Raajje.mv

ފަލަ ސުރުޚީ

18 މެއި 2017
6421
އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް

18 މެއި 2017 | 22:13

ރާއްޖޭގެ ވެރިކަމުގައި ހުރީ ޑިކްޓޭޓަރެއް

ގައުމު އިސްލާޙް ކުރުމުގެ މަސައްކަތް ރައީސް ނަޝީދު ދަނީ ކުރައްވަމުން. ރައްޔިތުންގެ ނިންމުން ވަރަށް ސާފު. ރައީސް ޔާމިން ބޭނުންވާ ގޮތަށް ކަންތައްތަކެއް ނުހިނގާނެ. ރާއްޖޭގެ ވެރިކަމުގައި ހުރީ ޑިކްޓޭޓަރެއް. ޑިމްކްރަޓިކް ނިޒާމްގެ ބޭނުން ނުކުރާ ވެރިއެއް ކަން. މިރާއްޖެ ބެހިގެންނުދާނެ އާއިލީ ވެރިކަމަކަށް.

18 މެއި 2017 | 22:02

ރައީސް ޔާމިންގެ ސައިޒް ކުޑަވީ ތޯ

ރައީސް ޔާމިންގެ ސައިޒް ކުޑަވީ ތޯ. ކީއްވެގެންތޯ އޭ މާލޭގައި މާސް ރެލީއެއް ނުބާއްވަނީ ކީއްވެގެންތޯ؟ ޕީޕީއެމްއިން ހަރުގެ ޖަލްސާ ބާއްވަން ފެށުމުން އެމްޑީޕީ ހަރުގެއަށް އެއްވެސް މީހަކު ނުދާ ކަމަށް ބުނާ ބުނުމަށް ފާޑުވިދާޅުވި. ރައީސް ޔާމިންއަކީ ތްރެޓެއް ނޫން. 2018ގެ އިންތިހާބުގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު. ލޯކަލް ކައުންސިލް އިންތިހާބަކީ ސެމީ ފައިނަލެއް ކަމަށް ބުނާއިރު މާދަމާ ރިޔާސީ އިންތިހާބެއް ބޭއްވިއަސް ކާމިޔާބު ކުރާނަން. މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވިޔަސް ރައީސް ޔާމިންއަށް ވޯޓްދޭން ތިބި މީހުން މަދުވާނެ.

18 މެއި 2017 | 21:53

ރައީސް ޔާމިންވެސް ނަތީޖާ ޤަބޫލުކުރައްވާ

ދެއުޅި ދިމާނުވާ ވާހަކަ އަޑު އިވިގެންދަނީ މިއިންތިހާބު ފެށުނު ފަހުން. މިއިންތިހާބުގެ ނަތީޖާ ދެން ބަދަލެއް ނުވާނެ. ރައްޔިތުން ގުބޯ ހައްދައިގެން ދެން ނުގެންގުޅެވޭނެ. ރައީސް ޔާމިންވެސް ނަތީޖާ ޤަބޫލުކުރައްވާ.

18 މެއި 2017 | 21:48

އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ އެއްވެސް ފުރުޞަތެއް ނުދޭ

އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ އެއްވެސް ފުރުޞަތެއް ނުދޭ. ރައީސް ޔާމިން އަކަށް އަދިވެސް މި އިންތިހާބު ނިމުނު ކަމަށް އިހުސާސެއް ނުވޭ. މިއަދުގެ ހަޤީޤަތަކީ ރާއްޖޭގައި އޮންނާނީ މަލްޓިޕާޓީ ސިސްޓަމްކަން. ރައީސް ޔާމިން ޕީޕީއެމްއަށް ހެއްދެވި ގޮތް ރައްޔިތުންނަށް ފެނިގެންދާނެ. ކޯފާ އިސްނުކުރައްވާ އިންތިހާބު ނިމުނުކަން ރައީސް ޔާމިން ޤާބޫލުފުޅުކުރައްވަން ޖެހޭ.

18 މެއި 2017 | 21:43

ރައީސް ޔާމިންއަށް ރައްޔިތުން ނޫނެކޭ ބުނި

ކާމިޔާބު ލިބުނީ ހަޤީޤަތުގައި ވެސް އެކުގައި މަސައްކަތްކޮށްގެން. ރައީސް ޔާމިންގެ އަނިޔާވެރިކަން ރައްޔިތުންނަށް އިނގޭ. ސިޔާސީ ވެރިންނަށް ހިންގާ އަނިޔާވެރިކަންތައްތައް އިނގޭ. އިންސާފްވެރިކަމެއް ނެތް ކަންވެސް ރައްޔިތުންނަށް ޔަޤީންވޭ. ރައީސް ޔާމިންއަށް ވެރިކަން ކުރެވޭ ކަމަށްނުވި ކަޑުގެ އަގުތައް މައްޗަށް ނުގެންގޮސް. ރާއްޖޭގެ ރައްޔިތުންނަކީ ގަމާރުންނެއް ނޫން. އިންތިހާބާއި ދިމާކޮށް ޤާސިމް އިބްރާހިމް ހައްޔަރުކުރުން ވެގެން ދިޔައީވެސް ރައީސް ޔާމިންއަށް ރައްޔިތުން ނޫނެކޭ ބުނި އެއް ކަންތައް.

18 މެއި 2017 | 21:22

ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގެ މެހެމާނަކީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

މިރޭގެ މައުޟޫއަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީ