Raajje.mv

އެމްޑީޕީގެ ކެމްޕެއިން ޖަލްސާ

29 އެޕްރީލު 2017
6941
އެމްޑީީޕީގެ ޖަލްސާ ބާއްވާ ސަރަހައްދު ތައްޔާރު ކުރުމުގައި: ވެލިދޫއިން ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ހޫނު މަރުހަބާއެއް ކިޔާފައި

އެމްޑީީޕީގެ ޖަލްސާ ބާއްވާ ސަރަހައްދު ތައްޔާރު ކުރުމުގައި: ވެލިދޫއިން ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ހޫނު މަރުހަބާއެއް ކިޔާފައި

29 އެޕްރީލު 2017 | 23:37

ވެލިދޫ ޖަލްސާ: ޖަލްސާ ނިންމުން

މިޖަލްސާއަށްފަހު، ނ. އަތޮޅަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ކުރެއްވި ދަތުރު ވެސް ނުމުމަކަށް އައީއެވެ. މި ދަތުރު ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

29 އެޕްރީލު 2017 | 23:34

ވެލިދޫ ޖަލްސާ: އެމްޑީޕީ ވެލިދޫ އެޑްވައިޒަރީ ކޮމެޓީގެ މެމްބަރު އިބްރާހީމް ގާސިމް

މިސަރުކާރަށް އެއްވެސް ކަމެއް ރައްޔިތުންނަށް ނުކޮށްދޭނެ. އެކަން މި ވެލިދޫ ރައްޔިތުންނަށް އެނގޭނެ. މެމްބަރު ޔާމީނަކީ އަލުގަނޑުގެ ކޮއްކޮއެއް. އަޅުގަނޑު އެދެނީ އަސްލަށް ރުޖޫއުއަ ވުމަށް. އަޅުގަނޑުމެން މިދަނީ މިރަށް އަދި މިރާއްޖެ ތަރައްގީ ކުރުމަށް، އެމަގަށް މަސައްކަތް ކުރުމަށް. ލާމަރުކަޒީ ނިޒާމަކީ އެމްޑީީޕީގެ ނިޒާމެއް. އެކަންކުރަން އެނގޭނީވެސް އެމޑިޕީއަށް.

29 އެޕްރީލު 2017 | 23:23

ވެލިދޫ ޖަލްސާ: މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގް

ނ. އަތޮޅުގެ ކުރީގެ ބޭފުޅުންވެސް އިސްލާހީ ހަރަކާތުގައި އުޅޭ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެވެސް ކުރިން. ރަށް ތަރައްގީ ކުރަން، ރައްޔިތުން ބާރުވެރިކުރަން އޭރުވެސް މި އަތޮޅުގެ ރައްޔިތުން މަސައްކަތް ކޮށްފައިވޭ. އެމަގަށް މަސައްކަތް ކުރާ ބޭފުޅުން މިހާރު ތިބީ އެމްޑީޕީގަ. އެހެންކަމުން އިތުރު ބޭފުޅުން ތިއްބެވިނަމަ އަވަހަށް އެމްޑިޕީގެ މިހަރަކާތުގައި ބައިވެރިވުމަށް އެދެން. ރައީސް މައުމޫނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ، އިންސާފު ގާއިމު ކުރަންޖެހޭ.

29 އެޕްރީލު 2017 | 23:06

ވެލިދޫ ޖަލްސާ: މުހައްމަދު މާހިރު އީސާ

ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން މަޖިލީހަށް ހޮވީ އެމްޑީޕީން. އަޅުގަނޑުމެންގެ މަސައްކަތުން، އެކަމަކު މިހާރު ޔާމީން ކަންކަން ކުރާގޮތުން ވެލިދޫ ދާއިރާގެ ރައްޔިތުން ވަރަށް ލަދުގަނޭ. މެޑަމްގެ ކަންކަމާ ހަވާލުވެގެން ހުންނެވުމަކީ ވަރަށް ލަދުވެތި ކަމެއް. އެކަމަކު އަޅުގަނޑުމެން އަދިވެސް ޔާމީންގެ އަރިހުން އެދެނީ އަނބުރާ ވަޑައިގަތުމަށް.

29 އެޕްރީލު 2017 | 22:48

ވެލިދޫ ޖަލްސާ: ވެލިދޫ އަންހެނުންގެ ކޮމެޓީގެ މެމްބަރު ފާތުމަތު ފަޔާޒާ

އެމްޑިޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ގާބިލު ކެންޑިޑޭޓުން. އެކަން މީގެ ކުރީގެ އެމްޑީޕީގެ ވެލިދޫގެ ކެންޑިޑޭޓުން ވަނީ ސާބިތު ކޮށްދީފަ. އެމްޑީޕީގެ ކައުންސިލަރުންނާއި ސަރުކާރުގެ ކައުންސިލަރުންގެ ހާޒިރީއަށް ބަލާލިޔަސް އެކަން ސާބިތުވޭ. އަހުލާގީ ގޮތުން ބެލިނަމަވެސް އެކަން އެނގޭނެ. އެމްޑީޕީ ކައުންސިލަރުންނާއި ކެންޑިޑޭޓުންނަކީ ތަރައްގީއަށް ވިސްނާ އެމަގަށް މަސައްކަތްކުރާ ކެންޑިޑޭޓުން. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ.

29 އެޕްރީލު 2017 | 22:37

ވެލިދޫ ޖަލްސާ: މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

ނ. އަތޮޅުން ހާއްސަކޮށް ވެލިދޫގެ މިއަދުގެ ފޮޓޯ ފެނުނީމައި ބަޔަކަށް ހަޖަމެއް ނުވާނެ. ވެލިދޫ ދާއިރާގެ މެމްބަރު ޔާމީންގެ އަރިހުން ދާއިރާގެ ރައްޔިތުން އެދެންޖެހޭ އަލުން އަނބުރާ ކުރިން ހުރި ޕާޓީއަށް ރުޖޫރުއަވުމަށް.

ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމުން މިސަރުކާރަށް ހީވީ ސަރުކާރަށް ތާއީދުކޮށް، ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށް. ވަރަށް އަނިޔާވެރިކޮށް ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލާފައިވައިރު، މިސަރުގެ އެއްވެސް ބޭފުޅަކު އޭނާގެ ޖަނާޒާގައި ބައިވެރިވެފައެއް ނުވޭ. މިއީ މިސަރުކާރުގެ ފެންވަރު. ރައްޔިތުންނާ ކުރިމަތިލާކަށް ނުކެރޭ.

29 އެޕްރީލު 2017 | 22:26

ވެލިދޫ ޖަލްސާ: އަތޮޅު ކައުންސިލްގެ ކެންޑިޑޭޓް އާދަމް ފާއިޒު

އިދިކޮޅު ވާދަވެރިންނަށް ދަންނަވާލާނީ އަޅުގަނޑުމެން މިޖަހަނީ ހަތަރަކުން ހަޔަކަށް. އެހެންކަމުން މި ޓީމް ބަލިކުރެވޭކަށް ނެތް. އަޅުގަނޑުމެން ބޭނުންވަނީ ތަރައްގީ، އެތަރައްގީ ގެންނަން އަޅުގަނޑުމެން މިނިކުތީ. އެކަން އަޅުގަނޑުމެން ކުރާނަން.

29 އެޕްރީލު 2017 | 22:16

ވެލިދޫ ޖަލްސާ: އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އަސްމާއަކީ ފިސާރި ކަނބަލެއްކަން ދައްކުވައިދެއްވައިފި. އަސްމާއަށް ވަރަށް ދުއްތުރާވެސް ކޮށްފި. ނަމަވެސް ނުގުޑާ ފަދަ އަޒުމެއްގައި ކުރިއަށްދާތީ ޝުކުރު ދައްނަވަން.

އިއްޔެވެސް ހަބަރުން އިޑުއިވުނީ 50 ޓަނުގެ މަސް ނުކިރިގެން އުޅެނުތަން. މިއީ މަސްވެރިންނަށް ޖެއްސުންކުރުން. މިހާރު ވަރަށް ގިނައިން އިފްތިތާހުކުރުންތައް ކުރިއަށް އެބަދޭ. ޕްރޮޖެކްޓްތަކުގައި ސޮއިވެސް ކުރަމުން އެބަދޭ. މިއީ މިސަރުކަރުން ކޮންމެ އިންތިހާބެއް ބޯމަތިވީމާ ކުރާ އެންމެ ފަރިތަގޮތް. އެކަމަކު އަޅުގަނޑުމެން މިދަނީ ކެމްޕެއިން ކުރަމުން. ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވަމުން. ރައްޔިތުންގެ ހިޔާލުތައް ވެސް ހޯދަމުން. އެހެންކަމުން ރައްޔިތުންނާއި ގާތުން އަދި ރައްޔިތުން ބާރުވެރިކޮށްގެން ވެރިކަން ކުރެވޭނީ އެމްޑީޕީއަށް.

އަޅުގަނޑުމެންގެ ފައިސާއިން ސަރުކާރުން ކަމެއް ކޮށްދިނުމުން ޝުކުރިއްޔާ ޔާމީން އޭ ބުނާކަށް ނުޖެހޭ. އެއީ ރައްޔިތުންގެ ފައިސާ، އެފައިސާ ހޭދަކުރަންޖެހޭނީވެސް ރައްޔިތުންގެ ބޭނުންތަކަށް.

29 އެޕްރީލު 2017 | 22:03

ވެލިދޫ ޖަލްސާ: ކެންޑިޑޭޓް އާދަމް އަލީ

ރާއްޖެއިން ތަރައްގީ ފެނިފައިވަނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު. ވެލިދޫގެ ބިން ހިއްކާފައިވަނީ ފަސް ދުވަހުން، މީގެ ކުރިން ބިން ހިއްކުމުގެ ޕްރޮޖެކްޓްތައް ހިނގާފައިވާގޮތް އެނގޭނެ. އެެހެންކަމުން ރާއްޖެއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް. ރަށްރަށް ތަރައްގީ ކުރެވޭނީ އެމްޑީޕީން ކައުންސިލަރުންނަށް. އެއީ އެމްޑީޕީއަށް އެނގޭނެ ލާމަރުކަޒީ ނިޒާމު ހިންގަން. އެއީ އެމްޑީީޕީން ގެނައި ނިޒާމެއް.

29 އެޕްރީލު 2017 | 21:53

ވެލިދޫ ޖަލްސާ: އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު

މިދިއަ ބުރާސްފަތި ދުވަހު ނ. އަތޮޅަށް ކުރި މިދަތުރު މިރޭ 12ގެ ފަހުން ނިމޭއިރު، އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. މިފަހަރު ނ. އަތޮޅުން ބޮޑު މެޖޯރިޓީއެއް އެބައޮތް. ނ. އަތޮޅުގައި އޮތީ އެހެން މައްސަލައެއް. އެމްޑީޕީއާ ގުޅޭ މައްސަލައެއް ނޫން. އެއީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އުޅޭ މައްސަލައެއް. އެހެންކަމުން އެމްޑީޕީއަށް ގަނޑުކޮށް ވޯޓް ލިބޭނެ. އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމެޓީގައި ޕީޕީއެމުން އިންތިހާބު ފަސްކުރުމަށް އެދިފައިވަނީ ކެމްޕެއިންގައި ގޭގެއަށް ޒިޔާރަތް ކުރުމުން ރޯގާ އުޅޭކަމަށް ބުނެ ގެއިން ނެރެމުން ކަމަށް ބުނެފައިވޭ. އެ ރޯގާ އެއް މިއިންތިހާބުގެ ކުރިން ނުނިމޭނެ. އެ ރޯގާއަށް ވެކްސިނެއް ވެސް ނެތް. ރައްޔިތުން ތިބީ ކާޑުގެ ބާވަތްތަކާއި އަސާސީ ހިދްމަތްތަކުން އަގު ބޮޑު ކޮށްފައިވާތީ ނުރުހުންވެފައި.

29 އެޕްރީލު 2017 | 21:44

ވެލިދޫ ޖަލްސާ: ވެލިދޫ ކައުންސިލް ކެންޑިޑޭޓް އަހުމަދު ޖައުފަރު

އަޅުގަނޑުމެންނަކަށްނެތް އަޅުގަނޑުމެންގެ ދަރިން، ދިވެހި ރައްޔިތުން ކަތިލާތަން ބަލާކަށް، އަޅުގަނޑުމެން މިނިކުންނަނީ ހެޔޮ ވެރިކަމަކާ ދިމާލަށް ގައުމު ގެއްދިއުމަށް ކުރާމަސައްކަތް ކުރުމަށް. ވެލިދޫ ރައްޔިތުން އަދި ދާއިރާގެ ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދެން. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުންވިހޭ ދަރިއެއް. ލާމަރުކަޒީ ނިޒާމު ހިންގޭނީ އެމްޑީޕީއަށް. އެފުރުސަތު އެމްޑީޕީއަށް ދެއްވާ.

29 އެޕްރީލު 2017 | 21:38

ވެލިދޫ ކައުންސިލް މެމްބަރު އަދި ކެންޑިޑޭޓް އަސްމާ ހުސައިން

އެމްޑީޕީގެ ލީޑަރޝިޕަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ބޭނުންވާ ބޭފުޅުން ތިއްބަވާ ލީޑަރޝިޕެއް. މި އިންތިހާބު ވެލިދޫ ކެންޑިޑޭޓުން ކާމިޔާބު ކުރަން. އެމަގަށް އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑު ވަރަށް އެދެން އަންހެން ކަނބަލުން ގައުމުގެ ކުރީ ސަފަށް ނިުކުތުމަށް. މި މަސައްކަތުގައި މެމްބަރު ރޮޒައިނާ އާދަމް ވަރަށް ބޮޑަށް އުޅުއްވާތީ އެކަމާ އުފާކުރަން. ރޮޒައިނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

29 އެޕްރީލު 2017 | 21:29

ނ. ވެލިދޫ ޖަލްސާ: ފެށުން

ވެލިދޫ ޖަލްސާ ފައްޓަވައިދެއްވީ ކީރިތި ޤުރްއާންގެ ބަރަކާތުން އާދަމް ހަސަން.

ޖަލްސާ ތައާރަފް ކޮށްދެއްވީ ވެލިދޫ ކެމްޕެއިން ކޮމެޓީގެ ނައިބު ރައީސް އަބްދުﷲ ގާސިމް

އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމް ނ. ވެލިދޫއަށް ވަޑައިގެންނެވުމުން ވެލިދޫ ރައްޔިތުން މަރުހަބާ ކިޔަނީ

29 އެޕްރީލު 2017 | 20:59

އެމްޑީޕީގެ ކެމްޕެއިން ޖަލްސާ

ނ. އަތޮޅުގެ ރަށްރަށަށް އެމްޑީޕީން ކުރާ މިދަތުރުގެ ފަހު ޖަލްސާ ނ. ވެލިދޫގައި. މިޖަލްސާއަކީ މެއި މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ވެލިދޫގައި ބާއްވާ ހާއްސަ ޖަލްސާ އެއް. މިޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން ވާހަކަ ދައްކަވާނެ.

އެމްޑީޕީން ނ. ވެލިދޫގައި މިރޭ ޖަލްސާ ބާއްވާއިރު، މިހަފްތާގައި ނ. އަތޮޅަށް ވަޑައިގެންނެވި އެމްޑީޕީގެ ލީޑަރޝީޕްގެ ބޭފުޅުން ވަނީ ނ. އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ހިންގާފަ. އަދި ޅ. ހިންނަވަރަށްވެސް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެންވަނީ ހިންނަވަރުގައި ހާއްސަ ޖަލްސާއެއް ބާއްވާފަ.

ނ. އަތޮޅަށް އެމްޑީޕީން ކުރި މި ދަތުރުގައި ހާއްސަ ޖަލްސާތައް ބާއްވާފައިވަނީ ބުރާސްފަތު ދުވަހުގެ ރޭ ނ. މިލަދޫގައި، ހުކުރު ދުވަހުގެ ރޭ ޅ. ހިންނަވަރުގައި އަދި މިރޭ ނ. ވެލިދޫގައި.