Raajje.mv

ފަލަސުރުހީ

15 މެއި 2017
13855
ފަލަސުރުހީ - މިރޭގެ މައުޟޫއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުން

ފަލަސުރުހީ - މިރޭގެ މައުޟޫއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުން

15 މެއި 2017 | 22:02

ރައީސް ޔާމީނަށް ވެރިކަން ލިބުނީ ޤާސިމްގެ ސަބަބުން: ތައުފީޤް

ޤާސިމް އިބްރާހިމް މަސައްކަތް ނުކުރެއްވިނަމަ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ވަޑައެއް ނުގެންނެވޭނެ. ޤާސިމް ކުރެއްވި މަސައްކަތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުނީ. ޤާސިމް، ރައީސް ޔާމީނަށް ކޮށްދެއްވި ކަންތައްތަކަށް ބަލާ ވަރަށް ރަނގަޅަސް ހިތްތަވަންޖެހޭނެ.

15 މެއި 2017 | 21:57

ޕީޕީއެމްގެ ގިނަ މީހުން ތިބީ ރައީސް މައުމޫނުދެކެ: ތައުފީޤް

15 މެއި 2017 | 21:55

ރިޔާސީ އިންތިހާބުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ހޯދޭނެ: ތައުފީޤް

އެމްޑީޕީ ބައްޔެއް ނުކުރެވޭނެ. އެމްޑީޕީއަކީ ޒުވާނުންގެ ޕާޓީއެއް. އެ ޕާޓީގައި ގިނައިން ތިބީ ޒުވާނުން. އެ ޕާޓީ މަސައްކަތްވެސް ކުރަނީ ޒުވާނުންގެ ވިސްނުމުގައި. އެހެންކަމުން އެ ޕާޓިން ކާމިޔާބު ހޯދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރައީސް ނަޝީދަކީވެސް ގިނަ ކަންތައްތައް ކޮށްދެއްވާފައިވާ ބޭފުޅެއް. ގިނަ ބަޔަކު ވެގެން ނުނީ ވެރިކަމަށް ނާދެވޭނެކަމަށް ރާއްޖޭގެ ތާރީހު ދައްކާފައިވަނީ. އެގޮތަށް ނުންގޮތަކަށް ވެރިކަން ކާމިޔާބު ނުކުރެވޭނެކަމަށް ގަބޫލުކުރެވެނީ. ރައީސް މުހައްމަދު ނަޝީދު ޖަލަށްލުމަކީ އެމަނިކުފާނުގެ މަޤުބުލުކަން އިތުރުވާ ސަބަބެއް. ރައީސް މުހައްމަދު ޖަލަށް ނުލުމަށް އެތަށް ފަހަރަކު އަޅުގަނޑު ބުނިން. ނަމަވެސް ރައީސް މުހައްމަދު ނަޝީދުވެސް ޖަލަށްލާ ކޮންމެ ފަހަރަކުވެސް ހީރީއަކަށް އެބަވޭ.

15 މެއި 2017 | 21:47

ހުރިހާވެސް މައްސަލައަކީ ބާރުތައް މަސްހުނިވުން: ތައުފީޤް

ހުރިހާވެސް މައްސަލައަކީ ބާރުތައް މަސްހުނިވުން. ހުރިހާ މައްސަލައެއްވެސް ފެށިގެން އަންނަނީ ބާރުތައް މަސްހުނިވެގެން އަންނަ ހިސާބުން. ބާރުތައް މަސްހުނިވުމުން އަނިޔާވެރިކަމާއި، ކޮރަޕްޝަން އިތުރުވާނެ. ނަމަވެސް ބާރުތައް ވަކިވެއްޖެނަމަ ރައްޔިތުންނަށް އުފަލާއި ހިތް ހަމަޖެހުން ލިބޭނެ. އެންމެ މޮޅު ވެރިޔަކީ ރައްޔިތުންނަށް އާޅާލާ ވެރި މީހާ. އަނިޔާވެރިވެރިންނަކީ އެއްވެސް މޮޅު ބައެއް ނޫން. ވެރިކަން ދެނީވެސް ރައްޔިތުން. ރައްޔިތުންނަށް ހިދުމަތްކޮށްދޭންޖެހޭ.

15 މެއި 2017 | 21:43

މި ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީ އެބައޮތް: ތައުފީޤް

އެމްޑީޕީ ހޯދި ކާމިޔާބީއަކީ މަލްޓީ ޕާޓީ ޑިމޮކްރަސީގައި ނަމޫނާ ކާމިޔާބީއެއް. ޤާނޫނު އަސާސީގައި އޮތީ މަލްތި ޕާޓީ ޑިމޮކްރަސީގެ ވާހަކަ. އެހެންކަމުން ޤާނޫނު އަސާސީގައި ބުނެފައިވާގޮތަށް މަލްޓި ޕާތީ ޑިމޮކްރަސީއަށް ފުރުސަތުދޭންޖެހޭނެ. ޕާޓީތަކަށްވެސް ފުރުސަތުދޭންޖެހޭނެކަމަށް އަޅުގަނޑު ގަބުލުކުރަނީ.

15 މެއި 2017 | 21:41

މި ސަރުކާރުގެ ސައްހަކަމާއިމެދު ސުވާލު އުފެއްދޭނެ ޖާގަ އެބައޮތް: ތައުފީޤް

15 މެއި 2017 | 21:39

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރުން ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭ: ތައުފީޤް

އަޅުގަނޑުމެން ބަލާލަންޖެހޭ ރިޔާސީ ނިޒާމްގެ ޤައުމުތަކުގައި މަސައްކަތްކުރާގޮތް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރުގެ ދަށުގައި މަސައްކަތް ކުރަންޖެހޭ ބައެއް ނޫން. އެއީ ކޮންމެ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް. އެ ބޭފުޅުންނަކީ ސަރުކާރު ބުނިހައިގޮތެއް ހަދަންތިބޭ ބައެއް ނޫން. އެ ބޭފުޅުންނަކީ މިނިވަންކަމާއެކު ރައްޔިތުންގެ އަޑު އުފުލުމަށް ތިބޭ ބައެއް.

15 މެއި 2017 | 21:36

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މުސްތަޤީލު ބަޔެއް: ތައުފީޤް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މުސްތަޤީލު ބަޔެއް. އެއީ ވަކި ކޮޅަކަށް ތިބޭ ބައެއް ނޫން. މިނިވަންކަމާއެކު މުސްތަޤީލްކަންމަތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވަންޖެހޭނީ. ވަކި ކޮޅަކަށް މެޖޯރިޓީއެއް އޮންނަ ވާހަކައެއް ދައްކާކަށް ނުޖެހޭ. އެއީ ދައްކަންޖެހޭ ވާހަކައެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވަންޖެހެނީ ވަކި މެޖޯރިޓީއެއް ނެތި މިނިވަންކަމާއެކުގައި. މަޖިލީސް މެމްބަރުންނަކީ ވަރަށް ބާރުވެރި ބަޔެއް.

15 މެއި 2017 | 21:34

ޤައުމުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައި: ތައުފީޤް

ޤައުމު މިއަދު އޮތް ހާލަތަށް ބަލާއިރު، ގޭގައި މަޑުކޮށްގެން ތިބެވޭކަށް ނެތް. އެޔަށްވުރެ ޤައުމުގެ ހާލަތު ވަރަށް ގޯސްވެފައިމިއޮތީ. އެހެންވެ އަޅުގަނޑުވެސް މި ނިކުތީ ޤައުމަށްޓަކައި. މަޑުމަޑުން ހުރެވެން ނެތުމުން.

އަޅުގަނޑުމެން މި ތިބީ ތިން ބާރު ވަކިވެފައިވާ ވެރިކަމެއްގައި. ތިން ބާރު އެއްވެއްޖެނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް. އެއީ ޤާނޫނު އަސާސީގެ ރޫހެއް ނޫން.

15 މެއި 2017 | 21:16

ފަލަސުރުހީ

މިރޭގެ މައުޟޫއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމެވެ. އަދި މިރޭގެ މެހުމާނަކީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ ގޮތުގައި މަސައްކަތް ކުރެއްވި އަހުމަދު ތައުފީޤް އެވެ.