Raajje.mv

ފަލަސުރުޚީ

27 މެއި 2017
6049
ފަލަސުރުޚީ

ފަލަސުރުޚީ

27 މެއި 2017 | 21:59

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބަކީ އިދިކޮޅު 4 ލީޑަރުން ގުޅިގެން ހޯދި ކާމިޔާބެކޭ ނުބުނެވޭނެ: އަފީފް

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބަކީ އިދިކޮޅު 4 ލީޑަރުން ގުޅިގެން ހޯދި ކާމިޔާބެކޭ ނުބުނެވޭނެ. 4 ލީދަރުން އެކުގައި މަސައްކަތް ކުރަން ފެށީ ކައުންސިލް އިންތިޚާބަށް ކެނޑިޑޭޓުންވެސް ނެރުނު ފަހުން. ސަރުކާރުން އެ ބުނާގޮތަށް ގުޅިގެން ކައުންސިލް އިންތިޚާބުގައި މަސައްކަތް ކުރި ނަމަ މިއަވުރެވެސް ބޮޑު ކާމިޔާބެއް ހޯދީސް.

27 މެއި 2017 | 21:56

މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް: އަފީފް

މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަ ޖެހޭ މިކަމާ ވިސްނަން. އެ މެންބަރުން އެބަ ޖެހޭ ރައްޔިތުންނާ އެއްފަޅިއަށް އަރަން.

27 މެއި 2017 | 21:35

ސުޕްރީމް ކޯޓަކީ ދުނިޔޭގަ ލެއްވިހާ ކަމެއްގަ ފަހުބަސް ބުނަން އޮންނަ ކޯޓެއް ނޫން: އަފީފް

ސުޕްރީމް ކޯޓަކީ ދުނިޔޭގަ ލެއްވިހާ ކަމެއްގަ ފަހުބަސް ބުނަން އޮންނަ ކޯޓެއް ނޫން. ސުޕްރީމް ކޯޓަށް ފަހުބަސް ބުނެވެނީ ދަށު ކޯޓުތަކުން ނިންމާ ކަންކަމުގަ.

27 މެއި 2017 | 21:34

ސުޕްރީމް ކޯޓުން ނެރުނު ޙުކުމް

ފެނިގެންދަނީ ވެރިކަން ހިންގުމުގެ ބާރުންވެސް ޤާނޫނަށް އިހުތިރާމް ނުކުރާތަން. ސުޕްރީމް ކޯޓާއި ވެރިކަން ކުރާ ބާރުންވެސް ވަނީ ޤާނޫނު އަސާސީގެ ޞާރު ކަނޑުވާލާފަ

27 މެއި 2017 | 21:32

ޤާނޫނު ހެދުމުގެ ތެރެއަށް ވަދެގަތުމުގެ ބާރު އެއްވެސް ކޯޓަކަށް ނޯންނާނެ: ހަސަން އަފީފް

ޤާނޫނު ހެދުމުގެ ތެރެއަށް ވަދެގަތުމުގެ ބާރު އެއްވެސް ކޯޓަކަށް ނޯންނާނެ. މިހެން ކަން ކުރުމުން ދުސްތޫރު ހަލާކުވެގެންދޭ. ޤާނޫނުން ކަނޑައަޅާފައި ނެތް ބާރެއް ސުޕްރީމް ކޯޓަކަށް ނުކުރެވޭނެ. އެއީ ޤާނޫނުގެ ބާރު ކަނޑުވާލުން.

27 މެއި 2017 | 21:30

ސުޕްރީމް ކޯޓުން ނެރުނު ޙުކުމް

މިއީ ސުޕްރީމް ކޯޓަށް ނެރެވޭނެ ޙުކުމެއް ނޫން. ވަޒީރުންނާ މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ ބާރަކީ މަޖިލީހަށް އޮތް ބާރެއް. މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ޖުޑީޝަރީއަށް މިގޮތަށް ވަދެވުމަކީ ވަރަށް ނުރައްކާތެރިކަމެއް.

27 މެއި 2017 | 21:24

ފަލަސުރުޚީ

މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގައި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ ކުރީގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޙަސަން އަފީފް އެވެ.