އެއްވެސް ކަމެއް ރަނގަޅަކަށް ނުވޭ، މި ކުރަނީ ވެރިކަމެއްތަ؟ ޒުވާނުން ގެއްލެނީ، މީހުން މަރަނީ، ކޮރަޕްޝަން ހިންގަނީ. ސިޔާސީ ލީޑަރުން ބަންދުކުރިޔަސް ރައްޔިތުން ތިބީ ދޫކުރާ ގޮތަކަށް ނޫން. މި ވެރިކަން ރައްޔިތުން ބަލައެއް ނުގަނޭ. ރައިސް ޔާމީނާއިއެކު ތިއްބެވީ ދެ ވަޒީރުންނާއި ދެ މެންބަރުން. އެމީހުންނަށްވެސް ރައީސް ޔާމީން އިތުބާރެއް ނުކުރައްވާ. ރާއްޖެއަށް ލިބޭ ފައިސާއަށް ވާގޮތާއި މެދު ސުވާލު އުފެދޭ. ވެރިކަމުން ފޭބުމަށް ގޮވާލަން.
ޤާސިމް ހައްޔަރުކޮށް އަނިޔާ ކުރުމުން އެ އަނިޔާ ކުރެވެނީ ދިވެހި ރައްޔިތުންނަށް. އިންސާފެއް ނުލިބޭ. ޑރ. އަފްރާޝީމް އަދި ރިލްވާންއަށް ހޯދައިދެވުނީ ކޮން އިންސާފެއް. ޕީޕީއެމްގެ އެތެރެ ވަނީ ފަސާދަކޮށްފަ. ޕާޓީގެ ރައީސްގެ އަބުރަށް ދަނީ އަރަމުން. ޕީޕީއެމްގެ މެންބަރުން ކުނޫޒަށް ވަޑައިގަތުމަށް ގޮވާލަން. ރައީސް ޔާމީން މިހާރު މަސައްކަތްކުރަމުންދަނީ، ޕީޕީއެމްގެ އަސާސީ ގަވާއިދާ، ފިކުރާ ޚިލާފަށް. ޕާޓީގެ ރައީސްގެ ސޮއި ނެތް ޓިކެޓެއް ސައްޚައެއް ނުވާނެ. ރައްޔިތުންގެ ވޯޓު އޮންނަން ވާނީ ރައްޔިތުންގެ ބާރުގެ ދަށުގަ. ރައީސް ޔާމީން ފެކްޝަނަށް ވޯޓު ދީފިނަމަ ރައްޔިތުން ޖެހޭނީ އަމިއްލަ ގައިގައި ތަޅަން.
ސަރުކާރު ހޮވުމުގެ ކުރިން މަސްވެރިންނަށް 10000، ދަނޑުވެރިންނަށް 8000 ދޭނެ ކަމަށް ބުނި، މިއީ ރިޝްވަތު ނޫންތޯ؟ މީގެން އެއްވެސް ވަޢުދެއް ނުފުދޭ. ޓެކްސް އިތުރުކޮށް، ދުނިޔޭގެ ނިސްބަތުން ފަތުރުވެރިކަމުގެ އަގުބޮޑުވުމުން، ފަތުރުވެރިކަމަށް ވަނީ އަސަރުކޮށްފަ. ފަށާފައި ހުރި ޕްރޮޖެކްޓްތައް ހުރީ ދެބައިކުޅަ އެއްބައި ނިންމާފަ. އަނެއްބައި ނިންމުމަށް އިތުރު ދައުރު ބޭނުންވާކަމަށް ރަށްތަކަށްގޮސް ދަނީ ބުނަމުން. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ ހަނިކޮށްފަ. މިއަދުގެ ސަރުކާރު ވަނީ ބައިނަލްއަޤުވާމީ ދުނިޔޭގައި އެކަހެރިވެފަ. ސަރުކާރަށް ހަތަރުއުދަރެސް ފެނުޖެހި، ހަތަރެސްފައިން ވަނީ ގޯސް ހަދަން ފަށާފަ.