Raajje.mv

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބާއްވާ ޖަލްސާ

25 އެޕްރީލު 2017
6204
 ކުނޫޒު ޖަލްސާ

ކުނޫޒު ޖަލްސާ

25 އެޕްރީލު 2017 | 22:24

ޤާސިމަކީ ތަފާތު ލީޑަރެއް، ހިތްހެޔޮ ލީޑަރެއް: އަބްދުﷲ ކަމާލުއްދީން

ޤާސިމްގެ ފަހަތުގައި މަސައްކަތް ކުރަން ނިންމީ ތަފާތު ތަޖުރިބާއެއް ހޯދުމަށް. ސިޔާސީ ހައްޔަރީން ދޫކޮށްލަން ޖެހޭ. ހައްޔަރުގައިވާ ސިޔާސީ ލީޑަރުން ކުނޫޒުން ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދު ކުރަން.

25 އެޕްރީލު 2017 | 22:12

ޒުވާނުންނަށް ފުރުސަތެއް ނެތް، އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން: އެމްޑީޕީގެ މެންބަރު ސަފާތު

ޔާމީން އަކީ ހިތްވަރުގަދަ ލިޔުންތެރިއެއް. ޔާމީންއަށް އިންސާފު ލިބޭނީ ބައިނަލްއަޤުވާމީ ތަހުގީގެއްކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސްގެން.

ސިޔާސީ ލީޑަރުން ކުށްވެރިކުރަމުންދާނި މަސްވެރިން މަހަށް ގޮސް މަސް ބާނާހެން. ސިޔާސީ ހައްޔަރީންގެ އަދަދު ވަނީ އިންތިހާއަށް ގިނަވެފަ.

މަސްތުވާތަކެތީގެ މައްސަލަތައް ނިމެނީ 10 އަހަރުން، މަރުގެ މައްސަލަތައް ނިމެނީ 15 އަހަރުން، ސަރުކާރުން އުޅޭނީ ސިޔާސީ ފަރާތްތައް ހައްޔަރުކުރަން. އިންސާނީ ޙައްޤުތަކާ، ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި އިންސާނީ ކަރާމާތް ރައީސަށް ފަހުމުވެޑައިނުގަންނަވާ.

ފަނޑިޔާރުގެއާއި ފުލުހުންނާއި ސިފައިންނަކީ އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ތިބޭ ބަޔަކަށްވުން ނިމުމަކަށް ގެންނަން ޖެހޭ. އިކޮނޮމިސްޓްގެ ވެރިކަމުގެ ދިވެހި ރައްޔިތުން ދަނީ ދަރަނިވެރިވަމުން. އަނިޔާވެރިކަމުން ވަރަށް އަވަހަށް މިންޖުވާނެ ކަމުގެ ޔަޤީންކަން އެބައޮތް.

25 އެޕްރީލު 2017 | 22:01

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބާއްވާ ޖަލްސާ

އިދިކޮޅު ލީޑަރުނާއި އިސްލާހަށް މަސައްކަތްކުރާ ފަރާތްތަކުން ކުނޫޒުގައި ބާއްވާ ޖަލްސާ ފެށިއްޖެ. މި ޖަލްސާ ތަކަކީ ދިވެހި ރައްޔިތުން ވަރަށް އުއްމީދު ކުރާ ޖަލްސާތަކެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ، މި ޖަލްސާތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ