Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިލްވާންގެ މައްސަލަ

ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ފޮނުވާފައެއް ނުވޭ: ހައިކޯޓު

ރިލްވާނު ގެ މައްސަލަ އިސްތިޢުނާފު ކުރުމަށް ޤަސްދުކުރައްވާކަމަށް ވިދާޅުވެ، 2018 ވަނަ އަހަރު ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއެއް ފޮނުއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2019 | ހޮނިހިރު 06:31
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދް ރިލްވާނު އާއި އޭނާގެ މަންމަ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދް ރިލްވާނު އާއި އޭނާގެ މަންމަ

ރިލްވާންގެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ފޮނުވާފައެއް ނުވާ ކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ ރިލްވާނުގެ މައްސަލަ އިސްތިޢުނާފު ކުރުމުގެ ހުއްދަ ދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރައްވާފައިވާ ޓްވީޓާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ހައިކޯޓުން ނެރުނު ބަޔާނުގައި ވަނީ ރިލްވާނު ގެ މައްސަލަ އިސްތިޢުނާފުކުރުމަށް ޤަސްދުކުރައްވާކަމަށް ވިދާޅުވެ، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވީ ބުރާސްފަތި ދުވަހު، ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެގޮތުން އެ ސިޓީގައި ރިލްވާނުގެ މައްސަލަ އިސްތިޢުނާފު ކުރެއްވުމަށް ޤަސްދުކުރައްވާތީ، އެ މައްސަލައިގެ ޝަރީޢަތް ނިމުމުގެ ގޮތުގެ ރިޕޯޓް ލިބިވަޑައިގަތުމުން މައްސަލަ އިސްތިޢުނާފު ކުރުމަށް ހުށަހެޅުއްވުމުގެ ހުއްދަ ދެއްވުން އެދިވަޑައިގެންފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އަދި މައްސަލައާއި ގުޅިގެން ހައި ކޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދެމެދު މީގެ އިތުރުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ހައި ކޯޓުން ޕީޖީ އޮފީހަށް ޖަވާބު ދީފައިވީ ނަމަވެސް، އެ ފަހުން އެއް އަހަރު ދުވަސްވެފައިވާއިރުވެސް މައްސަލަ އިސްތިޢުނާފު ކުރައްވާކަށް ވެސް އަދި އިސްތިޢުނާފު ކުރުމުގެ ހުއްދައަށް ވެސް އެދި އެ ކޯޓަށް ފޮނުއްވާފައި ނުވާކަމަށް ވެއެވެ.

ހައިކޯޓުން ވަނީ ރައްޔިތުންގެ ހިތްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަގު ވެއްޓޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޓްވީޓު ނުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އިލްތިމާސް ކޮށްފައެވެ.

ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލްއަކުން ނިންމާ ނިންމުން އިސްތިޢުނާފަށް މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތުކަމުގައި ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިޢުނާފުކުރުމުގެ ހުއްދައަށް އެދިކަމުގައި ކަމަށާއި މި މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާއި މެދު ގޮތެއް ނިންމޭނެ ކަމުގައި ހައިކޯޓުން 2018 އޮގަސްޓް މަހުގެ 6 ދުވަހުގައި ދިން ޖަވާބުގައި ވާކަމަށް ބަޔާނުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު