އެމްޑީޕީގެ މާފުށީ ޖަލްސާ

  • މުހައްމަދު ޝިފާޒް
  • މެމްބަރު ނާޒިމް
  • މުުރުޝިދު އަބްދުލް ހަކީމް
 
Writer Profile Picture
ރިޒްނާ ޒަރީރު
މުހައްމަދު ޝިފާޒް

ައީސް ޔާމިންގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އެމްޑީޕީގެ ކައުންސިލެއް ނުލިބިއްޖެ ނަމަ ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތް. ސަރުކާރާއި ސުވާލު ކުރަން ޖެހޭނެ. ރައީސް ޔާމިންގެ ފެކްޝަނަށް ކައުންސިލްދީފި ނަމަ ކަންކަން ކޮށްދޭނެއޭ ބުނުމުން ލަދުވެތިވޭ. ރާއްޖޭގެ ރައްޔިތުން ރައީސް ޔާމިންއާއި ދެކޮޅަށް ވޯޓްދޭން ޖެހޭ. ޕީޕީއެމްގެ ކެންޑިޑޭޓުންނެއް ސާފެއް ނުވޭ. ކޮން ރަށަކަށް ދަތުރުކުރެވެމުންދާއިރު މަދު ރަށަކުން އަޑު އިވެނީ ރައީސް ޔާމިން އަށް ތާއީދުކުރާ.  ރައީސް ޔާމިންގެ ވެރިކަމުގެ މައްޗަށް ކާމިޔާބު ހޯދާނަން. ސީދާ ރައްޔިތުންގެ ބާރުވެރި ކައުންސިލެއް ހޯދާނަން.

23 އޭޕްރިލް 2017 | އާދީއްތަ 04:21
Writer Profile Picture
ރިޒްނާ ޒަރީރު
މެމްބަރު ނާޒިމް

ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަން ވަރަށް ބޮޑުތަން އިތުރުވެއްޖެ. ރައްޔިތުން ގުނބޯ ހައްދައިގެން ދެން ނޫޅެވޭނެ. ރައީސް ޔާމިން އިންތިހާބަށް ނުފޫޒު ފޯރުވަމުން ގިސް އިންތިހާބު ދަނީ ލަސްކުރަމުން. ރައީސް ޔާމިން ބޮޑުތަނުން ބަލިކުރާނަން. މާފުއްޓަކީ ލާމަސީލު ނަމޫނާއެއް. ރައީސް ނަޝީދު ސިޔާސަތުތައް ރައްޖޭގެ އކި ކަންކޮޅުތަކުން ފެނިގެންދަނީ. ޤާސިމް އިބްރާހިމް ވަނީ ހައްޔަރުކޮށްފައި.

23 އޭޕްރިލް 2017 | އާދީއްތަ 04:05
Writer Profile Picture
ރިޒްނާ ޒަރީރު
މުުރުޝިދު އަބްދުލް ހަކީމް

ބަނދަރު ދައްކަވާފައި ތަރައްޤީ އޭ ބުންޏަސް އެއީ ތަރައްޤުީ އެއް ނޫން. ގާފަރު ސްކޫލުގައި އެޅޭ ކްލާސް ރޫމަކީ ރައީސް ނަޝީދު ސަރުކާރުން ބަޖެޓް ލިބިފައިވާ މަސައްކަތެއް. ހަޤީގަތް އޮޅުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމީ ދެރަކމަެއް. 

23 އޭޕްރިލް 2017 | އާދީއްތަ 03:30
Writer Profile Picture
ރިޒްނާ ޒަރީރު
ރޮޒެއިނާ އާދަމް

ރައީސް ޔާމިން ވިދާޅުވާ ގޮތަށް އެބޭފުޅަކު ހުންނެވި ޕާޓީއެއްގައި ހުންނަވާ. ތަރައްޤީއަކީ ވައްކަމެއް ނޫން. ކޮރަޕްޝަނެއް ވެސް ނޫން. ރައްޔިތުން ގުބޯ ހައްދައިގެން ފެންގުޅުމެއް ނޫން. މިނިވަން ކަމާއި އެކީ ރައްޔިތުން ދޫކޮށްލުމުން ގައުމު ތަރައްޤީ ވެގެންދާތަން ރައީސް ޔާމިން އަށް ދައްކައިދޭން. ކޮންމެ ރައްޔިތެއްގައިވެސް ޒިންމާއެއް އެބައޮތް. ކޮންމެ ރައްޔިތެއްގައި އަތުގައި އޮތް ވޯޓް ލުމުގެ ހަތިޔާރުގެ ބޭނުން ހިފާ. ރައީސް ޔާމިންއާއި ދެކޮޅަށް ވޯޓް ދެއްވާ، މިބަދަލު ގެންނާނަން.

23 އޭޕްރިލް 2017 | އާދީއްތަ 03:22
Writer Profile Picture
ރިޒްނާ ޒަރީރު
ރޮޒެއިނާ އާދަމް

ފުލުހުންވަނީ ދިދައެއް ވަގަށް ނަގާފައި. މިދިދަ ދަނޑި މާ އުހީ. ސައިޒަށް ނުފެތޭ ގޮތަށް ހުރި ޕީޕީއެމްގެ  ދިދަވެސް ނަގާ. އިންސާފުން ބޭރުން މުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަކަމުން. މިއީ ގައުމަށް ޖެހިފައި ހުރި މުސީބާތަކީ ކޯޓުން ވެރިކަން ހޯދައިގެން ހުރި ރައީސް ޔާމިންގެ ސަރުކާރު. ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒާއި ފުއާދު ތައުފީގަށް ވަރަށް ބޮޑަށް ޝުކުރުއްޔާ، ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކެވީތީ. މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ދަންނަވަން އޮތީ މިބޭފުޅުންގެ މިސާލު ނަންގަވާ. ވައްކަމުގެ ލާރި ގޯނިތައް ކޮނޑުގައި އަޅުވައިގެން ދިޔުމަށްވުރެ ރައްޔިތުންގެ ލޯބި ހޯދުން މާރަނގަޅު. ފުރަތަމަ އަންހެން ޕީޖީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަންހެނުން ލަދުވެތިވާ ގޮތަށް. އަމާނާތްތެރިކަމާއި އެކީ މަސައްކަތް ކުރުމަށް ގޮވާލަން. ޕީޖީ ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން. ރައީސް ޔާމިން ބިރުން އުޅުއްވަނީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިދާނެތީ. ޕީޖީ ކުރައްވާ މަސައްކަތުން ސަރުކާރު ޖަވާބު ދާރީ ކުރުވަން ހުރަސްއެޅިގެންދާނެ. އިންޓެލިޖެންސް ރިޕޯޓް ބަލާލަން. ޤާސިމް ހައްޔަރުކޮށްގެން އުޅޭއިރު ކޮބައިތޯ ހެކި. ޕީޕީއެމްގައި ޖޭޕީގެ މެމްބަރުން ތިބީމަ ލަދު ގަންނަން ޖެހޭ. ކޮބައިތޯ ހަޤީޤީ ޕީޕީއެމްއަކީ.

23 އޭޕްރިލް 2017 | އާދީއްތަ 03:19
Writer Profile Picture
ރިޒްނާ ޒަރީރު
ކުރީގެ ކައުންސިލރަ މުސްތަފާ

މާފުށީ ބަނދަރު ހަދާ ނިމިފައި އޮތީ. އެހެން ނަމަވެސް ބަނދަރު ކައިރި ގާކޮޅެއް މިސަރުކާރަކަށް ނޭޅޭ. ބަނދަރު އޮތީ ތޮއްޖެހިފައި. މާފުއްޓަށް ބޭނުންވޭ އިތުރު ފާލަމެއް އަޅަން. އެކަން ނުކުރެވި ފަނަރަ މަސް ދުވަސް ހޭދަ ވުމަކީ އަދިވެސް ޕީޕީއެމް ކައުންސިލްއެއް އޮންނަން ޖެހޭ ކަމެއްތޯ

23 އޭޕްރިލް 2017 | އާދީއްތަ 03:08
Writer Profile Picture
ރިޒްނާ ޒަރީރު
މުސްތަފާ

ސަރުކާރަށް ޕްރެޝަރ ކޮށްގެން ކަންތައް ކުރެވުމަކީ ޤާބޫލުކުރާނެ ކަމެއް ނޫން. އިންތިހާބު ނިމިގެންދާއިރު މާފުށީގައި ފުޓްސަލް ދަނޑެއް އެޅިގެން ނުދާނެ. ރައްޔިތުންގެ ވިންދާއި އެއްގޮތަށް މަސައްކަތް ކުރާ ސަރުކާރެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރަން. މާފުށީގެ ރައްޔިތުން ބޭނުންވަނީ އަހުލުވެރި ދިރިއުޅެއް އުޅެން. ރައްޔިތުންނަށް ބިން ދޫކުރެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރެއް ގޮވާލަން. ކައުންސިލުން އޮތީ އެކަން ފާސްކޮށްފައި.

23 އޭޕްރިލް 2017 | އާދީއްތަ 03:05
Writer Profile Picture
ރިޒްނާ ޒަރީރު
އަލީ ނިޔާޒު

ސާޅީސް ދޭއް އެއީ ވަރަށް ނުރައްކާތެރި އަދަދެކެވެ. އެގޮތުން އެމްޑީޕީ އުފެެއްދުނީ ވެސް އެ އަދަދުންނެ އެވެ. މިވެރިކަން ބަދަލު ކުުރަން އެބަ ޖެހޭ. މާފުށިން ފެންނަ ތަރައްޤީގެ އަސްލަކީ އެމްޑީޕީގެ ސިޔާސަތު. 

23 އޭޕްރިލް 2017 | އާދީއްތަ 02:51
Writer Profile Picture
ރިޒްނާ ޒަރީރު
އެމްޑީޕީގެ މާފުށީ ޖަލްސާ

ކައުމްސިލް އިންތިޙާބުގައި މިރޭ އެމްޑީޕީން ޖަލްސާ ބާއްވަނީ ކ. މާފުށީގައެވެ.

23 އޭޕްރިލް 2017 | އާދީއްތަ 02:35