2008 ވަނަ އަހަރުގެ ލިބުނު ފެހި ގާނޫނު އަސީސީގެ ދަށުން ބޭއްވި އިންތިހާބުގައި އައު ރައީސަކު އިންތިހާބް ވެގެން ދިޔަ، އައްޑު ސިޓީއަށް އެކަނި ބަލާލި ކަމުގައި ވިއަސް ފެނިގެން ދަނީ 2008 ވަނަ އަހަރު ވެރިކަމަށް އައި ސަރުކާރުން ކޮށްފައިވާ މަސައްކަތް ،
މިހާރު މި ފެންނަނީ ވަކި އިންތިހާބެއްގައި ވަކި ޕާޓީއަކަށް ވަކި މީހަކަށް ވޯޓް ދެއްވާއިފިނަމަ، އެމީހަކަށް ދަތިކުރާނެ ކަމަށް ބުނެ އިންޒާރު ދޭ މަންޒަރު، އަޅުގަނޑުމެން ބޭނުން ވަނީ ބަދަލެއް، ރައީސް ޔާމީން އެ ގެންގުޅުއްވާ ސިޔާސަތަކީ އަޅުނގަޑުމެންނަން އެއްވެސް ގޮތަކަށް ކަމުދާ އުސޫލެއް ނޫން،
އެމްޑީޕީ އަކީ ލާދީނީ ބައެއް ކަމަށް ބުނި ފަރާތަކަށް މިހާރު އިހްސާސް ކުރެވޭނެ ، އަޅުނޑުމެންނަނީ ލާދީނީ ބައެއް ނޫން ކަމަށެވެ.
ޔާމީންގެ މަރުގެ ތަޙްގީގް އިންސާފްވެރިކަމާއި އެކު ކުރިއަށް ގެންދިޔަ އެދި ޔާމީންގެ އާއިލާއިން ފޮނުވި 800 ސިޓީ ފުލުހުންގެ އޮފީހަށް ހުށައެޅުމުން. ފުލުހުން އެސީޓީތަށް ބޭރުކޮށްލީ، ޔާމީންގެ ބައްޕަ ދެރަކޮށްލީ، 800 ގެ ސިޓީ ކީއްކުރަން ތޯ، 8000 ސިޓީ ފޮނުވިއަސް ދިވެހި ފުލުހުން ޖެހެނީ ބަލާއިގަންނަން.
ރައްޔިތުން ތިބީ ގޮތް މެއި މަހުގެ 6 ވަނަ ދުވަހު ސަރުކާރަށް ދައްކާލަން. ދެން ތިބީ ސުކުރިއްޔާ މެޑަމް ، ރައީސް ޔާމީން ވާހަކަ ދައްކަވަމުން މި ވިދާޅުވަނީ އިސްލާހް ކުރަން ބޭނުންވާ ކަމެއް އިދިކޮޅު ފަރާތަކުން ނުބުނޭ ކަމަށް. ބަލަ އަޅުގަނޑުމެން އަދި އދިކޮޅު އިއްތިހާދުން އަބަދު މި ކިޔަނީ އަދުލުއިންސާފްގެ ނިޒާމް ހަރުދަނާ ކުރުމަށް. އެއްވެއުޅުމުގެ މިނިވަންކަމެއް ނެތް ، ނޫސްވެރިކަމުގެ މިނިވަން ކަމެއް ނެތް ، އަދި ވެސް އަޅުގަނޑުމެން ޝުކުރިއްޔާ ޔާމީން އޭ ކިޔަންވީތޯ.
މިރޭ މި ފެންނަނީ އާދަޔާ ހިލާފް މަންޒަރެއް، އަޅުނޑު ޕީޕީއެމްގެ މެމްބަރުންނަން ދަންނަވަން ބޭނުންވަނީ އެންމެ ކަމެއް. އެއީ ޕީޕީއެމްގެ ކެނޑިޑޭޓޫން ކުރިއަށް އޮތް އިންތިހާބުތަކުގައި އައްޑޫ ސިޓީ އަށް ކުރިމަތި ނުލުމަށް. އައްޑޫ ސިޓީ އަކީ އެމްޑީޕީގެ ސިޓީ އެއް، އެމްޑީޕީގެ ވަރަށް ބުރަ މަސެއްކަތުން ލާމަރުކަޒީ ނިޒާމް ގާނޫނު އަސާސީއަށް ގެނައީވެސް.
އަޅުނގަނޑު އައްޑޫގެ ރައްޔިތުން އެދެނީ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ހަތް ބޭފުޅުންނަން ވޯޓް ދެއްވުމަށް. އައްޑުގެ ތަރަޤީއަށް ކުރާ ކޮންމެ މަސައްކަތެއްގައި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން މިހާރު ވެސް މަސައްކަތް ކުރާނެ. ބައެއް ބޭފުޅުންނަން ވިދާޅުވޭ ސަރުކާރު ޖަވާބްދާރީ ކުރެވޭނީ ސަރުކާރު ހިންގަވާ ޕާޓީގެ މެމްބަރުންނަން ކަމަށް، އެހެނެން ނޫން އަޅުގަނޑުމެން ތަޖުރިބާ ކޮށްފިން. ސަރުކާރު ޖަވާބް ދާރީ ކުރެވޭނީ އެމްޑީޕީއަށް، އިދިކޮޅު ޕާޓީއަށް.
ބިރުފަހަނާ އަޅާއި ދިއުމަށް އަޅުގަނޑުމެންނަން ހިތްވަރު ދެއްވީ ރައީސް މުހައްމަދު ނަޝީދު. ރައީސް ޔާމީންގެ ސަރުކާރު މި އިންތިހާބުން އެމްޑީޕީން ބަލިކުރާނަން، މި ސިޓިގެ މަގުތަށް އެޅުން ހުއްޓަނާވިއުރު ވެސް، ލާމަރުކަޒީ ނިޒާމްގެ ދިފާއުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން ގޭގެއަށް ވަދެލީ މާ އަޑުއިވެނީ ، އެމްޑީޕީ ޖަލްސާ އަށް ނުދިއުމަށް އަންގާފިއޭ، އެމްޑީޕީ މީހުންނާއި ވާޙަކަ ނުދަންކަން އަންގާފައި ކަމަށް، އެ ފަރާތަކަށް އަޅުގަނޑުނ ދަންނަވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތިލަފަތަށް ވޯޓް ދެއްވުމަށް.
އައްޑުއަށް އައުމުން ލިބޭ އުފާ ދިވެހި ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ދިއުމުން ނުލިބޭ. އައްޑޫ ސިޓީ އަކީ ރާއްޖޭގައި މިހާރު އޮތް އަނިޔާވެރިކަމާއި ޙުދުމުހުތާރު ވެރިކަމާއި ދެކޮޅަށް އެންމެ ބޮޑު ލަސްކަރު ތިބ ސިޓީ، ލާމަރުކަޒީ ނިޒާމް ވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިލާލާފައި. ކައުންސިލްގެ ބާރުވެރިކަމާއި އެކު ސިޓީ ކައުންސިލް ކުޑަ ދުވަސްކޮޅަކަށް ވަނީ ހިންގާފައި. ލާމަރުކަޒީ ނިޒާމެއް 2008 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި، ރައްޔިތުންގެ ބާރުވެރިކަން ހޯދާދިނުމަށް. ރައްޔިތުންގެ ގާތުން ރައްޔިތުން އިންތިހާބް ކުރާ ބައެއް ރައްޔިތުންގެ ވެރިންނަން ހޮވުމަށް.
މި ސަރުކާރުން ކަންތަށް ކުރާ ގޮތް އަޅުގަނޑުމެންނަން އެބަ ފެނޭ. އައްޑޫ އަތޮޅުގެ ރައްޔިތުންގެ ބޭނުންވަނީ ނަރުދަމާ އަޅަން ކަމަށް ވާނަ. މާލޭގައި ފިނި ކޮޓަރީގައި ތިބި ވަޒީރުން އެކަން ކޮށްފި. އެކަން ކުރައްވަން ވެގެން ހޮޅި ވަޅުލި އިރު ފޮޓޯ ނަގާއި އަތްޖެހި، އެހެންނަމަވެސް ޙިދުމަތެއް އަދިވެސް ނުލިބޭ. އައްޑު ސިޓީ އަކީ މާލެ ފިޔަވައި އެންމެ ބޮޑު ސިޓީ، 23 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވީރު ، އައްޑޫ ސިޓީ އަށް ލިބުނީ ކޯއްޗެއް ތޯ.
ރައީސް މުހައްމަދު ނަޝިދަކީ އައްޑު ސިޓީ ތަރައްޤީގެ ބާނީ، ކައުންސިލް އިންތިހާބު މި ބޭވެނީ ތާރީހް ލަސްކުރަމުން ކުރަމުން ގޮސް ވަރަށް އުނދަގުލުން. އެންމެ ފަހު ވަގުތުގައި އައްޑޫ ސިޓީގައި މިފަދަ ބައްދަލުވުމެއް އެމްޑީޕީގެ އިސްވެރިން ބާއްވާދިނީތީ ޝުކުރުދަންނަން. މިއީ މިފަދަ ގޮތަށް އައްޑޫގެ ރައްޔިތުންނާއި އިންތިހާބް ކުރިން ބައްދަލުވެވޭ އެންމެ ފަހު ފަހަރުކަން ނޭނގެ.
މި ޖަލްސާ އަކީ އައްޑޫ ސިޓީގައި ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވެގެންދާނެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަބްދުﷲ ޝާހިދު, ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް ( މަވޯޓާ ޝަރީފް) ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އިބްރާހިމް ދީދީ، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އަބްދުﷲ ބައިވެރިވަޑައިގަންނެވެ.
އެމްޑީޕީ އައްދޫ ސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދާއިރު، އެ ސިތީގެ ހުރިހާ ރަށެއްގައިވެސް އެމްޑީޕީގެ ޓީމްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"ލާމަރުކަޒީ ރާއްޖެ" ނަމުގައި އަންގާރަ ދުވަހުގެރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އެމްޑީޕީ ހަރުގޭގައެވެ. މި ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމާއި އައްޑޫ ހިނތަދޫ ދެނުކު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ބައިވެރިވަޑައިގަންނާނެވެ.