ރާއްޖޭގެ އެންމެ ރަހުމް ކުޑަކޮށް މަރާލާފައި ވަނީ އަޅުގަނޑުގެ އެއްލޭ ހިނގާ ކޮއްކޮ ޔާމީން ރަޝީދު. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދެ މީހަކު ފޯނުން ދައްކާ ވާހަކަ ސިފައިން އަށް އަޑު އެހޭނެ. އަޅުގަނޑެއް ގަބޫލެއް ނުކުރަން ޔާމީން ރަޝީދު މަރާލާފައި ވަނީ އެ ސިޑި ގޮޅީގެ ދަށުގައި ކަމެއް، އެހެންވީމަ ދިވެހި ދައުލަތުގެ އެއްވެސް މިހަކު ތައުޒިޔާ ވެސް ކިޔާފައެއް ނުވޭ. ރައީސް ޔާމީން ދަނީ ނުސީދާގޮތަށް ދަނީ ޔާމީންގެ މަރުގެ ވާހަކަ ދައްކަމުން.
ލާމަރުކަޒީ ނިޒާމްގެ ދަށުން ކައުންސިލްތަށް ހިންގޭނެކަން ރާއްޖެއަށް ދެއްކީ އައްޑޫ ސިޓީ ކައުންސިލުން. ސަރުކާރަކަށް ނެނގޭ ކެމްޕޭން ކުރާކަށް. ދޮރޮން ދޮރަން ހިނާގާކަން ނޭނގެ. ރައީސް ޔާމީން ވެރިކަމާއި ހަވާލުވުމަށް ފަހު ލާމަރުކަޒީ ނިޒާމް ވަނީ ފުނޑާލާފައި، މުށުތެރެއަށް ލާފައި. އެމްޑީޕީން މިއުޅެނީ ރާއްޖެއަށް ތަރައްޤީ ގެންނަން، އެކަން ކުރެވޭނީ އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދީގެން.
ރައީސް ނަޝީދު އަބަދުވެސް ބުނަނީ ހިތްވަރާއި އެކު މަސައްކަތް ކުރުމަށް. އޭރުން ކާމިޔާބްވާނެ ކަމަށް، އަޅުނޑުމެނަން އެންމެ ފަހުން ވެސް ފެނިނީ އައްޑޫ ސިޓީ އަށް ނިސްބަތްވާ މަންމަ އަކާއި ބައްޕައެއްގެ ދަރިއެއް މަރާލާފައި، އިންސާފެއް އަދިވެސް ނުލިބޭ.
އަޅުގަނޑުމެން މުޒާހާރާކޮށްގެން ނަމަވެސް އެބަ ޖެހޭ ސަރުކާރު ބަދަލުކުރަން. މިކަން ނުކޮށްފިނަމަ ފަހުން ލަދުގަންނާނެ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމެއް މިހާރު ނެތް. އަޅުގަނޑުމެން ރައީސް ނަޝީދު ވެރިކަމަށް ގެންނާނަން، ރައީސް ނަޝީދު ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނާނެ.
42 އަކީ ދަރުބާރު ފެކްޝަނަން ވަރަށް ބުރަ ބިރުވެރި މަސައްކަތެއް. އަޅުގަނޑުމެންނަން ވަރަށް މުހިންމު އަދެދެއް. އެމްޑިޕީ އުފެއްދީވެސް 42 މެމްބަރުންގެ ސޮއި އާއި އެކު، އަޅުގަނޑުމެން މަޖިލީހުގެ ރައީސް ބޭރުކުރާނަން. އަދި ރައްޔިތުންގެ ޙައްގުތަށް ކަށަވަރުކޮށް ސަރުކާރު ކުޑަކަކުލަށް ތިރިކުރާނަނ
ރައްޔިތުން ޕީޕީއެމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިން، އެކަން ކީއްތޯ ކުރެއްވީ، ކަންކުރާނީ ކަންކުރަން ބޭނުންވާ ފަރާތަށް، ޔާމީން މަރާލުމުން، އައްޑު ސިޓީއަށް ނިސްބަތްވާ ސަރުކާރުގެ ދެ މެމްބަރުން ލަދުގަންނަންޖެހޭ. މަޖިލީހުގައި ޔާމީންގެ ޙައްގުގައި ވާހަކަ ދައްކާލުން ނުކެރިފައި އެތިބީ، އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާ، މި ވަރުގެ ބަޔަކު ރައްޔިތުންގެ ގާތަށް ވޯޓް ހޯދަން ނާދޭ.
އަޅުގަނޑުމެން މިއުޅެނީ ރަށު ވެރިކަމުގެ ބާރުވެރިކަން ހޯދަން، އައްޑޫ ސިޓީ ކައުންސިލް މެމްބަރުން މިހާރު ވެސް މަސައްކަތް ކުރައްވަނީ ވަރަށް ދަތިހާލުގައި. މިއީ ގައުމީ ކަމެއް، މިއީ ގައުމީ ޓީމް އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދެއްވާ.
ސަރުކާރުން ބުނާ ގޮތުން ލާމަރުކަޒީ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށް. އެހެންނަމަވެސް މި ނިޒާމް މި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ފުނޑާލާފައި. އެހެންކަމުން ލާމަރުކަޒީ ނިޒާމްގެ ދިފާއުގައި ކައުންސިލްތަކުގެ މެޖޯރިޓީ ނަގަންޖެހޭ. ރައްޔިތުން ބޭނުންވަނީ ކޮންކުރިޓް ތަރައްޤީއެއް ނޫން. ރައްޔިތުން ބޭނުން ވަނީ ޙައްގުތަށް ކަށަވަރުވާން.
މިއަދަކީ 1 މެއި، މަސައްކަތް ތެރިންގެ ދުވަސް، ފަހުރުވެރި ދުވަހެއް.މިއަދު ރައީސް ޔާމީންގެ ސަރުކާރުން ވަނީ މަސައްކަތެރިންގެ ޙައްގުތަކަށް އަރާއިގެންފައި. ރާއްޖޭގައި ހަލާލު ގޮތުގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ސަރުކާރުން ވަނީ ބޮޑުތަނުން އިހްމާލުވެފައި، ބޮޑަތި ޓެކްސްތަށް ނަގާފައި ސަރުކާރުން މި ބުނަނީ ވޯޓް ދެއްވާށޭ.
މިއަދު ވެސް ކާޑެއްދޫ ކައިރީގައި 10 އުނޅަދު އޮތް މަސް ނުކުރިފައި، މިހާލަތުގައި މަސްވެރިން މަސްނުކިރުވިގެން އުޅޭއިރު ކިހިނެތްތޯ ވޯޓް ދޭނީ. ސަރުކާރުން އެތަށް ބަޔަކަށް އަނިޔާވެރިވެ، އެތަށް ބަޔަކު ޖަލަށް ލުމުން ކިހިނެތްތޯ ވޯޓް ދޭނީ، މެއި 6 ވަނަ ދުވަހު ތިލަފަތަށް ވޯޓް އަޅާއިލާއި ފުރާލާނަން.
ލާމަރުކަޒު ރާއްޖެއަކަށް ދިވެހިން ގެންދަން އެބަޖޭ. އަޅުނގަޑު ދަންނަވަނީ އައްޑޫ ރައްޔިތުން ނަމޫނާ ދޯނީގައި ދަތުރުކޮށް ހޯދި ފެހި ގާނޫނު އަސާސީން ލިބުނު ރައްޔިތުންގެ ބާރުވެރިކަން މި ވަނީ ގެއްލިފައި. އެހެންކަމުން އަނެންކާވެސް އެބަޖެހޭ ޙައްގުތަށް ކަށަވަރުކުރުމަށް ދަތުރު ފަށަން. އަންނަ 6 ވަނަ ދުވަހު ވޯޓްލުން އޮތީމަ، ސަރުކާރުން ތަޜައްޤީގެ މަސައްކަތްތަކަށް ކަމަށް ބުނެ މަސައްކަތް ފަށާފައި، ކައުންސިލްތަށް ވަނީ އައިސީޔޫ، އަދި ކައުންސިލްތަށް ވަނީ ކަފުންކޮށްފައި،
އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުމީދޫގެ މަގުތަކުގައި ބައްތިޖަހާފައި، އެހެންނަމަވެސް މިހާރު މަގުތަށް މި ވަނީ އަދިރިވެފައި. މަގުތަކުގެ ބައްތިތަކުގެ މައްސަލަ ހައްލުކުރާނީ ފިޔާޒް އާއި ސުކުރީ އިންތިހާބު ވެގެން، އައްޑޫގެ ދަރިއެއް ކަމަށްވާ ޔާމީން ރަޝީދަށް އިންސާފް ލިބޭނީ ތިލަފަތަށް ވޯޓް ދީގެން.
ދަންނަވާލަން ބޭނުންވަނީ މި ދަތުރުގެ ސަބަބުން އައްޑޫ ސިޓީގެ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލާފާއިވާ އެމްޑީޕީގެ ކެނޑިޑޭޓުންނަން އިތުރު ބައެއްގެ ތާއިދު ލިބޭނެ. މިއަދަކީ މޭޑޭ، މޭޑާ މުޒާހަރާގައި ބައިވެރިވި މީހުންގެ ހަދާން އާކުރަންޖެހޭ. ޝެއިހް އިމްރާން އެވަނީ ޖަލަށް ލާފައި، އަލީ ވަހީދާ ، ސޮބާއި، އެތަށް ބައެއް އެތިބީ ރާއްޖެއިން ބޭރު، ރައީސް ޔާމީނަން ނިކަން ކެރިވަޑައިގަންނަވާނަމަ ނިކަން މުޒާހަރާ ކުރަން ފުރުޝަތު ދީބަލަ، 2015 ވަނަ އަހަރުގެ މޭޑޭ ނުހަދާނަ އެކައްޗަކަށް ވެސް ނުހަދާނަން، އެންމެ ކުރީގައި ހުންނަވާނީ މިއަދު ރައީސް ޔާމީންގެ ބޭބޭފުޅު ރައީސް މައުމޫން.
ރައީސް ޔާމީންގެ މަސައްކަތަކީ ކޮބާއިތޯ، އެއީ ދިވެހި ރައްޔިތުންނަން ހިދުމަތް ކުރުން. އެހެންނަމަވެސް މި ފެންނަނީ ރައީސް ޔާމީން އަޅުގަނޑުމެންގެ ބޯމަތިން އަރާއިގެން ދާތަން. ރައީސް ޔާމީން މިއަދު މި ވިދާޅުވަނީ އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަން ވޯޓް ދީގެންނޭ ތަރައްޤީ ވަނީ، ސަރުކާރުން ބޭނުންވާ ޖަލްސާއަކަށް ނުނީ ގޮސްގެން ނުވޭ. މި ސަރުކާރުން ތިން ފަހަރަށް ހުޅުމީދޫގެ ފެނުގެ ނިޒާމް އިފްތިތާހް ކޮށްފައި، އެހެންނަމަވެސް އަދި ވެސް ޙިދުމަތެއް ނުލިބޭ. މިއަދު އަޅުގަނޑުމެން އެބަޖެހޭ ވޯޓް ކަރުދާސްގައި ޖަހާ ފާހަގައިން އަޅުވެތިކަމަށް ނޫނަކޭ ބުނަން. މިއަދު ރައީސް ޔާމީނަން ނޫނަކޭ ނުބުނެފިނަމަ، މިގޮތުގައި އަޅުވެތިކަމުގައި އަޅުގަނޑުމެން ތިބެންޖެހޭނީ.
"ލާމަރުކަޒީ ރާއްޖެ" ނަމުގައި މިރޭ ހުޅުމީދޫގައި ޖަލްސާ ބޭއްވުމަށް އެމްޑީޕީގެ ވަފުދު އެރަށް ވަޑައިގެންނެވީ ހޯމަ ދުވަހު ހަވީރު 5:30 ކަންހާއިރުއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި ހުޅުމީދޫ ކާޑުގެ ޕާކް ތެރޭގައެވެ.
ޖަލްސާގައި ބައިވެރިވުމަށް ހުޅުމީދޫއަށް ވަޑައިގެންނެވި ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދާއި، އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒޭނާ އާދަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވެއެވެ.