Raajje.mv

ފަލަސުރުޚީ

30 މެއި 2017
6442
ފަލަސުރުޚީ

ފަލަސުރުޚީ

30 މެއި 2017 | 21:59

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓަންވީ ސަބަބެއް ނެތް: ޝިފާޒް

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓަންވީ ސަބަބެއް ނެތް. މިއީ އަނިޔާވެރިކަން. ދައުލަތަށް ޚިދުމަތް ކުރައްވާ ބޭފުޅުންނާއި މެދު ރައީސް ޔާމީން ކަންކުރައްވަނީ ވަރަށް ދެރަކޮށް.

30 މެއި 2017 | 21:51

ވަޒީރުންގެ ވިސްނުން ހުރީ 3000 ކާއްޓާއި ހިސާބުގައި: ޝިފާޒް

ވަޒީރުންނަށް ތިއްބަވާ ބޭފުޅުންގެ ވިސްނުން ތިންހާސް ކާއްޓާއި ހަމައިން ނިމުނީމަ ވަޒީރުންގެ ހާލަތު އެބަ އެނގޭ.

30 މެއި 2017 | 21:43

ދައުލަތުގެ ޚަރަދު ރައްޔިތުންނަށް އެނގެންޖެހޭ: ޝިފާޒް

ޖީއެސްޓި ޑަބަލްކޮށް، އިތުރު ޓެކްސްތައް ނަގައިގެން ދައުލަތުގެ އާމްދަނީ އިތުރުވާނެ. ރައްޔިތުން އަތުން އިންތިހާއަށް ޖޫރިމަނާ ނަގާ. މި ފައިސާއިން ރައްޔިތުންނަށް ރާހަތެއް ނުލިބޭ. ރައްޔިތުންނަށް މި ފައިސާގެ ތަފްޞިލް އެނގެންޖެހޭ.

30 މެއި 2017 | 21:38

އިޤުތިޞާދު ރަނގަޅުވީނަމަ އެކަން ފާހަގަކުރާނެ: ޝިފާޒް

އިޤުތިޞާދު ރަނގަޅުވާކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ނުފެނޭ. އެކަމުގެ އިހުސާސް ރައްޔިތުންނަކަށް ނުވޭ. ރައްޔިތުންނަށް މި ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުން ފައިދާއެއް ވީ ވާހަކަ ނުދައްކާ. ސިޔާސީ ޕާޓީތަކުން އިޤުތިޞާދު ރަނގަޅު ވާހަކަ ނުދައްކާ. އާމްދަނީ އިތުރެއް ނުވޭ. އެކަން ވާނަމަ ބޭރުގެ ފަރާތްތަކުންވެސް އެކަން ފާހަގަކުރީސް.

30 މެއި 2017 | 21:36

އޮތް ހައްލަކީ ވެރިކަން ބަދަލުކުރުން: ޝިފާޒް

މި ހާލަތަށް އޮތް ހައްލަކީ ވެރިކަން ބަދަލުކުރުން. އެކަން ނުކޮށް ވާކަށް ނެތް.

30 މެއި 2017 | 21:34

ސަރުކާރުން ކުރަނީ އިސްރާފު، އަސަރު ކުރަނީ ރައްޔިތުންގެ ޖީބަށް: ޝިފާޒް

ރައްޔިތުންގެ އާމްދަނީ ބޮޑުނުވެ، މުދަލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފަ. ރައީސް ނަޝިދުގެ ވެރިކަމުގައި އުވާލިު ޑައިރެކްޓް ޓެކްސް އަލުން ނަގަން ފަށައި، އޭގެ މައްޗަށް ޖީއެސްޓިވެސް ވަނީ ދެގުނަ ކޮށްފަ. މި ސަރުކާރު ފެންނަނީ އިންތިހާއަށް އިސްރާފު ބޑު ސަރުކާރެއްގެ ގޮތުގަ. އޭގެ އަސަރު މި ކުރަނީ ރައްޔިތުންގެ ޖީބަށް.

30 މެއި 2017 | 21:32

ފަލަސުރުޚީ

މިރޭގެ ފަލަ ސުރުޚި ޕްރޮގްރާމުގައި ބައިވެރިވެލައްވަނީ އެމްޑިޕީގެ ނައިބު ރައިސް މުޙައްމަދު ޝިފާޒް އެވެ.