Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމްޕެރަރ އަކިހީޓޯ

އެމްޕެރަރ އަކިހީޓޯ: އަސަރުން ފުރިގެންވާ ވަދާއީ ތަގުރީރެއް

23 ޑިސެމްބަރު 2018 | އާދީއްތަ 20:20

އަކިހީޓޯ ވެގެންދިޔައީ ޖަޕާނުގެ 125 ވަނަ އެމްޕެރާ އަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ޑިސެމްބަރު 2018 | އާދީއްތަ 20:20
އެމްޕެރަރ އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރު

އެމްޕެރަރ އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރު

އޭޕްރީލް މަހު މަގާމު ދޫކޮށްލެއްވުމުގެ ކުރިން އުފަން ދުވަހެއްގައި ދެއްވާނެ އެންމެ ފަހު ތަގުރީރު ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ދެއްވި ދަރުބާރަށް 80،000 އަށްވުރެ ގިނަ މީހުން ހާޒިރުވެ އެ މަނިކުފާނަށް އިހުތިރާމް އަދާކޮށްފިއެވެ.

އުމުރުފުޅުން 85 އަހަރުފުޅުގެ އަކިހީޓޯ ވިދާޅުވީ އެ މަނިކުފާނުގެ އެމްޕެރަރކަމުގައި ޖަޕާނު އިތުރު ހަނގުރާމައެއްގައި ބައިވެރިނުވެ ދިއުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާކަމެއް ކަމަށެވެ.

ޖަޕާނުގެ ރައްޔިތުންނަށާއި އެ މަނިކުފާނުގެ އަނބިކަނބަލުން އެމްޕްރެސް މިޝިކޯ ދެއްވެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވީ ވަރަށް އަސަރާއެެކުއެވެ.

އެމްޕެރަރ އަކިހިޓޯވަނީ ޖަޕާނުގެ ރައްޔިތުންގެ ތެރެއިން ބިންހެލުންތަކާއި ތޫފާނުތަކާއި އަދި ހީޓްވޭވް ފަދަ ކަންކަމުގައި ވޭތުދިޔަ ދުވަސްތަކުގައި މަރުވެ ގޮސްފައިވާ މީހުންގެ އާއިލާތަކަށް ތައުޒިއާ ވިދާޅުވެ ހަމްދަރުދީ ފޮނުއްވާފައެވެ.

އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ވަޒީރުންގެ މަޖިލީހުން ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ތަހުތުން ފައިބައި ވަޑައިގަތުމަށް އެމްޕެރާރ އަކިހީޓޯ ނިންމެވި ނިންމެވުން ގަބޫލު ކުރައްވާފައެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 2016 ވަނަ އަހަރުގެ ޖޫން މަހު ޖަޕާންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނުނެއްގެ ދަށުން އަކިހީޓޯ ބޭނުންފުޅުވާ ދުވަހަކުން ތަހުތުން ފައިބައި ވަޑައިގަތުމުގެ ބާރު ދެވުނުއެވެ. މި ގާނޫނުގެ ސަބަބުން އަކިހީޓޯ ވެގެންދަނީ ވޭތުވެދިޔަ 200 އަހަރުތެރޭ އަމިއްލަފުޅު ނިންމެވުމަށް ތަހުތުން ފައިބައި ވަޑައިގަންނަވާ ޖަޕާނުގެ ފުރަތަމަ އެމްޕެރާއަށެވެ. މި ގާނޫނު ފާސް ކުރެވިގެންދިޔައީ 2016 ވަނަ އަހަރުގެ ތެރޭ ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ތަހުތު ދޫކޮށްލައްވަން ބޭނުންފުޅުވާހަކަ އަކިހީޓޯ ހާމަކުރެއްވުމުންނެވެ.

އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ އެ މަނިކުފާނުގެ ބައްޕާފުޅު ހިރިހިޓޯ ނުވަތަ އާންމު ނަމުންނަމަ އެމްޕެރާ ޝޯވާ އަވަހާރަވުމާ ގުޅިގެންނެވެ. އަކިހީޓޯ ވެގެންދިޔައީ ޖަޕާނުގެ 125 ވަނަ އެމްޕެރާ އަށެވެ.

ހިތުގެ އޮޕަރޭޝަނެއްކުރައްވާފައިވާ އަދި ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އެމްޕެރަރއަށްފަހު ތަޚުތަށް ވަޑައިގަންނަވާ އަކިހީޓޯގެ ދަރިކަލުން ޕްރިންސް ނަރުހީޓޯ ތަހުތަށް އަރާވަޑައިގަންނަވާނީ 2019 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ޖުލައި 2019

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަދާއީ ތަގުރީރުދެއްވައިފި

24 ޖުލައި 2019
އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަދާއީ ތަގުރީރުދެއްވައިފި
30 އެޕްރީލު 2019

ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންކަން އިއުލާނު ކުރައްވައިފި

30 އެޕްރީލު 2019
ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންކަން އިއުލާނު ކުރައްވައިފި
30 އެޕްރީލު 2019

ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންނެވުމުގެ ފަހު މަރުހަލާގައި

30 އެޕްރީލު 2019
ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންނެވުމުގެ ފަހު މަރުހަލާގައި
08 ޑިސެމްބަރު 2017

އެމްޕެރާރ އަކިހީޓޯ ތަހުތުން ފައިބައި ވަޑައިގަންނަވާނެ ދުވަހެއް ކަނޑަޅައިފި

08 ޑިސެމްބަރު 2017
އެމްޕެރާރ އަކިހީޓޯ ތަހުތުން ފައިބައި ވަޑައިގަންނަވާނެ ދުވަހެއް ކަނޑަޅައިފި
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް