ސޯޝަލް މީޑިއާ އެކްޓިސްޓް ޔާމީން މަރާލާފައި އޮތްވާ ފެނުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން
ޓްރާންސްޕޭރެންސީ ބަޔާން
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާއި ދެކޮޅަށްދޭ ހަމަލާތަކެއް ކަމަށާއި މި މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައްވައިފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނުގައި ވަނީ އާދިއްތަ ވިލޭރޭ، ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނު ރަޝީދަކީ ރާއްޖޭގެ ސިޔާސީ މާހައުލު ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާ އަދި ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމަކަށް ގެނައުމަށް ކެންޑިނޭޅި ވަކާލާތުކުރަމުން އާއި މީހެއް ކަމުގައި ފާހަގަކޮށްފަ އެވެ.
ޔާމީންގެ މަރު: އެމެރިކާ އަދި ކެނެޑާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
ގިނަ ބަޔަކު ދަނީ ޔަމީނުގެ މަރާ ގުޅިގެން ތަހުގީގު ކުރަމުން
ޔާމީނުގެ މަރު
ޔާމީނު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ފުލުހުންނަށް މީހަކު ރިޕޯޓް ކުރުމުން ފުލުހުން
ޔާމީނުގެ މަރާގުޅިގެން ބައެއް ފަރާތްތަކުން ކޮށްފައިވާ ޓްވީޓްތައް
ޔާމީނުގެ މަރާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނުގެ ބަސް
އެންމް ފަހުގެ ޓްވީޓް
ޔާމީން އެންމެ ފަހުން ކުރި ޓްވީޓްގައި ހަމައެކަނި ވަނީ ރަތްކުލައިގެ ފުއްޕާ ހަމެއް
އިންސާފު ހޯދޭނީ މިނިވަން ތަހުގީގަކުން
ޔާމީން ރަޝީދަަށް އިންސާފު ހޯދައިދެވޭނީ މިނިވަން، އަދި ބައިނަލްއަޤްގާމީ ފަރާތްތަކުން ބައިވެރިވާ ތަހުގީގަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވެފައިވަނީ ވަރަށް ހިތްވަރުގަދަ އަޑެއް އަނިޔާވެރި ގޮތަކަށް ހުއްޓުވާލާފައިވާ ކަމަށެވެ.
ނޫސްވެރިންނާއި ބްލޮގަރުންގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ނުރައްކާ
ޔާމީން އަށް ހަމަލާދީ މަރާލާފައި މިވަނީ ނޫސްވެރިންނާއި ބްލޮގަރުންގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް އެކި ކަހަލަ އިންޒާރުތަކާއި އަނިޔާތައް ދެމުންދާ ދަނޑިވަޅެއްގަ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާ ފަރާތްތަކަށް ގޮންޖެހުންތަކާއި އިންޒާރުތައް ދަނީ ކުރިމަތިވަމުން
ކުރިންވެސް މަރުގެ އިންޒާރުދީފައިވޭ
ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދަށް ކުރިންވެސް މަރުގެ އިންޒާރު ދީފައިވޭ، ޔާމިންގެ ބައެއް ގާތް އެކުވެރިން ބުނާގޮތުގައި މަރުގެ އިންޒާރު ދިން މައްސަލަ ކަމާއިބެހޭ ފަރާތްތަކާއިވެސް ވަނީ ހިއްސާކޮށްފައި، މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އޭނާގެ ފޭސްބުކް ޕޭޖްގައި ޝެއާކޮށްފައިވާ ޕޯސްޓެއްގައި އޭނާއަށް މަރުގެ އިންޒާރު ދީފައިވާ މެސެޖްގެ ސްކްރީން ޕްރިންޓެއް ސެއާކޮށްފައިވޭ، މީގެ އިތުރުން 2014 ވަނަ އަހަރު ޖޫންމަހުގައި ވެސް މަރުގެ އިންޒާރުދިން މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށް ޔާމިންެވެސް ބުނެފައިވޭ
މަތީގައި އެވަނީ މަރުގެ އިންޒާރުދީގެން ޔާމިން އެކަން ފުލުހުންނަށް ހުށަހެޅިކަން ހަމާކޮށް، ކޮށްފައިވާ ޓްވީޓެއް.
ޔާމިންއަށް ދީފައިވާ އިންޒާރުގެ މެސެޖެއް އޭނާގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައި
ޔާމީން ފެނުނު ސަރަހައްދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ
ޔާމީން ފެނުނު ސަރަހައްދު ކޯޑަން ކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި
މަރާލުމުގެ ކުރިން އެތައް ފަހަރެއްގެ މަތިން މަރުގެ އިންޒާރު ދީފައިވޭ
ޔާމީން އަށް ހަމަލާދީ މަރާލުމުގެ ކުރިން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އޭނާއަށް މަރުގެ އިންޒާރުތައް ދީފައިވޭ. އެފަދަ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭ. އެންމެ ފަހުން މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ޖެނުއަރީ މަހުގެ ތެރޭގައި
ފެނުނީ ބިސްބުރު ކައިރީ ހުރި ގެއެއްގެ ސިޑި ކައިރިން
ފުލުހުންގެ މީޑިއާއިން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދިން ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 02:59 ހާއިރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މަރާލާފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާފަންނު ބިސްބުރު ކައިރިއަށް ދިޔައިރު، އެސަރަހައްދުގައި ހުރި ގެއެއްގެ ސިޑި ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށް
ޔާމީން މަރުވީ ތޫނު އެއްޗަކުން ދިން ހަމަލާތަކަށް ދަރުވާދެމުން ދަނިކޮށް ކަމަށް އައިޖީއެމްއެޗް އިން ބުނޭ
ސޯޝަލް މީޑިއާ އެކްޓިވިސްޓް، އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އޭނާ އަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް، އެ ހޮސްޕިޓަލުން ބުނެ
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން މަރާލުން
ސޯޝަލް މީޑިއާ އެކްޓިވިސްޓް، އުމުރުން 29 އަހަރުގެ ޔާމީން ރަޝީދަށްތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާފެނިއްޖެ.
ޔާމީންގެ ބްލޮގް: ދަ ޑައިލީ ޕެނިކް
ޔާމީންގެ ޓްވިޓާ