޒުހާ
މިރޭގެ ޖަލްސާގައި އެމްޔޫއޯގެ ބައެއް ލީޑަރުން ވާހަކަފުޅު ދައްކަވާނެ

މިރޭގެ ޖަލްސާގައި އެންމެ މުހިއްމު ނަންބަރަކީ 10 މަހާއި 24 ދުވަހު ޖަލުގައި އޮންނެވެމަށް ފަހު މިނިވަންވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފަށް މަރުހަބާ ދެންނެވުމެވެ.

މިރޭގެ ޖަލްސާގައި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީޒާހިރު، އެމްޔޫއޯގެ ހިޔަނި ކެބިނެޓް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި އަހުމަދު މަޚްލޫފް ވާހަކަފުޅު ދައްކަވާނެ. އަދި މި ޖަލްސާގައި،  ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއް ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ

10 ޖޫން 2017 | ހޮނިހިރު 03:00
Writer Profile Picture
އާމިނަތު ނުޒުހާ
އެމްޔޫއޯގެ ބޮޑު ތަރާވީސް: ވަގުތުން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ޖަލުން މިނިވަން ވުމާއި ގުޅިގެން މަޚްލޫފަށް މަރުހަބާ ދެންނެވުމަށް އެމްޔޫއޯއިން ބާއްވާ ބޮޑު ތަރާވީސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށިގެންދާނެއެވެ.

10 ޖޫން 2017 | ހޮނިހިރު 02:35