ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު: އަޅުވެތި ކަމާއި އަނިޔާވެރި ކަމަކީ އިންސާނިއްޔާ ހިލާފު މުޑުދާރު ކަމެއް. އިންސާނުން ސަލާމަތް ވުމަށް އެންމެ ބޭނުންވާ ކަންކަމަކީ އަޅުވެތިކަމާއި އަނިޔާވެރިކަން. ދުނިޔޭގެ ބައެއް ގައުމުތަކުގައި މީގެ ކުރީގެ އެފަދަ ކަންކަން ފެންނަން އެބަހުރި. މިހާރު ރާއްޖޭގައި އެފަދަ ކަންކަން ފެންނަމުން މިދަނީ.
ބަސްބުނުމުގެ މިނިވަންކަމެއްނެތް. އެމްޑީޕީގެ ނިސްނުން ގެންގުޅޭ ފަރާތްތައް ބާކީ ކުރަން މަސައްކަތް ކުރަމުން މިސަރުކާރުން އެދަނީ.
ދުނިޔޭގެ ބައެއް ވެރިން ނަސްލީ ތަފާތުކުރުން ގެންގުޅޭތީ ގިނަ ބަޔަކު ވަނީ ނިކުމެފަ، އެމެރިކާގައި މާޓިން ލޫތަރ ކިންގ އެއީ އޭގެ ލާމަސީލު މިސާލެއް، އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އެއީ ނަސްލީ ތަފަތު ކުރުން ގެންގުޅޭތީ އެތައް އަހަރަކު ޖަލުގައި އޮންނެވި ބޭފުޅުން.
ރާއްޖޭގައި އިދިކޮޅު ލީޑަރުން ޓެރެރިސްޓުންނަށް ހަދައިގެން އުޅުމަކީ އިއްތިފާގެއް ނޫން. ލުދުން ބުނާ ބަހަކުން ޓެރެރިސްޓުންނަށް ވެގެންމިދަނީ.
އިލެކްޝަން ކޮމިޝަނުންނާއި ސަރުކާރާ ގުޅިގެން ވޯޓަށް މަކަރު ހެދުމުގެ ކަންކަން ކުރާނެކަމުގެ މައުލޫތު އަންނަނީ ލިބެމުން. އެހެންކަމުން ވަރަށް ފާރަވެރިވާންޖެހޭނެ. ވަރަށް ބޮޑަށް މޮނީޓަރ ކުރަންޖެހޭނެ.
އެހެން ރަށްތަކާއި ހިލާފަށް މި ކުޅިދުއްފުއްޓަށް އައުމުން ކުރެވޭ އިހްސާސް ތަފާތު، ކުޅުދުއްފުށީ ރައްޔިތުންއޭ ބުނުމުން ކޮންމެ މީހަކަށް ވެސް އިނގޭނެ އެއީ މަސައްކަތްތެރި ހިތްވަރުގަދަ ބަޔަކު ދިރިއުޅޭ ރަށެއް ކަން، އެހެންމަވެސް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދޭ.
މެއި މަހުގެ 6 ވަނަ ދުވަހު ވޯޓް ލުމުގެ ކުރިން ކޮންމެހެން ހަދާން ކޮށްލަންޖެހޭ ކަންކަން އެބަހުރި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އަބްދުﷲ ޔާމީން ދެއްކި ވާހަކަތަކާއި މެދު ކުޅުދުއްފުށީ ރައްޔިތުން ވިސްނަންޖެހޭ، ރައީސް ޔާމީން މި ރަށުގެ ގޭގެއަށް ބެއްސެވި ކަރުދާސްތަކުގައި ލިޔެފައި ވަނީ 2 އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓެއް ގާއިމްކޮށްދޭނެ ކަމަށް.
މިއަދު ރައީސް ޔާމީން ލަދުގަންނަންޖެހޭނެ، ކުދުއްފުއްޓަން ވަޑައިގަންނަން، ކެމްޕޭންގައި ރައީސް ޔާމީން ވަނީ ކުދުއްފުށީގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ގާއިމްކޮށްދޭނެ ކަމަށް، އެ ވެސް މުންނާރު ލާފައި، މިސްކިތުގެ މަސައްކަތް ވެސް ކުރިއަކަށް ނުދޭ.
މި އިންތިހާބް އެމްޑީޕީއަށް މުހިންމުވަނީ މިކަންކަމާއި، ކުދުއްފުށީގެ ކަންކަން ކުޅުދުއްފުށީގެ ރައްޔިތުން ނިންމުމަށް.
ކޮންމެ ރައްޔިތަކަށް ހިލޭ ބޭސް ފަރުވާ ކޮށްދޭނެ ކަމަށް ރައީސް ޔާމީން ވައުދުވި، އޭރު ވެސް އާސަންދަ ވަނީ ގާއިމްކޮށްފައި. އެހެންނަމަވެސް މިހާރު ހިލޭ ލިބޭ ބޭސް ވެސް އެސްޓިއޯ ބޭސްފިހާރަތަކުން ނުލިބޭ، ރައީސް ޔާމީން ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ޒުވާނުންނަން ވަޒީފާ ދޭން ވައުދުވެފައި، އެހެންނަމަވެސް ޒުވާނުންނަން ވަޒީފާއެއް ނެތް މިސަރުކާރުން. ހދ ގެ ރައްޔިތުންނަން ޓޫރިޒަމްގެ ފައިދާ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދަދޭނެ ކަމަށް ރައީސް ޔާމީން ވައުދުވި، 18 ހެކްޓަރުގެ ބިން އެމްޑީޕީން ސަރުކާރުން ކުދުއްފުށީގައި ހުއްކުމުން، އެ ބިމުގައި މަސައްކަތެއް ކޮށްލަން ރައީސް ޔާމީންނަން ނުކުރެވުނު، މި ސަބަބުތަކާއި ހުރެ ރައީސް ޔާމީންނަން ކުދުފުއްޓަށް ވަޑައިގަންނަން ނުކުރެނީވެސް.
ކުޅުދުއްފުށީގެ ހުރިހާ މަގެއް 5 އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ފެންވަރެއްގައި ހަދާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް، ރައީސް ނަޝީދު ވެރިކަމުގައި ހެދި މަގުތަށް ފިޔަވައި އިތުރު މަގެއްގެ މަސެއްކަތެއް ސަރުކާރުންކޮށްފައެއް ނުވޭ
އެމްޑީޕީ ސަރުކާރުގެ ކުރީގެ ޑެޕިއުޓީ ހޯމް މިނިސްޓަރު މުހައްމަދު މާހިރު އީސާ (މާހިރުބެ): ގާނޫނު އަޅުގަނޑުމެންނަށް ލާޒިމް ވަނީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ބުނާ ވާހަކަ، ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިޔައިން ކަމަށާއި ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގަ ކަމަށް. އެހެންކަމުން ވެރިކަން ނުބައިކޮށްދާނަމަ ބަދަލު ކުރަންޖެހޭ.
މިއަދު ހުކުރު ހުތުބާގައި ކޮރަޕްޝަންގެ ވާހަކަ ދެއްކިއިރު، މިސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް. މިސަރުކާރުން އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކަވަމުން ގެންދަވަނީ.
މިސަރުކާރުން ތަރައްގީ ކުރަން ބޭނުންވަނީ މާލެ، ރާއްޖޭގެ ރަށްރަށް ތަރައްގީ ކުރަން ބޭނުމެއް ނުވޭ.
ކުޅުދުއްފުށީ އުތުރުދާއިރާގެ އަތޮޅު ކައުންސިލްގެ މެމްބަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރާ އާދަމް އަލީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އާދަމް އެމްޑީޕީއަށް ސޮއިކޮށްފައި ވަނީ ހުކުރު ދުވަހުގެރޭ ކުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާގައެވެ. އާދަމް އެމްޑީޕީއަށް ސޮއި ކުރުމަށް ފަހު އެނާގެ ފޯމް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއެވެ.
މަޖިލިސް މެމްބަރު އިލްހާމު ވިދާޅުވިކަމަށް ބުނާއަޑު އެބައިވޭ، ހިންނަވަރުގައި އެމްޑީޕީގެ ސަޕޯޓް ނެތޭ ބުނާއަޑު. އެކަަމަކު މިއަދު އަޅުގަނޑުމެންނަށް ހިންނަވަރުން މިފެނުނީ އެމްޑީޕީ ނޫން އެއްޗެއް ހިންނަވަރުގައި ނެތްކަން. އިލްހާމަށް އޮޅިވަޑައިގަނެފާނެ ފަހަރެއްގައި، އެއީ އިލްހާމުގެ މެމްބަރު ކަމަށް ގެނައި ޕާޓީގެ ލީޑަރަށް އަނިޔާދެމުންދާއިރު އިލްހާމު އެ އިންނަވަނީ ޝުކުރިއްޔާ ޔާމީން ކިޔާލަކިޔާލަ.
މިހާރު މިފެންނަނީ އެމްޑީޕީގެ ކެންޑީޑޭޓުން ގަންނަމުންދާތަން. މިގެ މަންޒަރެއް ކުރިންރޭ ފެނިއްޖެ. ހެންވޭރު އުތުރު ދާއިރާގެ މާލޭ ސިޓީގެ އެމްޑީީޕީގެ ކެންޑިޑޭޓް ވަނީ ޕީޕީއެމްއަށް ބަދަލުވެފަ. މިގޮތަށް މެމްބަރުން ގެންދައިރު، އެއްކަލަ އިންޓެލިޖެންސް ރިޕޯޓެއްނެތް. އެކަަމަކު އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރާއިރު އިބްޓެލިޖެންސް ރިޕޯޓްތައް އެބަފެނޭ.
ދެން މިފެންނަނީ ކޯޑިނޭޓަރުންނާއި ސަރުކާރުގެ މަގާމުގެ ތިބި ފަރާތްތައް، ޝުކުރިއްޔާ ޔާމީނޭ ކިޔާއަޑު، ޝުކުރިއްޔާ މެޑަމް ކިޔާއަޑު. އެކަމަކު ރައީސް ޔާމީން އަދި މެޑަމް ފާތުން ކޮށްދޭ ކަމެއްވިއްޔާ ކޮށްދެއްވަނީ ހަމަ ރައްޔިތުންގެ ފައިސާއިން. އަމިއްލަ ފައިސާއަކުންނޫން. އެހެންކަމުން ޝުކުރިއްޔާ ޔާމިނޭ، ޝުކުރިއްޔާ މެޑަމޭ ކިޔާކަން ނުޖެހޭ.
ލާމަރުކަރީ ނިޒާމު ގާނޫނުއަސާސީގެ ބާބެއްގެ ގޮތުގައި ހިމެނުމަށް އެމްޑީޕީން މަސައްކަތް ކުރިއިރު މިސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދެކޮޅު ހެއްދެވި. ލާމަރުކަޒީ ނިޒާމު ގާނޫނުއަސާސީގައި ހިމަނާ އެކަމަށް ގާނޫނެއް ހަދާ، މި ނިޒާމު ފެށީ އެމްޑީޕީގެ ސަރުކާރުން. މިސަރުކާރުން ތަރައްގީ މާނަކުރަނީ ކޮރަޕްޝަނާއި ފަސާދަ ހިންގުން. އަސާސީ ހިދްމަތްތަކުން އަގު ބޮޑު ކުރުން ކަމަށް.
ރައްޔިތު މިހާ އެލުވާފަ، ނިކަމެތި ކޮށްފަ، ރައްޔިތުންނަށް އަނިޔާ ކޮށްފަ، ރައްޔިތުންކައިރިއަށް ވޯޓް ހޯދަށް ގޮސްގެން ނުވާނެ. މިސަރުކާރަށް މިހާރު ލިބޭނީ 2.5 ޕަސެންޓް. އެވަރަށް މިސަރުކާރު ނިކަމެތި ވެއްޖެ. މިހާރު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން މިފެންނަނީ އެއްފަރާތަކަށް ޖެހިލާފަ. މިހާރު ހުންނެނީ ބާކީ ލީޑަރަކަށް ނުވާ ލީޑަރެއް.
ލާމަރުކަޒީ ނިޒާމް އަކީ ފެހި ގާނޫނު އަސާސީގައި އޮތް ވަރަށް ފުރިހަމަ މާއްދާއެއް، އެއީ އެމްޑީޕީއާއި ގުޅިފައިވާ ނިޒާމެއް، މިއަދު މި ފެންނަނީ އަޅުގަނޑުމެންގެ އަތުން ލާމަރުކަޒީ ނިޒާމް ބީވެގެންދާތަން.
އެހެންކަމުން މި ނިޒާމްގެ ދިފާއުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދެއްވާ ހޮއްވަވާދެއްވާ، ޕީޕީއެމް އަކީ ލާމަރަކުޒީ ނިޒާމް ފުނޑާލާން މަސައްކަތް ކުރާ ޕާޓީއެއް، ރައްޔިތުންނަން ވަރަށް ބޮޑަށް އޮޅުން ފިލަން އެބަޖެހޭ ލާމަރުކަޒީ ނިޒާމް އަކީ ކޮބައިކަން.
ލާމަރުކަޒީ ނިޒާމް އަކީ ކައުންސިލްތަކާއި މައި ސަރުކާރާއި ގުޅާލައިދޭނެ ނިޒާމް، އެހެންނަމަވެސް ސަރުކާރުން އެމަސްކަތެއް ނުކުރޭ، ރައްޔިތުންނަން އިނގޭނީ ރައްޔިތުން ބޭނުންވާ ކަންތަންތަށް، ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ މިރަށުގެ މަގުތަށް ރަނގަޅު ފެންވަރުގައި ހެދިގެން ދިއުން، އެމްޑީޕީ ސަރުކާރުން މިރަށުގައި ހިއްކާފައި އޮތް ސަރަހައްދުގައި އެއްވެސް މަސައްކަތެއް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައެއް ނުވޭ، މި މސައްކަތްތަށް ނުކުރެވި ހުއްޓިފައި އެ ވަނީ ކައުންސިލްތަށް ބާރުވެރިކަން ނެތިގެން.
މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަންޖެހިފައި ވަނީ ވަރަށް ހަނިކޮށް، ސަރުކާރުން އަންގާ ކަންކަން ކުރުމަށް، އަޅުގަނޑު ދަންނަވާލަން އޮތީ ހަމަ އެކަނި ކައުންސިލްތަށް އެކަންޔެން ނޫން މިހާލަތުގައި އޮތީ. ރާއްޖޭގެ މުވައްސަސާތަށް ވެސް އޮތީ މި ހަލާތުގައި، މުއައްސަސާތަކުން މަސައްކަތް ކުރަނީ މިނިވަން ކަމާއި އެކުގައި އެއް ނޫން. ކައުންސިލަރުންނަން ވެސް ރަށުގެ ތަރައްޤީއަށް މަސައްކަތް ނުކުރެވެނީ ސަރުކާރުން އެރުފަސަތު ނުދޭތީ، މި އިންތިހާބާއި ގުޅިގެން ސަރުކާރުން ދަނީ ކުދުއްފުށީގެ ރައްޔިތުންގެ ލޮލޮގައި ތަފާތު އަދުން ތަކެއް އަލުވާފައި. އެއާޕޯޓް އެޅުމަށް ކަމަށް ބުނެވެސް ސަރުކާރުން ވަނީ އަދުންއަޅުވާފާއި، އިންތިހާބާއި ގުޅިގެން ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފުލުޓްތަށް ރައްޔިތުންނަން ދޭން ކަމަށް ބުނެ ސަރުކާރުން ދަނީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަމުން، އަޅުގަނޑުދަންނަވާލަން އޮތީ މި ފަހަރު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދިނުމަށް.
އަޅުގަނޑުމެން މިދަނީ ލޯކަލް ކައުންސިލަށް ވާދަކުރާ ކެންޑީޑޭޓުން. ނިކަން ޕީޕީއެމް ކެންޑިޑޭޓުން ގާތު އަހާލަބަލަ ކޮންކަމަކަށްތޯ ކުރިމަތިލާފައި ތިޔަ ތިއްބެވީ. އެބޭފުޅުންނަށް ނޭނގޭނެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް. މި ނިޒާމު ހިންގޭނީ އެމްޑީޕީއަށް. މެއި މަހުގެ ހަ ވަނަ ދުވަހު ޕީޕީއެމް ލަދުގަންނާނެ. ރީތި ގޮތަކަށް ބަލިކޮށްލާނަންަ.
މިހާރު އެއާރޕޯޓް ހަދަނީޔޭ ކިޔާފަ އެއާރ ޓެކްސީ ޕްލެޓް ފޯމެއް އަޅަން އެއުޅޭނީ. އޮޅުވާލުން ބޮޑު. ނިކަން ޅ. އަތޮޅަށްވި އެއާރޕޯޓްގެ ވައުދު ފުއްދަވާ، އެކަން ނުކޮށް ވޯޓް ހޯދަން އައިގެން ނުވާނެ. އެކަން މެއި މަހުގެ ހަވަނަ ދުވަހު ފެންނާނެ.
ރައްޔިތުންނަން ޔަގީންކަން ދޭން އޮތީ މި މަސައްކަތަކީ ހަމަ އެކަނި ކައުންސިލް އިންތިހާބުގެ މަސައްކަތެއް ނޫން، މި ދަތުރުތަކުގައި ދޮރޮން ދޮރަން ހިނގާ ރައްޔިތުން ބޭނުންވާ ކަންކަން 20018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ބޭނުން ކުރާނެ، މެނިފެސްޓޯގައި ރައްޔިތުން ބޭނުންވާ ކަންކަން ހިމަނާނަން،
މިޖަލްސާއަށް ވަޑައިގަންނަވަމުން ރައީސް ނަޝީދަށް ގުޅުއްވިން، ރައީސް ނަޝީދު ހިންނަވަރު ރައްޔިތުންނަށާއި ދާއިރާގެ ރައްޔިތުންނަށް ވަރަށް ސަލާމް ވިދާޅުވި. އަދި ވިދާޅުވި ދާއިރާގެ ހުރިހާ ގޮނޑިއެއް ނަގަންވާނެ ކަމަށް. އެހެންކަމުން މިކަމަށް އަޅުގަނޑު ރައީސް ނަޝީދަށް ޖަވާބުދާރީވާންޖެހޭނެ. ހުރިހާ ގޮނޑިއެއް ނަގަން އެބަޖެހޭ.
އަޅުގަނޑުމެން ޕީޕީއެމް ކެނޑީޑޭޓުންނާއި ދެކޮޅުވެރިކަމެއް ނެތް. އަޅުގަނޑުމެންނަށް ޕީޕީއެމްގެ ސިޔާސަތުތައް ކަމު ނުދަނީ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް އެމްޑީޕީއަށް ވޯޓް ދެއްވުމަށް ދަންނަވަން. ލާމަރުކަޒީ ނިޒާމު ހިންގޭނީ އެމްޑީޕީއަށް.
ރާއްޖެއަށް ބާނާ މަހުގެ 30 ޕަސެންޓް މަސް ބާނަނީ ޅ. އަތޮޅުގެ މަސްވެރިން. މި އަތޮޅުން ބާރާ މަހުގެ 70 ޕަސެންޓް މަސް ބާނަނީ ހިންނަވަރުގެ މަސްވެރިން. މިހާރު މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ. ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާތީ ރައްޔިތުންތިބީ ވަރަށް ދަތި ހާލުގައި. އެމްޑީޕީގެ ވިސްނުމަކީ އެއެއްނޫން. އެމްޑީޕީން ބޭނުންވަނީ ރައްޔިތުން ބާރުވެރި ކުރުވައިގެން ވެރިކަން ކުރުން، ރަށް ރަށް ތަރައްގީ ކުރުން.
އެމްޑީޕީގެ ވެރިކަމުގައި ހިންނަވަރުގެ ބިން ހިއްކުނު، ބަނދަރު ހެދުނު، ފެނުގެ ނިޒާމު ހިންގުނު. ސްކޫލް ތަރައްގީ ކުރެވުނު. ސިއްހީ މަރުކަރު ފެންވަރު މަތިކޮށް ހޮސްޕިޓަލަށް ބަދަލުކުރަން ޕްލޭން ކޮށްފައިވާނެ. ދައުލަތުގެ ވޭތުވެދިޔަ ތިން އަހަރު ހިންނަވަރަށް ފަސް މިލއަން ރުފިޔާވެސް ނެތް. އެހެންކަމުން ބަޖެޓަށް ވޯޓެއް ނުދެން. ދެން ވެސް އެގޮތަށް ހަމަހަމަކަން ނެތް ބަޖެޓަކަށް ދެންވެސް ވޯޓެއް ނުދޭނަން.
ގައުމު އިސްލާހު ކުރުމުގައި އަބަދުވެސް ހިންނަވަރަށް ނިސްބަތްވާ ރައްޔިތުން ހިމެނޭ. އެކަން ތާރީހުގެ ތެރެއިން އަދި މިހާރުވެސް ފެންނަން އެބައޮތް.
ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ މީގެ ކުރިންވެސް ނަގާފައި ވަނީ އެމްޑީޕީ، ޕީޕީއެމްއަކަށް ކުދުއްފުށީގެ މެޖޯރިޓީއެއް ނުނެގޭނެ، އަޅުގަނޑުމެން މިހެން ބާއްވާ ކޮންމެ ޖަލްސާ އަކުން ފެންނަ މީހުންނާކީ އަޅުގަނޑުމެންނަން ލިބޭ ކާމިޔާބު، އަޅުގަނޑުމެން ރައްޔިތުން ތާއިދު ހޯދުމަށް ، ކަންބޮޑުތަށް އޮޅުންފިލުމަށް ދޮރޮން ދޮރަން ހިގަން، އަޅުގަނޑުމެނަން ދޭހަވީ ރައީސް ޔާމީނަން ރައްޔިތުންނަން ތާއިދު ނެތް ކަން
މިއަދު މި ވަނީ އަޅުގަނޑުމެން ބޭނުންވި ޑިމްކޮރަސީ ފުނޑުފުޑުކޮށްލާފައި، މިނިވަންކަމާއި އެކު އަޅުގަނޑުމެންނަން ދިރިއުޅެވޭނެ ފުރުސަތެއް ނެތް، މިނިވަންކަމާއި އެކު ހިޔާލުފާޅުކުރުމުގެ ފުރުޝަތެއް ނެތް، މިހާލަތުގައި ދިވެހި ގައުމުވާއިރު އަޅުގަނޑުމެން މިހެން ތިބެންވީތޯ. މާދާއަށް އަޅުގަނޑުމަން ވިސްނާނަމަ، އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ، މިއަދު އަޅުގަނޑުމެން މަސައްކަތް ނުކޮށްފިނަމަ އަޅުވެތިވަންކަން މާ ބޮޑުވާނެ، އަދި އަޅުގަނޑުމެންގެ ދަރިންގެ ދަރިންވެސް ސުވާލުކުރާނެ. ބައްޕާއޭ ކީއްވެގެންތޯ އޭ ބައްޕަމެން ޑިމްކޮރަސީ އަށްޓަކައި މަސައްކަތް ނުކުރީ، އެމްޑީޕީގެ މަސައްކަތަކީ މި ހައްގުތަށް ހޯދަދިނުމަށް މަސައްކަތް ކުރުން.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިރޭ ހދ. ކުޅުދުއްފުށީގައާއި ޅ. ހިންނަވަރުގައި އެމްޑީޕީން ބާއްވާ ހާއްސަ ޖަލްސާ. މިޖަލްސާއަކީ އެމްޑީޕީން ހދ އަތޮޅުގެ ރަށްރަށާއި ނ. އަތޮޅުގެ ރަށްރަށުގެ އިތުރުން ޅ. ހިންނަވަރަށް ކުރާ ދަތުރުގެ އެންމެ ހާއްސަ އެއް އިވެންޓް.
އެމްޑީޕީން މިރޭ ކުޅުދުއްފުށީގައާއި ހިންނަވަރުގައި ބާއްވާ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ. ހދ. އަތޮޅާއި ނ އަތޮޅުގެ ރަށްރަށުގެ އިތުރުން އެހެން ރަށްރަށުގައި އެމްޑީޕީން ކެމްޕެއިން ހަރަކާތްތައް ހިންގަމުން ދެއެވެ.