Raajje.mv

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

24 އެޕްރީލު 2017
7333
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގެ ތެރެއިން

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގެ ތެރެއިން

24 އެޕްރީލު 2017 | 23:17

ޝިފާޒް

އެތައް ޒުވާނުން އެދަނީ މަގުމަތީގައި ގަތުލު ކުރަމުން. ވަކިވަކި މީހުން ވީމަ ނޭނގިދާނެ. އެންމެފަހުނ މިމަރާލީ ޔާމީން ރަޝީދު. މީކީ ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދައްކާލައިގެން ނިންމާލެވޭވަރު ކަމެއް ނޫން.

ރައީސް އޮފީހުން ނެރުނު ބަޔާނުން ސިފަވީ ސޯޝަލް މީޑިއާގައި އުޅޭ ކުދިންނަށް ދިން އިންޒާރެއްގެ ގޮތުގައި. ރިލްވާންގެ މަރާ ގުޅިގެން އެއްޗެއް ނުބުނި ރައީސް އޮފީހުން ޔާމީން ރަޝީދު މަރާލުމުން ބަޔާން ނެރުމުން ސުވާލު އުފެދޭ.

ހަންޖަރަކުން މަރާލާ ކޮންމެފަހަރަކު ފެންނާނެ އިސްލާމީ ޝަރީއާ. މަރަށް މަރުހިފުން އެކަނިތޯ އޮންނަނީ. ކާކުތޯ ދެކޮޅު ހަދަނީ. ކީއްވެތޯ ނުކޮށް ތިއުޅެނީ. ހަމައެކަނި މަރަށް މަރުހިފުމެއް ނޫން އޮންނަނީ. ރަނގަޅަށް އަދްލު އިންސާފް ޤާއިމް ކޮށްދޭށޭ މި އެދެނީ. ކީއްވެތޯ ނުކޮށް ތިއުޅެނީ. އަތްކަނޑާބަލަ. ރަޖަމް ކޮށްބަލަ.

އެންމެ އަސާސީ ބައި ތަހުގީގް. އެކަނ ރަނގަޅު ނުކޮށް ދެން ކޮންކަމެއްތޯ. އެތަހުގީގް ރަނގަޅުކޮށްބަލަ. ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާއެކޭ އެއީ. ދެން މީހަކު ގަތުލުކުރީމާ ހިތާމަ ކުރަމޭ ކިޔައިގެން ދެން ކޮން ވާހަކައެއްތޯމިކުޑަކުޑަ ޤައުމުގައި ފުރާނައިގެ ރައްކާތެރިކަން ކަށަވަރު ނުވެޔޭ. އެވަރަށް ފުލުހުންނާ ސިފައިން އެބަތިބި. ރައްޔިތުންގެ މުސާރައިން މުސާރަ ނަގައިގެން ތިކުރާ ކަންކަމާމެދު ލަދުގަންނަން ޖެހޭނެ. ޓު ޕްރޮޓެކްޓް އެންޑް ސަރވ. ކޯންޗެއްތޯ ޕްރޮޓެކްޓް ކުރަނީ. ޖެނެރަލް ޝިޔާމަށްވެސް ކޮމިޝަނަރ އަރީފަށްވެސް ބޭއިންސާފުން އަނިޔާއެއް ނުލިބެނީސް ހަމަވިސްނުން ވިސްނޭތޯ ދުއާކުރަން.

ކިތައް މީހުންތޯ ސިޔާސީ ކަންކަމުގައި ޖަލުގައި އެއޮތީ. ކޮން އިންސާފަކުންތޯ އެމީހުން އެތިބީ.

ކިލަނބުވެފައިވާ ސިޔާސީ ކަންކަމާހުރެ މުޅި ފުލުހުންގެ މުއައްސަސާ އެވަނީ އިތުބާރު ގެއްލިފައި. އަޅުގަނޑު މިދަންނަވަނީ ހިތްވަރާއެކު ކެރިގެންނޭ ވާނީ. މިއަދު މިވާހަކަ ނުދައްކާ ނެތް ވާކަށް.

އަޅުގަނޑު އެދެން ކޮންމެ ބޭފުޅެއްގެ ގޭގައި ރަތް ފުއްޕާހަމެއް އެލުވަން. ރައްޔިތުންނަށް އިންސާފް ލިބެންދެން މިކަން ކުރަން ޖެހޭނެ. ހަމައެކަނި މިމާލެއިން ފެންނަން ވާނީ ރައީސުލް ޖުމްހޫރިއްޔާގެ ޕޯސްޓަރު އެކަންޏެއް ނޫން.

24 އެޕްރީލު 2017 | 22:54

ޤާނޫނީ ވަކީލް އިމާދު ސޯލިހު

އިންސާފް ނުލިބޭކަން ގިނަ ބަޔކު މިއަދު ޤަބޫލް ކުރޭ. ރަހުމް ކުޑަގޮތަކަށް މީހަކު މަރާލިއިރު 24 ގަޑިއިރު ވީއިރު މީހަކު ހައްޔަރެއް ނުކުރޭ. މިހާތަނަށް އައިއިރު ދައުލަތުގެ އެއްވެސް އިސް މީހަކު އާއިލާއަށް ލޮލަށް ފެނިފައެއް ނުވޭ.

ޔާމިންގެ އައިޑީކާޑު ބަލާފައި އާއިލާއަށް ގުޅިއިރު ގޭގެ އެއްވެސް ފްލޯއެއްގައި ޓަކި ޖަހާފައެއް ނުވޭ. އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ. ޕަރަސަނަލް ކޮމްޕިއުޓަރސްގެ އޯނަރ ބުނި އެތަނުގެ ކެމެރާ އަނބުރާފައި ހުއްޓަސް ނެތަސް ޝެއަރއެއް ނުކުރާނަމޭ ލައިފަށް ތްރެޓްވާ ގޮތަކަށް. އަދި މިހާތަނަށް އާއިލާއަކަށް ޝެއަރކޮށްފައެއް ނެތް އެފަދަ ވީޑިއޯއެއް.

މަރާލި ޔާމިންގެ ބޭބެގެ ހައިސިއްޔަތުން ބުނާނީ ދައުލަތުގެ ކަންކަން ހުރިގޮތުން އިންސާފް ލިބޭނެ ކަމަކުން ނުދެކެން. އަފްރާޝީމްގެ މައްސަލައާ މިމަރާ ގުޅުންހުރިކަމަށް ބެލެވޭ ވަރަށް ގިނަ ކަންކަން އެބަހުރި.

24 އެޕްރީލު 2017 | 22:30

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ދީދީ

ރާއްޖޭގެ ރައްޔިތުން މިތިބެނީ ދެއިރު ދެދަޅައަށް ކައިލައިގެން ތިބެވޭނީ ކޮންއިރަކުން ބާއޭ ހިތަށް އަރައަރާ. ކޮންމެ މީހެއްގެ ހިތަށްވެސް އަރަނީ ދެން އަހަރެން ބާއޭ. ޤާތިލް ހޯދޭ ކަމަކަށް ނުވޭ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަމުރު ނެރުއްވާ ޤާޒީން މުއްދަތު މަޖިލީހުގައި އިންނަވާތަން. އަދްލު އިންސާފާމެދު ރައްޔިތުންނަށް ޔަޤީންކަން އޮންނަން ޖެހޭ. އެންމެ އަސާސީ ކަންކަންވެސް މިއޮންނަނީ މިހާރު ރަނގަޅަކަށް ނޫން.

މިފަދަ އެއްެވެސް އަސާސީ ކަމެއް ފުރިހަމަ ނުވިއަސްވެސް ސިޔާސީ ޕޯޑިއަމްގައި ވާހަކައެއް ދައްކާލާއިރަށް އެދަނީ ހައްޔަރުކުރަމުން. މިހާރު ބޭނުން ވަނީ ޤާނޫން އަސާސީގައި އޮތް ކަހަލަ ވެރިކަމެއް ކުރެވުން އެކަމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނަން.

24 އެޕްރީލު 2017 | 22:12

ޔާމިން ރަޝީދުގެ މަރާ ގުޅިގެން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފި

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ ހަނދާނުގައި ބާއްވާ ސުކޫތުކޮޅެއް ހިނގައިފި

24 އެޕްރީލު 2017 | 22:03

ޑރ މަޖީދުލް މަޖިލީދު އަބްދުއް ބާރީ

ކޯޓު ތަކަށް ނުފޫޒް ނުފޯރުވާ ވާހަކަ ބުނާއިރު 2 ފަނޑިޔާރެއްގެ މަޤާމް 24 ގަޑިިއިރު ތެރޭ ގެއްލުނީ. ޖުޑިޝަލް ސަރވިސް ކޮމިޝަންގައި ސަރުކާރުގެ ނުފޫޒް އޮތް މިންވަރު އެކަކަށްވެސް ނޯޅޭ. ކޯޓަކުން ހިންގޭ ޝަރީއަތަކުން އެކަނި އަދްލު އިންސާފް ޤާއިމެއް ނުކުރެވޭނެ. ޤާނޫން ހަދާ މަޖިލީހާއި އެހެނިހެން މުއައްސަސާތަކުން ކުރާ ކަންކަންވެސް އިންސާފުން ގެންދެވިގެން އަދްލު އިންސާފް ޤާއިމް ކުރެވޭނީ.

އިސްލާމީ ދައުލަތެއްގައި އަދްލު އިންސާފް ޤާއިމް ނުކުރެވޭނަމަ އެދައުލަތެއް ފަނާވެގެން ހިނގައިދާނެކަމަށް އަންގަވާފައިވޭ. އަޅުގަނޑުމެން ބިރުވެތިވާން ޖެހޭ. މިހާރު އެކަކަށްވެސް ޔަޤީންކަމެއް ނޯވޭ ބިރުވެރިކަމެއް ނާންނާނެ ކަމަކަށް. ހައްޤަކާ ނުލައި މީހަކު މަރާލުން ﷲ ގެ ހަޟްރަތުގައި ތައުބާ ފުނޑުފުނޑުވުމާ އެއްވަރޭ.

ޤާސިމް ކުރިން ބަންދުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ނިންމި. ދައުލަތުގެ މުއައްސަސާއަކުން ކަންކުރީ ޤާނޫނާ ޚިލާފަށް ކަމެއް ކުރީމާ އެކަން ބަލާނެ ބަޔަކު ނެތް ދައުލަތަކު. ފުލުހުންނެއް ކޯޓުތައް ޖަވާބުދާރީ ކުރާނެ މުއައްސަސާއެއް ނެތް. ދެން ކިހިނެތްތޯ އަދްލު އިންސާފް ޤާއިމް ކުރެވޭނީ. މިއީ ހާލަތަކީ. އެހެންވެގެން ރާއްޖޭގެ ސިޔާސީ މީހުން ޚިޔާލު ތަފާތުވިއަސް ރާއްޖެއާމެދު ކަންބޮޑުވާތީ އެއްގަލަކަށް އަރާ ރާއްޖެ ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. މިކަން މިއަދު ނުކޮށްފިއްޔާ ދަރިނާ ދަރިންގެ ދަރިން ބަދުބަސް ބުނާނެ.

24 އެޕްރީލު 2017 | 21:49

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ޖަލްސާ ފަށައިފި