Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެވަޓަންގެ ސަބަބުން ކަމަށް ބުނެ ވަޓްފޯޑްގެ ކޯޗު މަގާމުން ވަކިކޮށްފި

ސިލްވާ ގެންދިއުމަށް އެވަޓަން އިން މަސައްކަތް ކޮށްފައިވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 21 ޖެނުއަރީ 2018 | އާދީއްތަ 18:20
ވަޓްފޯޑްގެ ކޯޗުގެ މަގާމުން ވަކިކުރި މާކޯ ސިލްވާ، ޕްރިމިއަރ ލީގުގެ މެޗެއްގައި އެކްލަބަށް އިރުޝާދު ދެނީ

ވަޓްފޯޑްގެ ކޯޗުގެ މަގާމުން ވަކިކުރި މާކޯ ސިލްވާ، ޕްރިމިއަރ ލީގުގެ މެޗެއްގައި އެކްލަބަށް އިރުޝާދު ދެނީ

އެވަޓަންގެ އަމަލުތަކުގެ ސަބަބުން ކަމަށް ބުނެ، ވަޓްފޯޑްގެ ކޯޗުގެ މަގާމުން މާކޯ ސިލްވާ ވަކިކޮށްފި އެވެ.

ވަޓްފޯޑް އިން ނެރުނު ބަޔާނެއްގައި ވަނީ، އުމުރުން 40 އަހަރުގެ ސިލްވާ އެކްލަބުގެ ކޯޗުގެ މަގާމަށް މިދިޔަ މެއި މަހު ހަމަޖެއްސީ އެކްލަބަށް އިރުޝާދުދޭން އެންމެ ރަނގަޅު ފަރާތަކީ އޭނާ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ވަޓްފޯޑްގެ ހުއްދަނެތި ވާދަވެރި ކްލަބަކުން އޭނާ ގެންދިއުމަށް ކުރި މަސައްކަތްތަކާއެކުވެސް، އޭނާ އާއެކު ކްލަބަށް ކުރިއެރުން ލިބިދާނެ ކަމަށް ކްލަބުގެ ބޯޑުން ގަބޫލް ކުރި ކަމަށް އެބަޔާނުގައިވެއެވެ.

އަދި މިއީ ކުޑަކޮށް ނެގޭނެ މައްސަލައެއް ނޫން ކަމަށާއި، ސިލްވާ ވަކި ކުރުމަކީ އުނދަގޫ ނިންމުމެއް ކަމަށް އެކްލަބުގެ ބަޔާނުގައިވެއެވެ.

އޭނާ ވަކި ކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައި ވަނީ، އޭނާ ހޯދުމަށް އެވަޓަން އިން ކުރި މަސައްކަތް ކަމަށާއި، ކްލަބުގެ އަމާޒު ގެއްލި، ބޭނުންވާ ނަތީޖާ ނުނެރެވެނީ އެކަމުގެ ސަބަބުން ކަމަށް ވަޓްފޯޑްގެ ބޯޑުން ގަބޫލް ކުރާ ކަމަށް އެކްލަބުގެ ބަޔާނުގައިވެއެވެ. އަދި އެކަމުގެ ސަބަބުން ކްލަބުގެ މެނޭޖްމަންޓުން ދިގު މުއްދަތުގައި ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑި ހާސިލް ކުރުމަށް ދަތިވެފައިވާ ކަމަށް އެކްލަބުގެ ބަޔާނުގައިވެއެވެ. އަދި ސިލްވާ ވަކި ކުރުމަށް ނިންމީ ކްލަބުގެ ސަލާމަތާއި ކާމިޔާބީ އަށްޓަކައި މި ބަދަލު ގެންނަން ޖެހޭ ކަމަށް ބޯޑަށް ގަބޫލްކުރެވިގެން ކަމަށް ވަޓްފޯޑް އިން ބުނެއެވެ.

ވަޓްފޯޑްގެ މި ތުހުމަތުތަކަށް އެވަޓަން އިން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.

އެވަޓަންގެ ކޯޗުގެ މަގާމުގައި ހުރި ރޮނަލްޑް ކޮއެމަން މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ވަކި ކުރުމާއެކު، އެވަޓަންގެ ކޯޗަކަށް ސިލްވާ ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެވަޓަންގެ ކޯޗުގެ މަގާމުން ކޮއެމަން ވަކި ކުރީ، މިސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމަށް 140 މިލިއަން ޕައުންޑު ޚަރަދު ކުރި ނަމަވެސް، ސީޒަނުގެ ކުރީކޮޅު ދަށް ނަތީޖާތަކެއް ހޯދުމާއި ގުޅިގެންނެވެ. އޭނާ ވަކިކޮށްފައިވަނީ އާސެނަލް އަތުން ފަސް ލަނޑު ދެ ލަނޑުން އެވަޓަން ބަލިވިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

އޭނާގެ ބަދަލުގައި އެވަޓަންގެ ކޯޗަކަށް ސިލްވާ ގެންދިއުމަށް، ވޮޓްފޯޑާއެކު ސިލްވާ ހަދާފައިވާ އެއްބަސްވުން އުވާލުމަށް ބަދަލުގެ ގޮތުގައި ދައްކަންޖެހޭ 10 މިލިއަން ޕައުންޑު ދެއްކުމަށް އެވަޓަން އަށް ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސިލްވާ ގެންދިޔުމަށް އެވަޓަން އިން އޭނާ އާއެކު މަޝްވަރާތައް ބޭއްވި ކަމަށް ބައެއް ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެކަމާއި ގުޅޭ ގޮތުން ސިލްވާ މިހާތަނަށް މާގިނަ ވާހަކަތަކެއް ދައްކާފައިނުވި ނަމަވެސް، ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވެސްޓް ހަމް ޔުނައިޓެޑް އަތުން މޮޅުވި މެޗުގެ ކުރިންނާއި މެޗުގެ ފަހުންވެސް އޭނާ ވަނީ ވަޓްފޯޑްގައި އޭނާގެ ކުރިމަގާއި ގުޅޭ ގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް، ވަޓްފޯޑް އިން ވަނީ އޭނާ އަށް ރިލީސް ދޭން ބޭނުންނުވާކަން ހާމަކޮށްފައެވެ.

އެވަޓަން އިން ސިލްވާ އަށް ޝައުގުވެރިވާ ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވަނިކޮށް އޭނާ ވަނީ، އެވަޓަން އަކީ އޭނާ މަސައްކަތް ކުރާ ކްލަބު ނޫން ކަމަށާއި، އެކްލަބާއި ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި އެވަޓަން އަކީ ބޮޑު ކްލަބެއް ކަމަށާއި، އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

އެވަޓަން އާ ގުޅުވައިގެން ދައްކާ ވާހަކަތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ސިލްވާ ވަނީ، އެއީ އޭނާ އަށް މައްސަލައެއް ނޫން ކަމަށާއި، ކޯޗުންނާއި ކުޅުންތެރިންނަށް އެފަދައިން ޝައުގުވެރިވުމަކީ އައު ކަމެއް ނޫން ކަމަށެވެ. އަދި އެކަމާއި ގުޅުވައިގެން އޭނާގެ މިހާރުގެ ކްލަބާއެކު ކުރާ މަސައްކަތާއި ގުޅޭ ގޮތުން ސުވާލު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ކޮއެމަން ވަކި ކުރުމަށްފަހު ސިލްވާ ގެންދިއުމަށް އެވަޓަން އިން މަޝްވަރާ ކުރި ކަމަށް އަޑުފެތުރިފައިވަނިކޮށް، އެވަޓަން އިން ވަނީ ދާއިމީ ކޯޗެއް ނެތި ފަސް ހަފްތާގެ މުއްދަތެއް ހޭދަކޮށްފައެވެ. އެމުއްދަތުގައި އެކްލަބުގެ ވަގުތީ ކޯޗެއްގެ ގޮތުގައި ހުރި ޔޫތު ޓީމުގެ ކޯޗު ޑޭވިޑް އަންސްވާރތުގެ ބަދަލުގައި އެވަޓަން އިން ވަނީ އެކްލަބުގެ އައު ކޯޗަކަށް ސެމް އެލާޑައިސް މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަޖައްސާފައެވެ.

ސިލްވާ އަކީ އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރާ ކްލަބުތަކުގެ ތެރެއިން މިސީޒަނުގައި ވަޒީފާ ގެއްލޭ 8 ވަނަ ކޯޗެވެ. ވަޓްފޯޑް އިން ސިލްވާ ވަކި ކުރުމުގެ ކުރިން، މިސީޒަނުގައި ކޯޗުން ވަކިކޮށްފައިވާ ކްލަބުތަކުގެ ތެރޭގައި ކްރިސްޓަލް ޕެލަސް، އެވަޓަން، ލެސްޓާ ސިޓީ، ސްޓޯކް ސިޓީ، ސްވަންސީ، ވެސްޓް ބްރޮމް އަދި ވެސްޓް ހަމް ޔުނައިޓެޑް ހިމެނެއެވެ.

މިދިޔަ ސީޒަނުގައި ސިލްވާ އިރުޝާދު ދިން ހަލް ސިޓީ ޕްރިމިއަރ ލީގުން ރެލިގޭޓް ވުމާއެކު، އެކްލަބު ދޫކޮށް ސިލްވާ ވޮޓްފޯޑާއި ހަވާލުވީ މިދިޔަ ހޫނު މޫސުމުގައެވެ. ވޮޓްފޯޑާއެކު ސިލްވާ ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

ސިލްވާގެ ކޯޗިންގ ކެރިއަރުގައި އޭނާ ވަނީ ގްރީސްގެ އޮލިމްޕިއާކޯސް އަށް ގްރީސްގެ ލީޑު ކާމިޔާބުކޮށްދީ، 2015 ވަނަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. މީގެ އިތުރުން ޕޯޗުގަލްގެ ކްލަބް ސްޕޯޓިންގ އަށްވެސް އޭނާ އިރުޝާދު ދީފައިވެއެވެ.

ސިލްވާގެ އިރުޝާދުގެ ދަށުން އިނގިރޭސި ޕްރިމިއަރ ލީގުގައި ވަޓްފޯޑް އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ހޮނިހިރު ދުވަހު ލެސްޓާ އަތުން ދެ ލަނޑު ސުން ލަނޑުން ބަލިވެ، ވަޓްފޯޑް އޮތީ ލީގު ތާވަލްގެ 10 ވަނާގައެވެ. ރެލިގޭޝަން ޒޯނުގައިވާ ޓީމުތަކާއި ވޮޓްފޯޑާއި ދެމެދު ވަނީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

ސިލްވާގެ ބަދަލުގައި ވަޓްފޯޑްގެ ކޯޗުގެ މަގާމާއި ދެން ހަވާލުވާނީ ސްޕެއިންގެ ހާވީ ގްރޭސިއާ ކަމަށް ބެލެވެއެވެ.

ގްރޭސިއާ (47އ) ވަނީ އޭނާ އެންމެ ފަހުން ކޯޗު ކޮށްދިން ރަޝިއާގެ ކްލަބް ރުބިން ކަޒާން މިދިޔަ ޖޫން މަހު ދޫކޮށްލާފައެވެ. ގްރޭސިއާގެ 10 އަހަރުގެ ކޯޗިންގ ކެރިއަރުގައި އޭނާ ވަނީ ސްޕެއިން އަދި ގްރީސްގެ ކްލަބުތަކަށް އިރުޝާދު ދީފައެވެ.

އޭނާ ވެގެންދާނީ ޕޯޒޯ އާއިލާ އިން 2012 ވަނަ އަހަރު ވަޓްފޯޑް ހިންގަން ފެށިފަހުން، އެކްލަބާއި ހަވާލުވާ 10 ވަނަ ކޯޗަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު