Raajje.mv

ފަލަސުރުޚީ

29 މެއި 2017
6337
ފަލަސުރުޚީ

ފަލަސުރުޚީ

29 މެއި 2017 | 21:53

ސްކޮލަރޝިޕްގެ ފުރުޞަތާއި ގުޅިގެން ދަރިވަރުންނަށް ވަނީ އޮޅުވާލާފަ

މިހާރު ހެދިގޮތުން ދުނިޔޭގެ މޮޅު ޔުނިވަރސިޓީތަކަށް ދެވޭނީ ހަމައެކަނި އޭސްޓާ ލިބޭ ކުދިނަށް. އެހެން ހުރިހާ ކުދިން މި ޖެހެނީ ސާކްގެ ޔުނިވަރސިޓީތަކަށް ދާން. އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުދިން ބައިބައިކޮށް، ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ދަނީ އޮޅުވާލަމުން.

29 މެއި 2017 | 21:46

މިއީ އިސްރާފުގެ ސަރުކާރެއް

މި ސަރުކާރުން ވަނީ ޓެކްސް ނިޒާމް ގަޑުބަޑުކޮށްފަ. ސަރުކާރުތަކުން ރައްޔިތުންގެ އަތުން ފައިސާ ނަގަނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަށް. އެކަން ވާތަނެއް ރާއްޖެއަކުން މިހާރު ނުފެނޭ. ފެންނަނީ ބައެއް މީހުންގެ ޖީބު ބޮޑުވާތަން. ސަރުކާރު އިންތިހާއަށް މަތިބަރު. ބޭކާރު ގޮތުގައި އިސްރާފުން އެތައް ކޯޑިނޭޓަރުންނެއް އެބަތިބި. މިއީ އިސްރާފުގެ ސަރުކާރެއް. މިގޮތަށް ކަންކަން ދިއުމުން ރައްޔިތުން ވަނީ ނިކަމެތި.

29 މެއި 2017 | 21:43

އިކޮނޮމިސްޓެއް ނޫން، މުސާރަ ދެނީވެސް ލޯނު ނަގައިގެން

ދިވެހިން މިދަނީ ދަރާ ވިކެމުން. ރައީސަކީ އިކޮނޮމިސްޓެއް ނަމަ މި ކަންކަމަށް ހައްލު ހޯދުނީސް. މިއީ އިކޮނޮމިސްޓަކަށް ނޫނަސް ވިސްނޭ ވަރު ކަންކަން. މިހާރު ކަންކަން މިދާގޮތުން މިހާރު މި ކުރިމަތިވަނީ އަދި ކުދި ކަންކަން. މިހާރު މި ކުރާ އިޤުތިޞާދީ ގޮތުން ހަމަނުޖެހޭ ކަންކަމުގެ އަސަރު ބޮޑަށް ފެންނާނީ ދިގުމުއްދަތުގަ

29 މެއި 2017 | 21:41

ދަނޑުވެރިންނަށް ސަރުކާރުން އެހީވެދޭން ޖެހޭ

ސަރުކާރުން ދަނޑުވެރިންނަށް 8000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ދަނޑުވެރިން ތިބީ ވަރަށް އުފަލުން. ނަމަވެސް އެކަމެއް ނުވި. ދަނޑުވެރިންނަށް ބޭނުންވާ ހުރިހާ ދާއިރާ އަކުން އެ ދަނޑުވެރިންނަށް ސަރުކާރުން އެހީވާން ޖެހޭ.

29 މެއި 2017 | 21:38

މުޖުތަމައުގައި ވަރަށް ބޮޑަށް ވަނީ ތަފާތު ބޮޑުވެގެން ގޮސްފަ

މުސާރައިގެ ހަމަހަމަކަން ނެތި، ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން މުޖުތަމައުގައި ވަނީ ތަފާތު ބޮޑުވެގެން ގޮސްފަ. ދަތުރުފަތުގެ ނިޒާމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުން، ކާބޯތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުން ދަތިވާ ދަތިވުމުގެ ސަބަބުންވެސް ތަކެތީގެ އަގު ދަނީ މަތިވަމުން.

29 މެއި 2017 | 21:20

ފަލަސުރުޚީ

މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އަދި 2013 ވަނަ އަހަރުގެ ރިޔަސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ