ފުއްދުންތެރި މިނިވަން ތަރައްޤީއެއް އަންނަން ޖެހޭ ކަމަށް ސިޔާސީ ފަރާތްތަކުން ޤާބޫލެއް ނުކުރޭ. ރައީސް ޔާމިންގެ ސިޔާސަތުން އެމަންޒަރެއް ނުފެނޭ. ރަށްރަށް ބޭނުންކުރަނީ ނާޖާއިޒުގެ ގޮތުގައި. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ބާރު ލިބޭ ނިޒާމެއް.
ސިޔާސީ ދީނީ އަދި އިޖަތިމާއީ ތަރައްޤީ ގެނެސްދޭނެ. މިރަށުގެ ރައްޔިތުންގެ ވިންދު ނޭނގޭނެ މާލޭގައި ހުންނަ މީހާއަށް. މިނިޒާމް ކާމިޔާބުކަމާއި އެކު ތަރައްޤިވެފައި އެބައޮތް. ކައުންސިލަރުންނަށް އަސްލު ބާރުތައް ހޯދާދީފައި ނެތް. މި ނިޒާމެއް ވަކާލާތު ކުރަނީ ކީއްވެތޯ؟ ރައީސް ޔާމިން ދަންނަ އެއްޗެއް ނޫން ލާމަރުކަޒު ކުރުމަކީ. އެލްޖީއޭއަށް ގެނައި ބަދަލު ނިކަން ބަލާ. ލަދު ގަންނަން ޖެހޭ.
ރައީސް ޔާމިންގެ ވިސްނުމުގައި އޮތީ ވަކި ފިކުރަކަށް ހުންނަން ޖެހުން. ރައީސް ޔާމިންއާއި އެކީ ފެންނަނީ އަނދިރި ދުވަސްތައް. ރައްޔިތުންގެ މަޖިލީހަށް ބޭނުން ބަދަލު ގެންނަން އޮތް އިރު ކައުންސިލްތައް އުވާލާނެ ކަމަށް ބެލެވޭ. ރައީސް ޔާމިންއާއި އެކި މިރާއްޖެ ކުރިއަށް ގެންދަން އެއްވެސް ކަމެއް ނެތް. ރައީސް ޔާމިންއާއި އެކީ ބަނަ ދުވަސްތަކެއް.
އަޅާ ބްރިޖަކުން ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ.ކާޑުގެ އަގު ބޮޑުވީމާ އެވާހަކަ ދައްކާނެ. ރައީސް ޔަމިންއާއި ނުލައި 2018 ހޯދުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއް.
ރައީސް ނަޝިދު ވެރިކަމުގައި މަހުގެ އަގު ބޮޑު ކުރެވުނު، މަސްވެރިން އައިސް ނުލިބިގެން އުޅޭކަން ނުޖެހޭ، މިއަދު މަސްވެރިން އުޅޭ ދަތިހާލާއި މެދު ވިސްނާލާއި، މިއަދު މަސްވެރިން ބޭނި މަސްތަށް ޖެހެނީ ކަނޑަށް އަޅާލަން، މިއީ ދެޓަނު ބައި ސަރުކާރު
އެސްޓިއޯ ގޭސް މިއަދު ރަށްރަށުގެ ތިބި ޕީޕީއެމްގެ ބައެއް އިސްމީހުންނަން ވިޔަފާރިކުރަން އެބަ ދޫކުރޭ، އެއްވެސް ރައްޔިތަކު ތިލަފަތް ނޫން ގޮތެއް އިޙްތިޔާރު ނުކުރުމަށް އަޅުގަނޑު އެދެން ، އެއްނަމުގައި ފާހަގަ ޖައްސާފައި އަނެން ނަމުގައި ފާހަގަ ނުޖެހިނަމަވެސް ވޯޓް ބާތިލެއް ނުވޭ، އެއީ އެމްޑީޕީގެ މެމްބަރުން ބައިބައި ކޮށްލަން ކުރި ކަމެއް، މެއި 6 ވަނަ ދުވަހު ވޯޓް ފޮށި ރައްޔިތުންގެ ލޯ ކުރިމަތިން ގެއްލިގެން ގޮސްގެން ނުވާނެ
އެމްއެމްޕީއަރްސީ، މިއީ ވައްކަމާއި ކޮރަޕްޝަންގެ ތަރައްޤީ. މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއްދޭ ކަމެއް. އެމްޑީޕީގެ މެމްބަރުންނަށް ވޯޓް ދިނުމަކީ މިކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ފުރުޞަތު. ރައީސް ޔާމިންނަށް ފުރުޞަތު ދިން. އެހެން ނަމަވެސް ތަރައްޤީ އޭ ކިޔާފައި ގެންނަނީ ވައްކަން. 140 މިލިއަން ޑޮލަރަށް އައިޖީއެމްއެޗް އަޅަން މަސައްކަތް ކުރާއިރު ކޮބައިތޯ އިތުރުވާ ފާއިސާ. ދިވެހި ރައްޔިތުންނަށް ރައީސް ޔާމިން އެބަޖެހޭ ރައްޔިތުންނަށް ޖަވާބުދާރީވާން. ތަރައްޤީއަކީ ރާއްޖޭގެ ރައްޔިތުންނަށް ފާއިދާވާ ގޮތަށް ކަންތައް ކުރުން. ރައީސް ޔާމިންއަށް ވެރިކަންދީފި. ރައްޔިތުންގެ މަޖިލިސް ދީފި. ޕީޕީއެމްގައި ނެތް ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް. ޕީޕީއެމްއަކީ ރައްޔިތުން ފަނާ ކުރާނެ ބައެއް. ކައުންސިލް މެޖޯރިޓީ ދީފި ނަމަ އެރަށެއްދާނީ ހަލޫކުގެ ތެރެއަށް ވެއްޓިގެން. މިއީ ވައްކަމާއި ކަރަޕްޝަންގެ އޭ ޕްލަސް ސަރުކާރެއް. އާސަންދައަށް ސަލާން ޖަހަން ޖެހެނީ. ދަތުރުފަތުރުގެ ނިޒާމެއް ނެތް. ސަލާމަތުގެ މަންޒިލަށް އަންނަނީ ޕީޕީއެމްގެ ވެރިކަން ހަތަމްކޮށްގެން.
ބާރަށަށް އައުމުން އަޅުގަނޑު ހިތަށް އެރީ ، މި ރަށުގެ ކައުންސިލްގެ ގޮނޑިއެއް ހޯދަން މި އެމްޑިޕީ ނޫން ޕާޓީއެއް މަސައްކަތް ކޮށްފާނެ ތޯ، އެއީ ފިޝާރީ ޖޯސާއެކު ރައްޔިތުން އެމްޑީޕީން އާއި އެކުގައި ވާތީ، މިއިންތިހާބު އެމްޑީޕީން ކާމިޔާބްކޮށް ރައީސް ޔާމީންނަން ނޫނަކޭ ބުނާނެ،
ރައީސްޔާމީން ލާމަރުކަޒީ ނިޒާމް ފުނޑާލަން މަސައްކަތް ކުރެއްވި ނަމަވެސް، ރައްޔިތުން ރީދޫ ހެދުމުގައި ތިބޭ ކަމަށް ވާނަ އެ ފުރުޝަތެއް ރައީސް ޔާމީނަކަށް ނުލިބޭނެ، ރައްޔިތުން އަންނަ މަހު 6 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރުން ނިކުންނަނީ ތިލަފަތަށް ވޯޓް ދޭން ، އެމްޑީޕީ މެމްބަރުންނެން ނުވިސްނާނެ ވޯޓް ދޭންޖެހޭ މީހާ އާއި ދޭތެރޭ
ރައީސް ޔާމީން ޕީޕީއެމްގެ ކެނޑިޑޭޓުންނަން އެއްވެސް ކެމްޕޭނެން ނުކުރައްވާ، އޭގެ ބަދަލުފެނިގެންދަނީ 2018 ރައީސް ޔާމީންގެ ކެމްޕޭން، ލޯކަލް ކައުންސިލް އިންތިހާބުގެ މުހިންމުކަމަށްޓަކައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީ އަކުން އިންތިހާބް ކާމިޔާބް ކުރުމަށް މަސައްކަތެއް ނުކުރޭ، ޕީޕީއެމްގެ މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވޭ ޕީޕީއެމްގެ ކެމްޕޭން ޕޯސްޓަރުތަކުގައި ރައީސް ޔާމީންގެ ފޮޓޯ ފުޅު ހުންނަވާތީ ، ރައީސް ޔާމީނަން ހަމަ އެކަނި މުހިންމު ވަނީ ރައީސް ޔާމީންނަން
ހެޔޮވެރިކަމެއްގެ ނިޒާމް އަޅުގަނޑުމެންނަން ލިބުމުން ކަން ހިނގާދިޔަ ގޮތާއި، ރައީސް ޔާމީންގެ ވެރިކަމުގައި ކަން ހިނގާދިޔަ ގޮތާއި މެދު ބާރަށުގެ ރައްޔިތުން ވިސްނާލާ، މިއަދު ކަރަންޓްގެ އަގު ވެސް ބޮޑު، ކާޑުގެ އަގު ވެސް ބޮޑު
ޔާމީން އަދި ރިލްވާން ފަދަ ޒުވާނުންނަން އިންސާފް ނުލިބިއްޖެނަމަ، އަޅުގަނޑުމެނަން ވެސް އިންސާފް ނުލިބޭނެ، މި ލިބޭ ނާއިންސާފާއި ދެކޮޅަށް ތެދުވޭނީ ރައްޔިތުންގެ ހިތްވަރުލިބިގެން ، މި ނޭވާގައި ހިފަހައްޓައިގެން ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަންޖެހެ
ދިވެހިންނަކީ އަނިޔާވެރިކަމާއި ދެކޮޅަށް ތުދުވާނެ ބައެއް، މި އިންތިހާބުގައި އެކަން ދައްކާލާނަން ، ތިޔަބޭފުޅުން ތިލަފަތަށް ވޯޓް ދެއްވާ
ތަރައްޤީ ރޯފިލުވައިދިނީ އެމްޑީޕީން. ގައުމަށް ތަރައްޤީ ވެދާނެ ގޮތް ސާފްކޮށްދިނީ އެމްޑީޕީން. މިނިވަން ކަމާއި އެކު ވޯޓް ދިނީ އެމްޑީޕީއަށް. ބޯހިޔާވަހިކަން ހޯދައިދިނީ އެމްޑީޕީން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިގައުމު އިސްލާޙް ކުރާނަން. އެމްޑީޕީގެ ޕްލެޓްފޯމުގައި މަސައްކަތްކުރާނެ މީހަކު ނާންނާނެ. ރައްޔިތުން އެދޭ ކަންކަން ދަނެގަނެގެން އެމްޑީޕީން މަސައްކަތް ކުރާނީ. ރިޔާޒް ރަޝީދު މިއިންތިހާބުން ބަލި ކުރާނަން.
ރައީސް ޔާމީން އިންތިހާބު ލަސްކުރީ ތާއިދު ނެތިގެން ، އެލްޖީއޭ އަށް އެމަނިކުފާން ބޭނުންވާ ބޭފުޅުން އަންޔަން ކޮށްފައި، ރައީސް ޔާމީން ކީއްވެގެންތޯ ދިއްދޫ އަށް ވަޑައިނުގަންނަވަނީ، އަޅުގަނޑުމެންގެ ހުރި ޝުއޫރުތަށް ވެސް ބޭނުން ރައީސް ޔާމީންނަން އިއްވާލަން، ދިއްދޫގައި ހިއްކާފައިވާ ސަރަހައްދުގައި ގާއިމް ކުރަމުން ދާ ހައުސިންގް ޔުނިޓްތަށް ވެސް ނިންމާނުލެވޭ،
އަސްލު ޕީޕީއެމް އަކީ ރައީސް މައުމޫން، ރައީސް ޔާމީންގެ އަސްލު ސައިޒް މި ހަމަ ވަނީ ޕީޕީއެމްގެ ޕްރައިމަރީއިން، ޕީޕީއެމްގެ އެންމެ ބޮޑު ތާއިދު އޮތް ތަންތަނުގައި ޕްރައިމަރީ ބޭއްވި އިރު ނަތީޖާ އަކީ ދެއެއް ތިނެން، އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓްލާން ޖެހެނީ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ވޯޓް ކަރުދާން ކޮޅުގައި ލިޔެލުމަށް، އަދި ގާސިމް އިބްރާހިމާއި ޝެއިހް އިމްރާން މިނިވަން ކުރުމަށް،
ސަރުކާރުން ވައްކަން ކުރަނީ ވައްކަން ކުރަން ނޭގި، ވޯޓް ރަޖިސްޓްރީ ޗެކްކޮށްލުމަކީ ވަރަށް މުހިންމު ކަމެއް،
މި ސަރުކާރުން ގާއިމްކުރަނީ ފަނާވެ ނިކަމެތިވާ ސިޔާސަތެއް، ކުޅުދުއްފުށީގައި އެމްޑީޕީ ސަރުކާރުން ހިއްކާފައިވާ ސަރަހައްދުގައި ތަރައްޤީގެ އެއްވެސް ކަމެއް ކޮށްފައެއް ނުވޭ، ރައްޔިތުންގެ މަޖިލީގެ ތެރެއިން ކައުންސިލްގެ ބާރުވެރިކަން ހޯދަނޭނަން،
އަޅުގަނޑަކީ އެމްޑީޕީގެ ޓިކެޓްގައި ބާރަށު ކައުންސިލަށް ކުރިމަތިލި ޒުވާނެން، ޕީޕީއެމުން ބުނަމުން ދަނީ އެޕާޓީގެ ކެނޑިޑޭޓުންނަން ވޯޓް ދީގެން ކަމަށް ތަރައްޤީ ގެނެވޭނީ، ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމް ދިފާއު ކުރާ ކައުންސިލަރުންނަން، އެއީ އެމްޑީޕީގެ ކެނޑިޑޭޓުން
އައިމިނަތު މުހައްމަދު އަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ބާރަށު ކައުންސިލަށް ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓުންގެ ތެރެއިން އެކަކު،
މިހާތަން ބަރަށު ކައުންސިލަށް ކުރިމަތިލި އެއްވެސް އަންހެން ކެނޑިޑޭޓެއް ހޮވިފައިއެއް ނުވޭ، އެހެންކަމުން އަޅުގަނޑަށް ފުރުޝަތު ދީފި ނަމަ ކަނބަލުންގެ ޙައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން
އެމްޑީޕީން ލާމަރުކަޒީ ނިޒާމް އެމްޑީޕީން ތަރައްޤީ ކުރާނެ. އެމްޑީޕީން ވަކާލާތު ކުރާނީ އެރަށެއްގައި ތިބެގެން ރައްޔިތު މީހާއަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން. ލާމަރުކަޒީ ނިޒާމް އައި އިރު ރައީސް ޔާމިން ހުންނެވީ ކޮންތާކު. ރައްޔިތުން ކައިރިއަށް ގޮސް ވޯޓް ހޯދަން ލަދުގަންނަން ޖެހޭ. ތަރައްޤީ ކިޔަނީ ވައްކަމެއް ނޫން. ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ތިމަންނާގެ ވެރިކަމުގައި ކަމަށް އެކަމިނުފާނުވަނީ އިއުތިރާފްވެވަޑައިގަންނަވާފައި. މިވެރިކަން ބަދަލުކުރާނަން. ވަރަށް ސާފް. ރައީސް ޔާމިން ބޮޑު ތަނުން ބަލިކުރާނަން. އެއީ ވައްކަމާއި ދެކޮޅަށްދޭ ވޯޓެއް. ރާއްޖޭގެ ފަޅުތައް ސަލާމަތް ކުރުމަށްދޭ ވޯޓެއް. ވޯޓް ފޮށި ފުރާލާނަން އެބަޖެހޭ. އެއީ އަމާނާތެއް ކަމަށް ދެކިގެން ވޯޓް ދޭން ޖެހޭ.
އަޅުގަނޑަކީ މިހާރު ވެސް ބާރަށު ކައުންސިލްގެ ރައީސް، 2017 ވަނަ އަހަރު ކައުންސިލް އިންތިހާބަށް ކުރިމަތިލާފައި ވާތީ ، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ކުރެވުނު މަސައްކަތަށް ހިއްސާކޮށްލާނަން، މިރަށުގެ ރައްޔިތުންނަން 2014 ވަނަ އަހަރު ވަނީ ރަށުގައި ތިބެގެން އައިޑީކާޑް ހެދުމުގެ ފުރުސަތު ފަހިކޮށްދީފައި، ޒުވާނުންނަން މުޖުތަމައުގައި ކުޅިވަރުގެ ތެރޭއިން އިޖްތިމާއީ ރޫހް އަލާކުރުމަށް މަދަނީ ޖަމިއްޔާތަކާއި ވަނީ ބައްދަލުކޮށްފައި،
ކައުންސިލުން ވަނީ 2016 ވަނަ އަހަރު ވަނީ ބަރަށު ޒުވާނުންނަން ވަރަށް އަގު ބޮޑު ފުޓްސެލް މުބާރާތެއް ބާއްވާފައި، އަދި މާލޭގައި ކުރިއަށްދާ ބަށި މުބާރާތްތަކުގައި ވަނީ ބާރަށުގެ އަންހެންވެރިން ވަނީ ބައިވެރިކޮށްފައި، އެހާމަ ފުރިހަމަ އަށް އަންހެން ވެރިން އެ މުބާރާތް ކާމިޔާބު ވެސް ކުރި، ކައުންސިލްއާއި އަޅުގަނޑުމެން ހަވާލުވިއިރު މިސްކިތްތަކުގެ ވަށާ ފާރު ވަނީ ނުރޭނި، މިހާރު ވަނީ ހުރިހާ މިސްކިތްތަކާއި އަސާރީ މިސްކިތުގައި ވެސް ވަށާ ފާރު ރާނާފައި، އަދި ގަބުރުސްތާން ބޮޑުކުރުމަށް މިހާރު ވަނީ ބިން ސާފްކޮށްފައި، މިއަހަރުގެ ތެރޭގައި ބާރަށުގެ ކުނީގެ ނިޒާމް ފެށިގެން ދާން
މިވެރިކަމުގެ ތެރެއިން ކައުންސިލް އިންތިހާބު ކުރިމަތިވެފައިވާއިރު ރިޔާޒް ރަޝީދު ހުންނެވީތީ ލަދުގަނޭ. ޒުވާނުން ތިބީ މަޖުބޫރީ ހާލަތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުއައްޒަފުން ތިބީ މަޖުބޫރީ ހާލަތުގައި. ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވޭ ސަރުކާރަކަށް އާނއެކޭ ނުބުނެވޭނެ.
އަޅުނޑު އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، ރައްޔިތުން އެދުނު ކޮންމެ ކަމެއް ވަނީ އަޅުގަނޑުގެ ލެވެލްއިން ކޮށްފަ، ޕީޕީއެމުން ބާރަށު ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓް ކީލި ޖަހާލާއިގެން ބަލިކުރާނަން ، މި ޖަލްސާ މި އޮތީ ފުރިފަ، މުޅި ބާރަށު ދާއިރާގެ ރައްޔިތުން މިތިބީ ޖަލްސާއަށް އައިސް، މިއަދު ބާރަށުގެ ބަނދަރު ސަރަހައްދުން ފެނުނު މަންޒަރުން ޕީޕީއެމްގެ މެމްބަރުންގެ ލޮލަކަށް ނިންޖެން ނާންނާނެ، މުޅި ބާރަށުގެ މެޖޯރިޓީ ނަގާނީ އެމްޑީޕީ
ކީރިތި ގްރުއާންގެ ބަރަކާތުން ޖަލްސާ ފެށުން: މުދިމް އަލީ އިބްރާހިމް
މަރުހަބާއި ތާރަފު: ބާރަށުދާއިރާގެ އަތޮޅު ކައުންސިލް މެންބަރު އަލީޝަމީމް
ކެނޑިޑޭޓުން ތައާރަފްކުރުން