ފަލަ ސުރުޚީ

ފަލަ ސުރުޚީ
މައްސަލައަކީ ނުއަގުގަ ކަންކަން ކުރަމުންދާތީ: އަނަސް
ތަރައްޤީ ގެންނަމުންދާތީ ރައްޔިތުން މައްސަލަ ނުޖައްސާ ކަމަށާ، ނަމަވެސް އޭގައި މައްސަލައަކީ ނުއަގުގައި އެ މަޝްރޫއުތައް ކުރިއަށްގެންދާތީ. ރައްޔިތުން ހޮސްޕިޓަލް ނާޅާކަށް ނުބުނޭ. މައްސަލަ އަކީ ނުއަގުގަ އަޅާތީ. ބްރިޖުވެސް އަޅައިގެން މައްސަލައެއް ނެތް. މައްސަލައަކީ ނުއަގުގަ އެ މަސައްކަތް ކުރާތީ.
ސަރުކާރުން ދަނީ އަނިޔާވެރިވަމުން: އަނަސް
ސިޔާސީ ލީޑަރުންނަށް އަނިޔާދެމުންދަނީ ބަނދުކޮށްގެން. ރައްޔިތުންނަށް އަނިޔާ ދެމުންދަނީ އަސާސީ ޚިދުމަތްތަކުން މަހުރޫމް ކޮށްގެން ނުވަތަ އެފަދަ ޚިދުމަތްތައް ލިބުން ދަތިކޮށްގެން. މި ކަންކަން ހުއްޓުވަން ޖެހޭ.
ޕާޓީތަކުން ނިންމާ ބަޔަކު ވާދަކުރާ އިންތިކާބެއް މުހިއްމު: އަނަސް
މިވަގުތު 2018 ގެ ރިޔާސީ އިންތިޚާބުގައި ބައިވެރި ނުވެވޭ ގޮތަށް ތިބި ފަރާތްތަކަށްވެސް ބައިވެރި ވެވޭ ފަދަ، މިނިވަން އިންސަފުވެރި އިންތިޚާބަކަށް 2018 ގެ ރިޔާސީ އިންތިޚާބު ހެދުން މުހިއްމު.
ރައީސް ޔާމީން ފެކްޝަންގައި ތިބި މަޖިލިސް މެންބަރުން ނިންމެވުންތަކެއް ނިންމަވާނެ: އަނަސް
ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފަށާއިރު، ރައީސް ޔާމީނާއި އެކު ތިއްބެވި މަޖިލިސް މެންބަރުން ނިންމެވުންތަކެއް ނިންމަވާނެ ކަމަށް ޤަބޫލު ކުރެވޭ. ރައްޔިތުންގެ ވޯޓުން ރައްޔިތުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފަ. ދެން ކުރަން އޮތީ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުން.
ކައުންސިލް އިންތިޚާބުގައި ވޯޓުދީފައިވަނީ އާއިލާއަށް ބަލައިގެނެއް ނޫން: އަނަސް
ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުދިނީ އާއިލާގެ މީހުންނަށް ކަމަށާއި، މިއީ އާއިލީ ވޯޓެއް ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް، ކަން އޮތީ އެހެންނެއް ނޫން. ރައްޔިތުން ވޯޓު ދިނީ ވަކި އާއިލާތަކަކަށް ނޫން. އެކަން ގިނަ ދާއިރާތަކަކުން ވަނީ ހާމަވެގެން ގޮސްފަ.
ފަލަ ސުރުޚީ
މިރޭގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ބައިވެރިވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، އެމްޑީޕީ ކައުންސުލް އިންތިހާބު ކާމިޔާބު ކުރުމެވެ.