ފަލަ ސުރުހީ

ޕްރޮގްރާމުގައި މެންބަރު ނިޒާރު ބައިވެރިވަނީ
ރައްޔިތުން މިތިބީ ރުހިފައެއް ނޫން: ނިޒާރު
ރައްޔިތުންނަށް އަނިޔާ ނުލިބޭ އެއްވެސް ރައްޔިތެއް ނެތް. މާލޭގައި އުޅޭނެ ތަނެއް ނެތް. ދިރިއުޅުމުގެ ހަރަދު އެހާ ބޮޑު. މަގުމައްޗަށް ނިކުންނަ އިރަށް ބަންދު ކުރާނެކަން ރައްޔިތުންނަށް އެނގޭ. ރައީސް ޔާމީނަށް ނުރުހޭކަން، މިއޮތީ އެގެން. ކައުންސިލް އިންތިހާބުން.
ރައީސް ޔާމީނުގެ ދިފާއުގައި ވާހަކަ ދައްކާނެ މީހަކު ނެތް: ނިޒާރު
ބަދަލުތަކެއް ފެނިގެންދާނެ. މަޖިލީހުގެ މަސައްކަތްތައް ފެށުމުން. ރައީސް ޔާމީނާ އެކު މިފެންނަނީ، ޅަ މީހުން މަސައްކަތް ކުރާތަން. ރައީސް ޔާމީނުގެ ދިފާއުގައި ވާހަކަ ދައްކާނެ މީހަކު ނެތް މިހާރު. ރައީސް ޔާމީނު ހިތުހުރި ގޮތަކަށް ކަންކަން ކުރާކަށް ދޫ ނުކޮއްލާނަން.
ސަރުކާރަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް ނެތް: އަލީ ނިޒާރު
ސަރުކާރަށް މެޖޯރިޓީއެއް ނެތް. މަޖިލީސް ހުއްޓިފައިވަނީ މި ސަބަބާއި ހުރެ. ކުރަންޖެހޭ ކަންކަން އެބަ ހުރި. ހައްލު ކުރަންޖެހޭ ކަންކަން ގިނަ. ސިޔާސީ މައްސަލަތައް އޮތް ގައުމެއްގައި މިފަދަގޮތަކަށް މަޖިލީސް ހުއްޓިފައި އޮތުމަކީ ކަންބޮޑުވާ ކަމެއް.
ފަލަ ސުރުހީ
މިރޭގެ ފަލަސުރުހީ ޕްރޮގްރާމުގައި ހިތަދޫ ދެކުނު ދައިރާގެ މެންބަރު އަލީ ނިޒާރު. ޕްރޮގްރާމުގެ މައުޟޫއަކީ "މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލެނީތޯ؟"