ފަލަސުރުހީ

  • ހަތަރު ލީޑަރުން ވަނީ ގައުމުގެ މަސްލަހަތު އިސްކުރައްވާފަ
  • 2018 ވަނަ އަހަރުގައި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ފެންނާނެ ކަމަށް ގަބޫލެއް ނުކުރަން: އަލީ ހުސައިން
  • ސަރުކާރުން މީރާ ބޭނުން ކުރަނީ ރައްޔިތުންގެ އަތުން ފައިސާ ފެލުމަށް: އަލީ ހުސައިން
 
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ހަތަރު ލީޑަރުން ވަނީ ގައުމުގެ މަސްލަހަތު އިސްކުރައްވާފަ

ލޯތްބަކުން ގަދަބާރުން ނުހޯދޭނެ. ލޯބި ހޯދޭނީ، ރައްޔިރުންނަށް އެހީތެރިކަން ފޯރުކޮށްދީގެން، އަޅާލައިގެން. ޕީޕީއެމް އަށް ހެޔޮއެދިގެން، ސޮއި ކުރާ މީހުންނެއް ނެތް.

 

ހަތަރު ލީޑަރުން އެކުވެގެން، މިކުރާ މަސައްކަތް ކާމިޔާބު ވާނެ. ރައީސް ޔާމީން  ހިސާބު/ ދިޔަ ނުޖަހާ ދިމާލަކަށް ގައުމު މިވަނީ ގޮސްފަ

 

 

17 އޭޕްރިލް 2017 | ހޯމަ 03:13
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
2018 ވަނަ އަހަރުގައި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ފެންނާނެ ކަމަށް ގަބޫލެއް ނުކުރަން: އަލީ ހުސައިން

ވަރަށް އަނިޔާވެރިކޮށް. ހުދުމުހުތާރުކޮށް މި ސަރުކާރުގެ ކަންކަން ހުރީ. ދައުލަތުގެ ހުރިހާ މުއައްސަސާ އަކީ ވެސް އިންސާފުވެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ. މީރާއިން ދަނީ އަމިއްލަ އަށް އަމިއްލަ ކަރު ބުރި ކުރަމުން. ބައެއް މެންބަރުން އެބައުޅެއޭ، އެބޭފުޅުންގެ މުސާރައާއި އެކަށޭނަ ނުވާ މުއްސަދިކަން ލިބިފައިވާ މެންބަރުން. ނުހައްގު މުއްސަދިކަމަކީ، ކުށެއް ކަމަށްވާނަމަ، މިފަދަ ގޮތްގޮތަށް މުއްސަދިވެފައިވާ ވަރަށް ގިނަ މެންބަރުން އެބަތިބި. އޭގެ ތެރެއިން ގިނަ މެންބަރުންނަކީ، ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުން. މިހާރު ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީއަށް މިއީ ރަނގަޅު ކަމެއް ނޫން ކަން އެނގިފައި. ރައީސް ޔާމީނުގެ ސަބަބުން، ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ނެތޭ. މުޅި ގައުމުގެ ހިންގުން މިވަނީ އެފުއް މިފުށަށް ޖެހިފައި.

17 އޭޕްރިލް 2017 | ހޯމަ 03:04
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ސަރުކާރުން މީރާ ބޭނުން ކުރަނީ ރައްޔިތުންގެ އަތުން ފައިސާ ފެލުމަށް: އަލީ ހުސައިން

މެންބަރުންގެ މައްޗަށް ކިތައްމެ ވަރަކަށް ދައުވާ ކުރިޔަސް މިހާރު މިވަނީ 42 މެންބަރުންނަށް ވުރެ އިތުރުވެފަ. ގައުމުގައި ފައިސާ ބަދަލު ކުރެވެމުން ދިޔަގޮތް. އިސްރާފު އިންތިހާ އަށް ކުރަމުންދަނީ. ކޮރަޕްޝާނުގެ މައްސަލަވެސް އިންތިހާއަށް. މި ސަރުކާރު ކޮރަޕްޝަން ހިންގާ މައްސަލަ މިއޮތީ ސާފުކޮށް ފެންނަން. ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާ ވަރަކަށް ލޯނު ނެގޭގޮތަށް ވަނީ އިސްލާހަށް ބަދަލު ގެނެސްފަ.

 

ބިޑަކަށް ނުގޮސް، ބޭނުންހާ ގޮތަކަށް، ޕްރޮޖެކްޓްތައް ދެމުން ގެންދަނީ. މިކަން ރައްޔިތުންނަށް ދަނީ ފެންނަމުން. ފައިސާގެ ތާށިކަން އިންތިހާހަށް ބޮޑުވުމުން މިފްކޯ އަށް ވެސް ދައްކަންޖެހޭ ފައިސާ ހަ މަސް ވެއްޖެ ނުދައްކާތާ.

17 އޭޕްރިލް 2017 | ހޯމަ 02:55
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ރައީސް ޔާމީނުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ވަނީ ފެނިފައި: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހަކީ ގައުމު އިސްކޮށްގެން މަސައްކަތް ކުރާ މަޖިލީހަކަށް ހެދުމަށް މަސައްކަތް ވަނީ ފެށިފައި. ރާއްޖޭގައި ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަކީ، މަގާމުން ދުރުކުރައްވަފާނެތީ އެކަމުގެ ބިރުން ތިބި ބޭފުޅުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ވީހާވެސް އަވަހަކަށް ޖޫން މަސް ފެށެންވާއިރަށް އޮންނާނީ، މަޖިލީހުގެ ރައީސުގެ ނޯ ކޮންފިޑެންސް ވޯޓް ލާން ބޭނުންވާ ހުރިހާ ތައްޔާރީތަށް ނިމިފަ. މިހާރު އަޅުގަނޑުމެންނަށް 42 މެންބަރުންނަށް ވުރެ އިތުރަށް ލިބިއްޖެ ކިތަންމެ ވަރަކަށް ކެކުނަސް ފަނޑިޔާރުން އިންސާފުން މަސައްކަތް ކުރީމާ، މިހާރު ދިމާވެފައިވާ ހުރިހާ ކަމެއް ނިމިގެންދާނެ.

17 އޭޕްރިލް 2017 | ހޯމަ 02:48
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ބޭނުންވާ 42 މެންބަރުން ހަމަވެއްޖެ: އަލީ ހުސައިން

ރައީސް ޔާމީނަށް ލޯޔަލް، މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިބޭނީ، 13 ނުވަތަ 14 މެންބަރުން. އޭގެ އިތުރުން، އެމްޑީއޭގައި ތިބި މެންބަރުންވެސް އަންނަނީ އިދިކޮޅު ފަރާތްތަކާއި ގުޅުމަށް ތައްޔާރުވަމުން. ތަރައްގީއަކީ 20 މިލިއަނަށް ހެދޭ ބަނދަރެއް 40 މިލިއަން ރުފިޔާ ހޭދަކުރުމެއް ނޫން. ރައްޔިތުންގެ ގިނަ ބަޔަކަށް، ވަރަށް ސާފުކޮށް އެނގޭ މި ސަރުކާރުގެ ތަރައްގީއޭ ކިޔައިގެން އެއުޅެނީ ކޮރަޕްޝަނަށް ކަމަށް.

17 އޭޕްރިލް 2017 | ހޯމަ 02:42
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މި ސަރުކާރުގެ ފޮތުންނަމަ، ގާސިމްގެ މައްސަލައިގައި ފުލުހުންގެ މައްޗަށް ކުރަންޖެހޭނީ ޓެރަރިޒަމްގެ ދައުވާ: އަލީ ހުސައިން

މިއީ ރައީސް ޔާމީންގެ ސަރުކާރުގައި މިފަދަ މައްސަލަތަކުގައި ނިންމާގޮތް. ހައިކޯޓުގެ ހުކުމްގައި ވަނީ، މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަން ހާމަކޮށްފަ. މިއީ ފުލުހުން ހިތުން ރުހުމަކުން ކުރާ ކަމެއް ނޫން. އެހެން ނަމަވެސް ރައީސް ޔާމީން ކުރައްވާ ޕްރެޝަރާ ގުޅިގެން މަޖުވޫރުވެގެން ކުރައްވާ ކަންކަން. އެއާ އެކީ އެގޮތަށް ކަންކަން ކުރުމުން މިހާރު އެއޮތީ އަތަށް ގޮވާފަ.

17 އޭޕްރިލް 2017 | ހޯމަ 02:41
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ފަލަސުރުހީ

މިރޭގެ ފަލަސުރުހީގެ މެހެމާނަކީ ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން 

17 އޭޕްރިލް 2017 | ހޯމަ 02:32