ބާރުވެރިކަމަށް ހުރަސް ނާޅުއްވާ. އެދެނީ ގޯއްޗަކަށް ބަލިވީމާ ގޯއްޗަކަށް. ތާހިރު ދިރިއުޅުމަކަށް. އެތައް ކަމެއް ރައްޔިތުންނަށް ބުނެދީފި
ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން ކުރާ ނިޒާމަކީ ލާމަރުކަޒީ ނިޒާމް. ބާރުތައް އެއް ނުކުރައްވާ. ބާރުތައް އެއްކުރުމަކީ ކޮރަޕްޝަނަށް މަގުފަހިކުރުން
ގުޅިފައިވާ ޕާޓީތަކުން މިދަނީ ބާރުވެރި ކުރުމަށް ބާރުއަޅަމުން. ނުކުންނަވާ. ނުތިއްބަވާ. ތިލަފަތައް ވޯޓު ދެއްވާ. ރަށުގެ މުއްސަނދިކަން ހޯދޭނީ އެރަށެއްގެ ރައްޔިތުންނަށް. ފެނާ ނަރުދަމާއާ ބޯފެން ހޯދޭނީ އެރައްޔިތުންނަށް. ބާރުވެރިކުރައްވާ
އެމްޑީޕީއަކީ ރައްޔިތުންގެ ބައިވެރިކުރުވުމަށް ބާރު ދެއްވާ ޕާޓީއެއް. އެކަން ކުރެވޭނީ ލާމަރުކަޒީ ނިޒާމުން. މިއިންތިޚާބު މިދުވަހު ބޭއްވުމަކީވެސް ކާމިޔާބެއް.
އަޅުގަނޑުމެންގެ ބޭނުމަކީ އެރަށެއްގައި ހުރި މުއްސަނދިކަން އެރަށުގައި ބޭނުން ކުރެވުން. ލިބުން. ގެސްޓް ހައުސްތަކުން ރަށްރަށުގެ ބިން އެތައް ތަނަކުން އުފުލިގެން ދާނެ.
ހުރިހާވެސް ކަމަކީ ބާރު އެއްކުރުން ހުއްޓުވުން. ރައްޔިތުންނަށް ބާރުވެރިކަން ދިނުން
ހޮނިހިރު ދުވަހަކީ އަނެއްކާވެސް ރައްޔިތުން ބަސްބުނަން ޖެހޭ ދުވަސް. އެއީ ވަރަށް މުހިއްމު ނިންމުމެއް ނިންމަން ޖެހޭ ދުވަހެއް. މީގެ ކުރިންވެސް މިފަދަ ނިންމުމެއް ނިންމި. އެއީ ޔާމީން ވެރިކަމަށް ގެނައުން. އެކަމަކު އެނިންމުން ނިންމީތީ މިވަނީ އެންމެންގެ ކަރުތެރޭގައި ހިތިރަހަ ލައިފަ.
އެކަން ނުކުރިނަމަ ކާޑުގެ އަގު ބޮޑެއް ނުވީސް. ޖަލްސާ ނުބޭއްވިގެން އުޅޭކަށް ނުޖެހުނީސް. ވެހިކަލް ބުރަކަށް ހުޅުމާލެއަކަށް ދާކަށް ނުޖެހުނީސް. އެހެންވީމާ ނިންމާ ނިންމުން ވަރަށް ވިސްނާފައި ވިންމަން ޖެހޭނީ.
ޔާމީން ވެރިކަމަށް ނުގެނައިނަމަ ލާމަރުކަޒީ ނިޒާމް ދެމިއޮތީސް. އެކަމަކު އެކަން މިވަނީ ކުރެވިފައި. ދެންވެސް 6 މެއި ގައި ވިސްނުންތެރިކަމާއެކު ނިންމާ ވޯޓުލުން ވަރަށް މުހިއްމު.
ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވާ. ވަރަށް އަވަހަށް މިވެރިކަން ނިމޭނެ. އެންމެ ތާއީދު ބޮޑު ހަތަރު ލީޑަރުން ގުޅިފައި. އެހެންކަމުން މިކަން ވަރަށް އަވަހަށް ނިމޭނެ. މިކަން ކުރުމަށްޓަކައި ތިލަފަތައް ވޯޓު ދެއްވާ. ގޭތެރޭގައި ނުތިއްބަވާތި. ތިބެންވާނީ ވޯޓުފޮށި ދޮށުގައި.