Raajje.mv

ފަލަސުރުހީ

06 ފެބުރުއަރީ 2017
18383
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ  ތެރެއިން

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

06 ފެބުރުއަރީ 2017 | 22:20

ރައްޔިތުން ބެނުމެއް ނުވޭ ކޮންކްރިޓް ތަރައްޤީއެއް: ނާޒިމް

އަޅުގަނޑު ގަބޫލެއް ނުކުރަން ތަރައްޤީއަކީ ކޮންކްރިޓް ތަރައްޤީކަމަކަށް. ރައީސް ނަޝީދު ވިދާޅުވިގޮތަށް ތަރައްޤީއަކީ އިންސާނާއަށް އަންނަ ތަރައްޤީއެއް. މިއީ އަޅުގަނޑު ގަބޫލުކުރާ ބާވަތެއްގެ ތަރައްޤީއެއް ނޫން. ރައްޔިތުން ބޭނުންވާނީ ކާޑުގެ ބާވަތްތައް ހެޔޮ އަގުގައި ލިބުމަށް. ކަރަންޓުގެ އަގު ހެޔޮވުމަށް. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވާއިރު. ރައްޔިތުން ބޭނުމެއް ނުވޭ މި ތަރައްޤީއެއް.

06 ފެބުރުއަރީ 2017 | 22:16

ކޮރަޕްޝަންގެ ވަހަކަ ނުދެއްކީ އަމިއްލައަށް އޮރިޔާންވާނެތީ: އަމީރު

ކޮރަޕްޝަންގެ ވާހަކަ ނުދެއްކީ އަމިއްލައަށް އޮރިޔާންވާނެތީ. ރިޔާސީ ބަޔާނުގައި ނެތް ސަރުކާރުން ވިއްކަމުންދާ ރަށްރަށުގެ ވާހަކައެއް. ކޮރަޕްޝަންގެ ވާހަކަ ނުދެއްކީ އެކަށީގެންވާ މިންވަރަށް އެ ބޭފުޅުން ކޮރަޕްޝަންގައި ޝާމިލްވާތީ.

06 ފެބުރުއަރީ 2017 | 22:15

ރާއްޖޭގައި ނެގޭ އެންމެ ބޮޑު ޓެކްސްއަކީ ކޮރަޕްޝަން: އަމީރު

އަމިއްލަ ވިޔަފަރިތަކަށް ސޮވެރިން ގެރެންޓީ ދިނުމަށް ވިސްނުމަކީވެސް ސަރުކާރުގެ ހީލަތްތެރިކަން ހާމަވެގެންދާ ކަމެއް. އާބިޓްރޭޝަންގައި މައްސަލަ އޮތް ބައެއް ފަރާތްތައްވެސް ސަރުކާރުން އެބަ މަސައްކަތް ކުރޭ. ރާއްޖޭގެ ސަރުކަރުން ފޭކް ކުންފުންޏަށް 300 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިނީ. އިންޑިއާގެ ސަރުކާރުންވެސް އެވަރުގެ ގެރެންޓީއެއް ދިނުމަށް ޖެހެލިން ވާނެ. ރާއްޖޭގައި ނެގޭ އެންމެ ބޮޑު ޓެކްސްއަކީ ކޮރަޕްޝަން.

06 ފެބުރުއަރީ 2017 | 22:08

މެޓާ ބަހާ އުސުލުން ސޮވެރިންގ ގެރެންޓީ ބަހަމުން ސަރުކަރުން ގެންދަނީ: އަމީރު

ލޯނު ނެގުމުގެ ސަބަބުން ދަރަނި އިތުރުވަމުން އެބަދޭ. މިއީ ހަމައެކަނި އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން. އައިއެމްއެފްއިން ދާދިފަހުން އާންމުކުރި ރިޕޯޓެއްގައިވެސް އެކަން ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވޭ. މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ މެޓާ ބަހާ އުސޫލުން ސޮވެރިންގ ގެރެންޓީތައް ބަހަމުންގެންދާ މަންޒަރު. އަޅުގަނޑުމެންނަށް ދާދިފަހުން އެކަމާއި ދެކޮޅަށް ފިނޭންސް މިނިސްޓްރީގެ މުވައްޒިފުން މަސައްކަތްކުރި މަންޒަރު ފެނުނު. އަޅުގަނޑު އެ މުވައްޒިފުންގެ އެ މަސައްކަތަށް ސާބަސްދެން. އެފަދަ ކަންކަމަށް ފުރުސަތުދީގެން ނުވާނެ

06 ފެބުރުއަރީ 2017 | 22:00

ފެންނަނީ އިޤްތިސާދު ހަލާކުކުރާ މަންޒަރު: ނާޒިމް

ކޮންމެ ޕްރޮޖެކްޓަކީ ނާޖާއިޖް ފައިދާތަކެއް ހޯދުމަށްޓަކައި ކުރަމުންގެންދާ ކަންތައްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެންނަށް މި ފެންނަނީ ރައްޔިތުން ނިކަމެތި ކުރަމުންގެންދާ މަންޒަރު. ރައީސް ނަޝީދު ވިދާޅުވިގޮތަށް ގްރޭޑް ދިހައެއްގައި ކިޔަވާފައި ނިކުމެ މި ފެންނަނީ ރާއްޖޭގެ އިޤްތިސާދު ހަލާކުކުރާ މަންޒަރު. އަޅުގަނޑުމެން ޤައުމުގެ ދަރަނި އިންތިހާއަސް އިތުރުވެއްޖެ. ހަރަދުތައް އިންތިހާއަށް ބޮޑުވެއްޖެ. ދަރަނި ނަގަމުންދަނީ ލިބޭ އާމްދަނީއަކަށް ބަލައިގެނެއް ނޫން: ނާޒިމް

06 ފެބުރުއަރީ 2017 | 21:57

އައިހެވަން ޕްރޮޖެކްޓް ކުރިއަށްގެންދެވިދާނެ ކަމަށް ގަބޫލެއް ނުކުރަން: ނާޒިމް

އައިހެވަން އަކީ ވާން އޮތްކަމެއް ކަމަށް އަޅުގަނޑެއް ނުދެކެން. ކުޅުދުއްފުށީގައި ހޮސްޕިޓަލެއް އަޅާ ވާހަކައިގެ އިތުރުން، އެ ރަށުގައި އެއާޕޯޓް އަޅާނެ ވާހަކައަކީ މާކުރިންވެސް ރައީސް ޔާމީންވެވަޑައިގެންނެވި ވައުދެއް. ނަމަވެސް އެ ވައުދެއް އަދިވެސް ނުފުއްދޭ. އެހެންކަމުން ހޮސްޕިޓަލްވެސް އެޅިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ: މެމްބަރު ނާޒިމް

06 ފެބުރުއަރީ 2017 | 21:55

އިޤްތިސާދީގޮތުން ޤައުމަށް އެއްވެސް ކުރިއެރުމެއް ނުލިބޭ: އަމީރު

އަޅުގަނޑުމެންގެ ޤައުމުގައި ސިޔާދަތުގެ ދަރަނި އިއުލާން ކުރާ ހިސާބަށް ކަންތައްތައް ހިނަގއިދާނެ. ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުންވެސް އެގޮތަށް ފާހަގަކުރައްވަމުން އެބަގެންދަވާ. އެހެންވީމަ އަޅުގަނޑުމެންގެ އިޤްތިސާދު އޮތް ހާލަތު އެ އެނގިގެންދަނީ. ވަރަށް ނާޒިކު ހާލަތެއްގައި އޮތީ. ރައީސް އަބްދުﷲ ޔާމީން އެ ފާހަގަކުރައްވާގޮތަށް ވަޒީފާތައްވެސް އުފެއްދިފައެއް ނުވޭ. އިޤްތިސާދީގޮތުން އެއްވެސް ކުރިއެރުމެއް ނުލިބޭ: އަމީރު

06 ފެބުރުއަރީ 2017 | 21:52

ރާއްޖެއަށް އެއްވެސް އިންވެސްޓަރެއް ނާދޭ

ރައީސް ޔާމީން ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވޭ ގިނަ ވިޔަފާރީތައް އަންނަ ވާހަކަ. އެއި ހަޤީޤަތެއް ނޫން. ފޮރިންގ ޑައިރެކްޓް އިންވެސްޓްމެންޓްގެ ގޮތުގައި ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްވެސް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރައީސް ޔާމީން އެ ވިދާޅުވިގޮތަކަށް ކަންތައްތަކެއް ނުހިނގާނެ. މިސާލަކަށް ބްރިޖް ހަދަނީ ލޯން ނަގައިގެން. އެއީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓެއް ނޫން. ނިމުނު 3 އަހަރުގައިވެސް އިންވެސްޓްމެންޓެއް އައިސްފައެއް ނުވޭ: އަމީރު

06 ފެބުރުއަރީ 2017 | 21:49

ރައްޔިތުންނަށް ހެޔޮ އަގުގައި ފްލެޓް ދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ: އަމީރު

އައްދޫ ސިޓީގައިވެސް އަދި އެހެން ރަށްރަށުގައިވެސް އެޅި ނިމިފައި އެ ހުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަޅަން ފެށި ފްލެޓްތައް. މި ސަރުކާރުން އަލަށް ފަށައިގެން އަޅަން ފެށި އެއްވެސް ފްލެޓެއް ފެންނާކަށް ނޯންނާނެ. އެމްޑީޕީގެ ސަރުކާރުގެ އެންމެ އިސް ވައުދަކަށްވީ، ރައްޔިތުންނަށް އަގު ހެޔޮގޮތުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް. ނަމަވެސް މިއަދު އެކަންތައްތައް އެގޮތަށްކުރަމުންދާތަނެއްވެސް ނުފެނޭ. އަޅުގަނޑުމެންނަށް މިއަދު ފެންނަނީ ފްލެޓްތައް ވިއްކައިގެން ސަރުކަރުން ފައިދާތަކެއް ނެގުމަށް މަސައްކަތްކުރަމުންގެންދާ މަންޒަރު: އަމީރު

06 ފެބުރުއަރީ 2017 | 21:49

ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތައް ަރއްޔިތުން ގަބޫލެއް ނުކުރޭ: ނާޒިމް

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެއްވެސް ވައުދެއް ނުފުއްދާ. އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަކީ ރައްޔިތުންނަށް ހެވާއި ލާބަޔަށް ދައްކަވާ ވާހަކަފުޅުތަކެއް ނޫން. ރައްޔިތުން މިއަދު ތިބީ ހަލާކުވެދާ ފަދަ ހާލަތެއްގައި. ރައްޔިތުން މިއަދު ގަބޫލެއް ނުކުރޭ ރައީސް ޔާމީން އެ ދައްކަވާ ވާހަކަފުޅުތަކެއް: ނާޒިމް

06 ފެބުރުއަރީ 2017 | 21:41

ފަލަސުރުހީ

ރާއްޖެޓީވީގެ މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ނާޒިމާއި، އެމްޑީޕީގެ އިޤްތިސާދީ ކޮމޭޓީގެ ނައިބް މުޤައްރިރު އިބްރާހިމް އަމީރެވެ.