Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. މުލި

މުލީގެ މަގުތަކަށް ނަޖިސް ބޭރުވާ މައްސަލަ ބޮޑުވެއްޖެ

10 ނޮވެމްބަރު 2018 | ހޮނިހިރު 13:26

މަގުތަކަށް ނަޖިސް ބޭރުވާތާ 5 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ނޮވެމްބަރު 2018 | ހޮނިހިރު 13:26
މުލީގެ މަގުމަތަކަށް ނަޖިސް ފެން ބޭރުވެ ފެން ބޮޑުވެފައި: ފޮޓޯ: ކައުންސިލް

މުލީގެ މަގުމަތަކަށް ނަޖިސް ފެން ބޭރުވެ ފެން ބޮޑުވެފައި: ފޮޓޯ: ކައުންސިލް

މ. މުލީގައި ނަރުދަމާ ޕަމްޕުތައް ހަލާކުވެ މަގުތަކަށް ގިނަ އަދަދަކަށް ނަޖިސްފެން ބޭރުވަމުންދާ މައްސަލަ ބޮޑުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މުލީ ކައުންސިލްގެ ރައީސް އިބްރާހިމް ޒަކީ ވިދާޅުވީ އެރަށުގައި ނަރުދަމާ ނިޒާމް ގާއިމް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި، ނަމަވެސް ނަރުދަމާގެ ނިޒާމު ބަލަހައްޓާފައި ނުވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ ފަސް އަހަރު ނަރުދަމާގެ ޕަންޕުތައް މަރާމާތުކޮށްފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒަކީ ވިދާޅުވީ މަގުތަކަށް ނަޖިސް ބޭރުވާތާ 5 މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިމައްސަލަ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ފެނަކަ ކޯޕްރޭޝަންގެ އިސްބޭފުޅުންނާއި ބައްދަލުކޮށް މިމައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށާއި ހައްލު ކޮށްދޭނެ ކަމަށް ސަރުކާރުގެ އިސްބޭފުޅުން ވެސް ވިދާޅުވެފައިވިޔަސް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށް ޒަކީ ވިދާޅުވިއެވެ.

"2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ނަރުދަމާ ނިޒާމު ގާއިމް ކުރީ ލަންކާ ކުންފުންޏަކުން. މިހާރު ގާއިމް ކުރާ ނަރުދަމާ ނިޒާމާ ތަފާތުވި ނަމަވެސް ރަނގަޅު ފެންވަރަކަށް ގާއިމްކޮށްފައި ހުރީ. އެކަމަކު މިފާއިތުވެގެން ދިޔަ ފަސް އަހަރު މަރާމާތުގެ އެއްވެސް މަސައްކަތެއް ކޮށްފަ ނުވޭ. މަރާމާތު ނުކުރާ ނަމަ ކޮންމެ އެއްޗެއް ވެސް ހަލާކުވާނެ. މިހެން ކޮންމެ ދުވަހަކު ނަޖިސް ފެން ބޭރުވާތާ ފަސް މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެދާނެ. އެކަމަކު މާކުރިން މިމައްސަލަ ފެނިއްޖެ" ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ މިއަދަކީ އެރަށަށް ވިއްސާރަ ދުވަހެއް ނޫން ކަމަށާއި، ނަމަވެސް ރަށުގެ އެއްފަޅި ވާރޭވެހިގެން ފެންބޮޑުވާ ގޮތަށް ނަޖިސްފެންގަނޑު ބޮޑުވެފައި އޮތް ކަމަށެވެ. މިހެން ނަޖިސް ފެން ބޭރުވުމުން ފެނަކައިގެ މުއައްޒަފުން ނުކުމެ މެނުއަލް ޕަންޕުތަކުން ފެންގަނޑު ހިންދަނީ ކަމަށް ޒަކީ ވިދާޅުވިއެވެ.

މީގެ އިތުރަށް ޒަކީ ވިދާޅުވީ ނަޖިސް މަގުމައްޗަށް ބޭރުވާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ދާއިމީ ހައްލެއް ނުލިބޭތީ އެކަމާއި ހިތާމަ ކުރާ ކަމަށެވެ. އަދި ގޭގޭގެ ދޮރުމަތީގައި ނަޖިސް ފެންގަނޑު ހެދިފައި އޮންނާތީ ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނަ ވިދާޅުވިއެވެ.

މަގަށް ނަޖިސް ފެން ބޭރުވާތާ އެތައް ދުވަހެއް ވަނީ ވެފައި

ފާހާނާ ނަޖިސް ގިނަ އަދަދަކަށް ރަށުތެރެއަށް ފެތުރޭތީ ބަލިމަޑުކަމެއް ރަށަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތްކަން ފާހަގަކުރައްވައި ޒަކީ ވިދާޅުވީ ޑެންގޫ ހުމާއި، ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާމީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އާބާދީގައި ހާހެއްހައި މީހުން ދިރިއުޅޭ މުއްޔަށް ތަފާތު އެކި ބޭނުންތަކުގައި އެތޮޅުގެ ގިނަ ރަށްރަށުގެ މީހުން އެރަށަށް ޒިޔާރަތް ކުރެއެވެ. އެއަތޮޅުގެ ވެރިކަން ކުރާ ރަށަކީ މުއްޔަށްވާއިރު ބެންކް ޚިދުމަތް ލިބޭ ރަކަށް ހުރީ އެރަށް އެކަންޏެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް