Raajje.mv

ފަލަސުރުހީ

23 މެއި 2017
5791
ފަލަސުރުހީ

ފަލަސުރުހީ

23 މެއި 2017 | 22:18

އަދުލްއިންސާދު ނެތް. ތަހުގީގުތަކުގައިވެސް އިންސާފެއް ނެތް

މިއަދު ރައްޔިތުން ތިބީ ކަންބޮޑުވުން ކަމެއް.

23 މެއި 2017 | 22:06

ސުޕްރީމް ކޯޓުވެސް ރައީސުލްޖުމްހޫރިއްޔާވެސް އަމަލުކުރަންޖެހޭނީ ގާނޫނު އަސާސީއަށް: މާރިޔާ

އިދިކޮޅު ވާދަވެރިން އޮތީ، ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ކުރި ހޯދާފަ. ރައްޔިތުންގެ ތާއީދު ހޯދާފަ.

ޕީޕީއެމްގެ ބޭފުޅުންނަކީވެސް، ގާނޫނުތަށް އެނގޭ ފަރާތްތައް. އެބޭފުޅުންވެސް ބޭނުންވަނީ ފެޔަރ ޕްލޭ ކުޅެން. ރައްޔިތުންގެ ބާރު މިގެއްލިގެންދަނީ.

23 މެއި 2017 | 22:01

ރައްޔިތުންގެ މަޖިލީސް ވާވެފަ އެއޮތީ: މާރިޔާ

ރައްޔިތުންގެ ވެރިކަމެކޭ ބުނުމުގެ ޖާގަ މިހާރު ވަނީ ގެއްލިފަ. މަޖިލީހުގެ ތެރެއިން ހިނގާ ކަންތައްތަކަށް ބަލާ އިރު.

23 މެއި 2017 | 21:59

މިއީ އާއްމު ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް: މާރިޔާ

ރުހުން ނުލިބިއްޖިއްޔާ ކަން ހިނގާނެ ގޮތް ލިޔަފެއް ނެތް. އެހެން ނަމަވެސް އިތުރުބާރު ނުހިފޭ މައްސަލަތަކުގައި ކަންކުރާނެ ގޮތް ވަރަށް ސާފު. އިތުރަށް މާނަކުރާކަށް ނުޖެހޭނެ.

23 މެއި 2017 | 21:46

ހަގީގަތުގައި ގާނޫނު އަސާސީ ތަރުތީބު ކުރެވިފައިވާ ގޮތައް ބަލާ އިރު ސުޕްރީމްކޯޓުގެ ނިންމުން ހަމައެއް ނުޖެހޭ: މާރިޔާ

ސަރުކާރުން ނުރުހޭ މީހުންނާއި މެދު ހިތައްއެހި ގޮތަކަށް ދަނީ އަމަލުކުރަމުން. ރައްޔިތުންގެ މަޖިލީހުގެ ކަންކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކީވެސް މިފަދަ ހުކުމެއް.

23 މެއި 2017 | 21:44

ގާނޫނު އަސާސީގައި ވަޒީރުންގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓުގައި ވަރަށް ސާފުކޮށް ކަންކަން ބަޔާންކޮށްފައިވޭ: މާރިޔާ

އިއްޔަގެ ނިންމުން ފެނިގެންދިޔައީ ނިޒާމު ގަޑުބަޑުވާގޮތަކަށް. ހުކުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ވަކި ކުރިއަސް ވަޒީރުން ވަކި ކުރިއަސް އެންމެ ފަހު ނިންމުމެއް ނިންމާނީ ސުޕްރީމްކޯޓުން ކަމަށް.

މި ނިޒާމު ބިނާވެފައިވަނީ ގާނޫނު އަސާސީއަށް. ގާނޫނު ފޮތުގައި ލިޔެފައި އޮތް އެއްޗަކަށް އިތުރު މާނައަކަށް ފުރުސަތެއް ނުދޭ. ރުހުން އޮތްތޯ ބެލުމަށް ނަގާ ވޯޓުން މަޖިލީހުން ވަޒީރުންނަށް ރުހުން ނުލިބެއްޖެ ނަމަ ނުތިބެވޭ. އެހެން ކަމުނ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވާނީ ކިހިނެތްތޯ.

ރައީސް އަދި ނައިބު ރައީސް މަޤާމުން ވަކި ކުރަންވީ ސަބަބުތައް، ތަފްސީލު ކުރުމަށް އެބަޖެހޭ.

23 މެއި 2017 | 21:21

ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމުގައި ބައިވެރިވާނީ މައްޗަންގޯޅީ އުތުރު ދައިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އެވެ. މިރޭގެ މައުޟޫއަކީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކެވެ.