Raajje.mv

ފަލަސުރުހީ

22 މެއި 2017
6493
ފަލަސުރުހީ

ފަލަސުރުހީ

22 މެއި 2017 | 22:16

ގައުމުގެ ރައްޔިތުން އެދޭ ދުވަސް ފެންނަން އޮތީ ވަރަށް ކައިރީގަ

ފެނިގެންދާ މަންޒަރަކީ ގައުމު އޮޔާ ދަނިކޮށް، ހަތަރު ލީޑަރުން މަސައްކަތް ފެށި މަންޒަރު. ބޭއިންސާފުން ބަޔަކު މަސައްކަތް ކުރި ނަމަވެސް މިކަން ނިމިގެންދާ އިރު ހައްގަށް ރަސްރު ލިބޭނެ.

22 މެއި 2017 | 22:08

މެޖޯރިޓީ ލިބިގެން ކުރެވުނު މާބޮޑުކަމެއް ފެންނާކަން ނެތް: އަމީތު

ސުޕަމެޖޯރިޓީ ލިބިގެން ރައްޔިތުންގެ ތާއީދެއް ނުލިބުނު. މެޖޯރިޓީއެއް ލިބުނަސް ހުރިހާ ކަމެއް ނުކުރެވޭނެ. މި މެޖޯރިޓީ ބޭނުން ކުރަން ޖެހޭނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރުމަށް. ރައްޔިތުން އަދިވެސް ޑިމާންޑް ކުރަނީ، އިސްލާހީ މަސައްކަތްތަކެއް ކުރުމަށް.

22 މެއި 2017 | 22:06

ވޯޓަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން: އަމީތު

ރައްޔިތުންނާއި އޮންނަ ގުޅުން ވެރިޔަކަށް ހުންނަ މީހާ ބަދަހި ކުރަންޖެހޭ. އެގުޅުން އުފެއްދޭނީ ރައްޔިތުން ކައިރޔަށް ގޮސް.

22 މެއި 2017 | 22:01

ލޯކަލް ކައުންސިލް އިންތިހާބުގައި ބަލިވިކަން ސަރުކާރުން ގަބޫލެއް ނުކުރޭ: އަމީތު

ވޯޓުން ބަލިވީމަ، ބަލިވިކަން ގަބޫލު ކުރަންޖެހޭ. އެކަން ގަބޫލު ކުރުމަކީ، ޑިމޮކްރަސީގެ ރީތި އުސޫލު. ވަރަށް އުންމީދު ކުރިން ރައީސް ޔާމީނު ނިކުމެ، ލޯކަލް ކައުންސިލް އިންތިހާބުގައި ބަލިވިކަން ގަބޫލު ކުރާނެ ކަމަށް. އެހެން ނަމަވެސް އެމަންޒަރެއް ނުފެނުނު. ލޯކަލް ކައުންސިލް އިންތިހާބުގެ ބޮޑެތި އާބާދީތަކުން ބަލިވެގެންދިޔައީ.

ބަލިވުމުން އިތުރު ހުއްޖަތުތައް ދައްކާ މަންޒަރު ފެނުނީ. ގަދަ ތޭރާގައި ފެށި ކެމްޕެއިން ހަރަކާތްތައް ބޭއްވި. ބޭއިންސާފަށް ރައްޔިތުން ދެލޯ މަރާލާއިގެން، ތިބީކީ ނޫން.

22 މެއި 2017 | 21:55

އުސޫލެއް އުސޫލަކަށް ވަނީ ގާނޫނެއް ގާނޫނަކަށް ވާނީ ހަމަގޮތުގައި ތަންފީޒު ކުރެވުމުން: އަމީތު

މިއަދު ޕީޕީއެމްގެ ހާލަތަކީ ޕީޕީއެމްގެ ކޮންގްރެސް އިން މަގާމު ހަވާލު ކުރެވުނު އެންމެން ތިބީ ބޭރުކޮށްލާފަ. ޕީޕީއެމްގެ ވެރިމީހާކަމަށް ދައުވާ ކުރެވޭ ވަރުގެ މީޙަކު މިއަދު ޕީޕީއެމް އަކު ނެތް. ވިޕްލައިން ފޮލޯ ނުކުރުމުގެ މައްސަލަ އަބަދުވެސް ދިމާވޭ. ވިޕްލައިނާއި ހިލާފުވި އިރު، އެންމެންނާމެދު ފިޔަވަޅު އެޅިފައެއް ނުވޭ. ވަކި މީހެއްގެ ސިގުޑީގެ އޮންނަ އެއްޗަކީ ގަވައިދު ކަމަށްވާ ނަމަ އެއްވެސް ހަމައެއް ލަމައެއް ނޯންނާނެ.

22 މެއި 2017 | 21:51

ބްރޮޑްކާސްޓިން ކޮމިޝަނުން އަބުރުގެ ގާނޫނަށް ފިޔަވަޅު އަޅާ އިރު ގަވައިދުތަކެއް ކަނޑައަޅަންޖެހޭ: އަމީތް

ބްރޮޑްކާސްޓިން ކޮމިޝަން ފިޔަވަޅު އަޅާއިރު އެ ގާނޫނުގެ ތެރެއިން ކަނޑައަޅަން ޖެހޭ ގަވައިދުތައް ކަނޑައަޅާފައި ފިޔަވަޅު އަޅަންޖެހޭނީ. އެކޮމިޝަނުން އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާ އިރު ރަގަޅު ގަވައިދެއް އެކުލަވާލަންޖެހޭ. ބްރޮޑްކާސްޓިން ކޮމިޝަނުން ގަވައިދުތައް ހަދާ، މަޖިލީހަށް ފޮނުވައިގެން ފާސްކުރަންޖެހޭ އުސޫލުތައް ފާސްކުރި ނަމަވެސް، އަބުރުގެ ގާނޫނުން ފިޔަވަޅު އެޅުމުގައި ހައްލުތަކެއް އައިސް.

22 މެއި 2017 | 21:48

އަބުރުގެ ގާނޫނު އޮތީ ވަކި ބައެއްގެ އަބުރު ރައްކާތެރިކުރުމަށް: އަމީތު

މީޑިޔާގެ ސްޓޭޝަންގެ އެންމެ ބޮޑު ހިތްވަރަކީ ނޫށްވެރިން ލިޔާ އެއްޗެހި ރައްކާތެރިކުރުން. މިނިވަންކަމާއި އެކު ހިޔާލުފާޅު ކުރުމަށް ވަނީ ހުރަސް އެޅިފައި. ގާނޫނު ވުޖޫދަށް ގެނައީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރި ކުރުމަށް ކަމަށް މިއަދު ފެނިގެންދަނީ. މީޑިޔާތައް މަސައްކަތް ކުރަންވާނީ އޮންނަ މިންގަނޑުގެ ތެރެއިން.. އަބުރު ގާނޫނުގެ ތެރެއިން މިއޮތީ ނޫސްވެރިން ޒިންމާދާރު ކުރުމެއް ނޫން.

22 މެއި 2017 | 21:45

އަބަރުގެ ޤާނޫނަކީ ބިރުވެރި ޤާނޫނެއް: އަމީތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވަޑައިގެންނެވުމުގެކުރިން އަޅުގަނޑަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި މީހެއް. ސަރުކާރުގެ ވެރިންނާއި ދައުލަތުގެ ވެރިން ޖަވާބުދާރީކުރުމަށްޓަކައި މަސައްކަތް ކުރި މީހެއް. އަޅުގަނޑާއި މި ސަރުކާރާ އެންމެ ހިޔާލު ތަފާތުވި ކަމަކީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސަރުކާރުން ހުށަހެޅި ޤާނޫނު. އެ ޤާނޫނަށް އަޅުގަނޑަށް ވޯޓެއް ނުދެން. އެ ޤާނޫނުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި. ޤާނޫނު ބައްޓަންވެފައިވާގޮތުން އިންވެސްޓިގޭޓިވް ނޫސްވެރިކަމެއް ނުކުރެވޭނެ. އޭގައި ހުރ ޖޫރިމަނާތަކަކީ ބޮޑެތި ޖޫރިމަނާތަކެއް. އަބަދަކު ރާއްޖެޓީވީއަށްވެސް މިލިއަނުން ޖޫރިމަނާއެއް ނުދެއްކޭނެ. ބިލް އޮތްގޮތުން މީޑިއާތައް ނެތިގެންދާނެ.

22 މެއި 2017 | 21:41

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުނަނީ ރައްޔިތުންގެ ބަސް: އަމީތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާ ބާރަކީ އަޅުގަނޑުމެންނަށް އަމިއްލައަށް ލިބިފައިވާ ބާރެއް ނޫން. މިއީ ރައްޔިތުންދީފައިވާ ބާރެއް. އަޅުގަނޑުމެން މި ބުނަނީ ރައްޔިތުންގެ ބަސް. ކުރިންވެސް ބުނިގޮތަށް ހުކުމްގައިވާއެއްޗެއް ނޭނގި އަޅުގަނޑަކަށްވެސް އެކަމާއި ގުޅޭގޮތުން އެއްޗެއް ބުނާކަށް ނޭނގޭނެ.

22 މެއި 2017 | 21:39

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކަށް އެހެން ބާރަކަށް ނުވަދެވޭނެ: އަމީތު

ކޯޓުތަކުގެ ނިންމުންތައް އަޅުގަނޑުމެން ބަލައިގަންނަންޖެހޭ. މިއީ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް. އަޅުގަނޑަށްވެސް މިއަދުގެ ހުކުމާއި ގުޅޭ މައުލޫމާތުތައް ލިބުނީ މީޑިއާތަކުން އެކަނި. ހުކުމްގައިވާ އެއްޗެއްގެ ތަފްސީލެއް އަޅުގަނޑަކަށްވެސް ނޭނގޭ. ނަމަވެސް ފާހަގަކޮށްލަން މިއީ ތިންބާރު ވަކިވެފައިވާ ނިޒާމެއްކަން. ރައްޔިތުންގެ މަޖިލީހުގައި އުޅޭއިރު އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެ.

22 މެއި 2017 | 21:29

ފަލަސުރުހީ

.މިރޭގެ ފަލަސުރުހީ ޕްރޮގްރާމުގައި ބައިވެރިވާނީ މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތް އެވެ. ޕްރޮގްރާމުގެ މައުޟޫއަކީ ސުުޕްރީމް ކޯޓުގެ ނިންމުމެވެ.