Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށީ ހޮސްޕިޓަލް

ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކޮށް، ހޮސްޕިޓަލް ހިންގުމާއި ހަވާލުވާނަން: ނޫރުލް އިސްލާމް

ދިވެހި ހިއްސާދާރުންނާމެދު ދެބަސްވުންތަކެއް އުފެދި ގޮންޖެހުންތަކެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2018 | އާދީއްތަ 03:38
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމަށްފަހު، ހޮސްޕިޓަލް ހިންގުމާއި ހަވާލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ހދ. ކުޅުފުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުނިން ބުނެފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓަަރޝަރީ ހޮސްޕިޓަލް ފެންވަރަށް ތަރައްގީކޮށް ހިންގަން، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކޮށްފައިވީ ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ނުދާތީ ހެލްތް މިނިސްޓްރީއިން ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލުގެ ހިންގުމާ ހަވާލުވެފައެވެ.

Advertisement - newsAdvertisement

ނޫރުލް އިސްލާމް ކުންފުންޏަކީ، އިންޑިއާގެ ނިމްސް ކުންފުންޏާއި ދިވެހި ހިއްސާދާރަކު ހިމެނޭ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

ނޫރުލް އިސްލާމް ކުންފުނިން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، އެއްބަސްވުމާއި އެއްގޮތަށް ކަނޑައެޅިފައިވާ އަމާޒުތަކަށް ވާސިލުވުމަށް ބައެއް ހުރަސްތައް ކުރިމަތިވި ނަމަވެސް، އެ ހުރަސްތައް ގިރާކޮށް ކުޅުދުއްފުށީ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރާ ގުޅިގެން ދަނީ ކުރެވެމުންނެވެ.

ބަޔާނުގައިވާ ގޮތުގައި، ހޮސްޕިޓަލް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި "އުނދަގޫތަކެއް" ކުރިމަތިވެފައިވަނީ ހިއްސާދާރުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހީނަރުވެ، މަސައްކަތްތައް ނިންމުމަށް ލިބެންޖެހޭ އެއްބާރުލުން ދިވެހި ހިއްސާދާރުންގެ ފަރާތުން ނުލިބިގެންނެވެ.

އެގޮތުން، މަލްޓި ސްޕެޝަލްޓީ ޑޮކްޓަރުން ގެނެއުމަށް ބޭނުންވާ ވިސާ ކަންތައް ހަމަޖެއްސުމާއި، ސީޓީ ސްކޭން މެޝިނާއި އިކޯ ސައުންޑް މެޝިން ރާއްޖެއަށް ގެނައިތާ ދެމަސް ފާއިތުވިއިރު، ކަސްޓަމްސް އިން ކްލިއަރެންސް ހެދުމަށާއި އިދާރީގޮތުން ނިންމަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރަސްތައް ދިމާވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ، ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ސަރުކާރުގެ އެހީތެރިކަމާއެކު ހައްލުކޮށް، އެއްބަސްވުންތަކާއި ގުޅިގެން ލާޒިމުވާ ޒިންމާތަކާއި އިލްތިޒާމްތައް އެއްބަސްވުމާ އެއްގޮތަށް އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ހޮސްޕިޓަލުގެ ހިންގުމާއި ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ބާރުމިނުގައި ކުރަމުން ގެންދާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި، އެމްއާރްއައި މެޝިނާއި އެހެން މެޝިނަރީސްތައް އަވަސް މުސްތަގުބަލެއްގައި ރާއްޖެ ގެނެވޭނެ އެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް އެކި ދާއިރާތަކުން 20 ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ނޫރުލް އިސްލާމުން މިފަދަ ބަޔާނެއް ނެރުނުއިރު، ހޮސްޕިޓަލް ތަރައްގީކުރުމުގައި ދިމާވި ގޮންޖެހުންތައް ބަޔާންކޮށް އެކުންފުނިން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައިވާ ގޮތުގައި، ކުންފުނީގެ ޑައިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމުން ނަހަމަ ގޮތުގައި ފައިސާ ވަނީ ބޭނުންކޮށްފަ އެވެ. އަދި ކުންފުނީގެ ހުއްދަ ހޯދުމެއް ނެތި ޑައިރެކްޓަރުން ބައެއް ކަންކަން ކޮށްފައިވާ ކަމަށް ވެސް އެކުންފުނިން ތުހުމަތު ކުރެ އެވެ.

އެހެން ނަމަވެސް، އެ ތުހުމަތުތައް ދިވެހި ހިއްސާދާރު ދޮގުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު