ފަަލަސުރުހީ

ފަލަސުރުހީ
ގައުމަށް ހަމަޖެހުމެއް ގެނައުމަށް ވެރިކަން ބަދަލުކުރަން ޖެހޭ- އާޒިމް
އެންމެ މުހިއްމު ކަމަކީ މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން. އަދިވެސް ގިނަ ކަންކަމެއް މަޖިލީހުގެ ތެރެއިން ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ހަމަޖެހފަ. ވަރަށް ގިނަ ކަންކަން އެބަ ހުރި. އަދި މަޖިލީހުގެ ތެރެއިން ކުރާ މަސައްކަތްތައް އެބަ ފެނޭ.
ބޭރުގެ ޕްރެޝަރ ބޭނުން ނުވިޔަސް ސަރުކާރުން ނިންމާ ނިންމުން ބޭރުގެ ޕްރެޝަރ އަންނާނެ. ސަރުކާރަށް އިތުބާރު އޮތް ނަމަ ސަރުކާރަށް ރައްޔިތުން އާ އެކޭ ބުނާނެ.
ރާއްޖޭގެ އަމަން އެއްކޮށް ގެއްލުމުން އެވާހަކަ ދައްކާނެ: އާޒިމް
އަޅުގަނޑުމެން އެއްބާރުލުންދިން. އަޅުގަނޑުމެން ބަލަން އެއް އަހަރު މަޑުކުރިން. ރާއްޖޭގެ އަމަން އެއްކޮށް ނެތުމުން އެވާހަކަ ދައްކާނެ. އެވާހަކަދެއްކީމާ، ޖަލަށް ލިޔަސް އެވާހަކަތަކެއް ނުހުއްޓުވޭނެ. މަޑުން ތިބީކީ ނޫން އަޅުގަނޑުމެން. އަޅުގަނޑުމެން މަސައްކަތް ކުރާނަން ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް ކަންކަން އިސްލާހު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
މިނިވަން މުއައްސަސާތަކުގެ މެންބަރުން އިސްލާހުކުރަންޖެހޭ: އާޒިމް
ޒިންމާދާރުކުރުމަށް މިހާރު އެންމެ މުހިއްމު ކުރަންޖެހޭ ކަމަކީ، މިނިވަން މުއައްސަސާތަކަށް ގާބިލް މީހުން ގެނައުން. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ސުލައިމާނަށް ކުރެވޭ ވަރެއް ކޮށްފި. މިކަންކަމަކީ މަޖިލީހުން ޒިންމާވާން ޖެހޭ ކަންކަން.
ސަރުކާރުން ތަރައްގީ ގެންނަގޮތާއި މެދު ދެކޮޅު: އާޒިމް
ސަރުކާރަށް ފާރަވެރިވަން ތިބޭ ބައެއް އަޅުގަނޑުމެންނަކީ. ސަރުކާރާއި ދެކޮޅެއްވެސް ނޫން. ސަރުކާރުންގެ ގެންނަ ތަރައްގީ އާއި ވެސް ދެކޮޅެއް ނޫން. އެހެން ނަމަވެސް ސަރުކާރުން ތަރައްގީ ގެންނަ ގޮތާއި މެދު އަޅުގަނޑުމެން ދެކޮޅު ހަދަން.
ރައީސް ޔާމީނަށް ލިބޭ ވޯޓެއް ލިބެނީ ބިރުދައްކައިގެން: އަލީ އާޒިމް
ރައީސް ޔާމީނަށް ލިބޭހާ ވޯޓެއްލިބޭނީ ބިރު ދައްކައިގެން. ސިޔާސީ ފަރާތްތަކަށް ނުހައްގު އަދަބު އަންނަނީ ދެމުން. ނުހައްގު ކަން ކުރުން ހުއްޓުވުމަކީ ގުޅިފައިވާ ޕާޓީތަކުގެ ބޭނުން
ފަަލަސުރުހީ
މިރޭގެ ޕްރޮގްރާމްގެ މެހުމާނަކީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކެވެ.