Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިޔާދާގެ މަރުގެ މައްސަލަ

ޒިޔާދާގެ މަރުގެ މައްސަލަ: ޝާހު ކަރަންޓީންގައި ހުރުމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

20 ސެޕްޓެމްބަރު 2020 | އާދީއްތަ 10:06

ދައުވާ ލިބޭ ޒިޔާދާގެ ކުރީގެ ފިރިމީހާ ޝާހު ހުރީ ކަރަންޓީނުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 10:06
ޒިޔާދާގެ މަރުގެ މައްސަލާގައި ދައުވާކުރާ، ކުރީގެ ފިރިމީހާ ޝާހު

ޒިޔާދާގެ މަރުގެ މައްސަލާގައި ދައުވާކުރާ، ކުރީގެ ފިރިމީހާ ޝާހު

ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލާގައި އާދިއްތަ ދުވަހު ހައިކޯޓުގައި ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ހައިކޯޓުން ބުނީ، އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށް އެ ކޯޓުގައި ތާވަލް ކުރި އެ އަޑުހުން ކެންސަލް ކޮށްފައިވަނީ، ދައުވާ ލިބޭ ޝާހު ކަރަންޓީންގައި ހުރުމުން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ކޮވިޑް-19 އިން ރާއްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގެ އަލާމާތެއް ނުވަތަ ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވާ މީހުން ގެންދަނީ ކަރަންޓީނު ކުރަމުންނެވެ.

ޒިޔާދާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާ އެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މީގެ ހަތަރު އަހަރު ކުރިން 2015ގެ ޑިސެމްބަރ 28 ގައި ޒިޔާދާ މަރުވި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ވެސް އޭނާއަށް ޖިސްމާނީ މައްސަލަތައް ކޮށްފައިވާކަން ފާހަގަވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، ޝާހު، ޒިޔާދާއަށް އަނިޔާ ކުރީ އެ ދެމީހުން ވަކިން ދިރިއުޅެމުން ދަނިކޮށެވެ. ޒިޔާދާ މަރުވުމުގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އަދި މާލޭގައި ހުންނަ ޑރ. ޔަގާނެގީ ކްލިނިކަށް ވެސް ދެއްކި އެވެ. އޭނާ މަރުވީ އޭގެފަހުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި، މިދިއަ އަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހު، ޝާހުގެ މައްޗަށް އުފުލި އެ ހަތަރު ދައުވާވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވަނީ ހުކުމް ކުރައްވައިފަ އެވެ. އެ ހުކުމާއެކު ގިނަ ފާޑުކިޔުންތަކެއް ކޯޓުތަކަށާއި ޝާހު އަށް އަމާޒުވިއެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. އަޑުއެހުންތައް ސިއްރު ކުރީ ޕީޖީ އިން އެދުމުންނެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ހައިކޯޓުގައި ވެސް އެ މައްސަލައިގެ އަޑުއެހުންތައް ސިއްރު ކުރަން ޕީޖީއިން ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް