Raajje.mv

ރައްޔިތުންގެ މަޖިލިސް: ހިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުއާ ގުޅޭގޮތުން މިނިސްޓަރާއި ސުވާލުކުރުން

07 ޖޫން 2017
5982
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

07 ޖޫން 2017 | 10:51

ޖަލްސާ ނިންމާލުން

މަޖިލީޙުގެ މިއަދުގެ އެޖެންޑާގައި ހިމެނިފައިވާ ވަޒީރާ ސުވާލު ކުރުމާއި، ކުއްލި މައްސަލަ ހުށަހެޅާ، ކުއްލި މައްސަލަ މަޖިލީހުން ބަހުސް ކުރުމަށް ނުފެންނަ ކަމަށް ފާވުމާއެކު ޖަލްސާ ވެސް މިވަނީ ނިންމާލާފަ.

07 ޖޫން 2017 | 10:49

ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުން

ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓު މަޖިލީހުން ފާހެއް ނުވި، ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް 40 މެމްބަރަކު ވޯތް ދެއްވި، ބަހުސް ކުރުމަށް ފެންނަ ކަމަށް 22 މެމްބަރަކު ވޯޓް ދެއްވި.

އެހެންކަމުން، ކުއްލި މައްސަލަ މަޖިލީހުން އެވަނީ ބޭރުކޮށްލާފަ.

07 ޖޫން 2017 | 10:41

ގަތަރާއާއި ސިޔާސީ ގުޅުން ކަނޑާލުމާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ

އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު.

ކުއްލި މައްސަލައިގައި ވަނީ ގަތަރަކީ އަރަބި އިސްލާމީ ގައުމަކަށްވެފައި، އެގައުމަކީ ކުރީއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ އެކުވެރި ގައުމަކަށްވާއިރު، ދިވެހި ސަރުކާރުން ގަތަރާއެކު އޮތް ގުޅުން ކަނޑާލުމަކީ ރާއްޖެއަށް އެކަމުން ނުހަނު ގެއްލުންވާނެ ކަމެއް ކަމަށް ފެންނާތީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް މިމައްސަލަ ގެންނަ ކަމަށް.

މެމްބަރު ހުސައިން މުހައްމަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ

07 ޖޫން 2017 | 10:36

ްވަޒީރާ ސުވާލުކުރުނ

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު ސުވާލު ކުރައްވައިފި.

"ތ.ހިރިލަންދޫގެ ބިންހިއްކުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކޮށްދެއްވުމަށް،" ރިޔާޒުގެ ސުވާލު

މިނިސްޓަރު މުއިއްޒު: ރައީސް ޔާމީން ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދަވާނެ.

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ފެށޭނެ އަހަރެއް ވިދާޅުވެ ދެއްވަފާނަންތޯ، ރިޔާޒު ތަކުރާރުކޮށް ސުވާލު ކުރެއްވުމުންވެސް މިނިސްޓަރު މުއިއްޒުގެ ޖަވާބުގެ ވެސް ތަކުރާރު ކުރެއްވި.

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު: ރައީސް ޔާމީން ވައުދު ފުއްދަވާނެ ކަމަށް ވިދާޅުވާއިރު، މިނިސްޓަރު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަނީ ކީއްވެތޯ

މިނިސްޓަރު މުއިއްޒު: މިއަދުގެ މައުލޫއާ ގުޅޭ ސުވާލެއް ނޫން.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް: މަނިކުފާނު މަގާމުން އިސްތިއުފާ ދެއްވާނީ ކޮށްއިރަކުންތޯ

މިނިސްޓަރު: މިއަދުގެ މައުލޫއާ ގުޅޭ ސުވާލެއް ނޫން.

ސުވާލު ކުރުމުގެ ފުރުސަތު ނިންމާލައިފި

07 ޖޫން 2017 | 10:24

ޖަލްސާ ފެށުން

ޖަލްސާ ފެށުމާއެކު މަޖިލީހުގެ ބައެއް ކޮމެޓީތަކަށް އައިސްފައިވާ ބައެއް ބަދަލުތައް އިއުލާން ކުރެއްވުމަށް، މިނިސްޓްރާއި ސުވާލު ކުރުމަށް ފުރުސަތު ދެއްވައިފި

07 ޖޫން 2017 | 08:37

ރައްޔިތުންގެ މަޖިލިސް: ހިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުއާ ގުޅޭގޮތުން މިނިސްޓަރާއި ސުވާލުކުރުން

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ބާއްވާ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާ އެވެ.

ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރ ސްޓްރަކްޗަރ ޑޮކްޓަރ މުހައްމަދު މުއިއްޒު އާ ކުރައްވާ ސުވާލު އެވެ.

ރިޔާޒު ހުށަހަޅުއްވާ ސުވާލުގައި ވަނީ ތ.ހިރިލަންދޫގެ ބިންހިއްކުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކޮށްދެއްވުމަށެވެ.

މީގެ އިތުރުން އިތުރު ކަމެއް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ނެތް ނަމަވެސް އިއްޔެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުން އޮންނާނެ ކަމަށް ބެލެވެއެވެ.

އެކުއްލި މައްސަލައަކީ ދިވެހިރާއްޖެއިން ގަތަރާއި ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމާއި ގުޅިގެން މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.