Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިއްދޫ ކައުންސިލް ރައީސް

ހާޝިމްގެ މައްސަލަ ބެލުމަށް އެލްޖީއޭގެ ޓީމެއް ދިއްދުއަށް

ހާޝިމް ސަސްޕެންޑްކޮށްފައިވަނީ ބުރާސްފަތި ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2017 | ހޮނިހިރު 16:41
ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ދީދީ

ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ދީދީ

ހއ.ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީގެ މައްސަލަ ބެލުމަށް އެލްޖީއޭގެ ޓީމެއް އެރަށަށް ހިނގައްޖެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ވިދާޅުވީ، ލޯކަލް ގަވާންމެެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލީގާލް ޑިޕާޓްމެންޓްގެ ހަތަރު ބޭފުޅުން ހޮނިހިރު ދުވަހުގެ މެންދުރު އެރަށަށް ވަޑައިގަންނަވާފަވާ ކަމަށެވެ. އެ ޓީމުން އޭނާއާ ސުވާލުކޮށްފައިވާ ކަމަށާއި ދިއްދޫގައި ހައުސިންގ މިނިސްޓްރީން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތްތަކާއި ކައުންސިލުން ކުރި މަސައްކަތް އެ ޓީމުން އޮޅުން ފިލުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހާޝިމް ވިދާޅުވީ އެލްޖީއޭގެ ޓީމުން ކުރި ހުރިހާ ސުވާލަށް ހެއްކާއެކު ޖަވާބުދާރީވެފައިވާ ކަމަށެވެ. މީގެ އިތުރުން އެޓީމުން ދިއްދޫ ކައުންސިލް އިދާރާގެ ޕާމިނެންޓް ސެކެޓްރީއާ ސުވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެލްޖީއޭގެ ޓީމުން ހާޝިމްގެ މައްސަލަ ބެލުމަށްފަހު ފުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އެލްޖީއޭ އިން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހާޝިމަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހއ.ދިއްދޫގައި ހައުސިންގ މިނިސްޓްރީން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށް އެމިނިސްޓްރީން އިއުލާންކޮށްފައިވަނިކޮށް، އެލިސްޓާ ޚިލާފަށް ކައުންސިލުން އާ ލިސްޓެއް ނެރޭނެކަން ދޭހަވާފަދަ އިބާރާތަކުން އާއްމު ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމުގެ ލިޔެކިއުންތައް އެލްޖީއޭއަށް ލިބިފައިވާ ކަމަށެވެ.

ރައްޔިތުންނަށް ނަމޫނާ ދައްކަދޭންޖެހޭ މަގާމެއްގައި ހުންނަވައި އެކަށީގެން ނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަމުން ގެންދާތީ ދޮގު މައުލޫމާތު ހާމަކުރާ ކަމަށް އެކިފަރާތްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެ އޮއޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައިވެ އެވެ.

ކައުންސިލްގެ ރައީސްގެ ސަސްޕެންޝަންގެ މުއްދަތުގައި ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ ނައިބު ރައީސް ކަމަށާއި ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރެވިފައިވާ މުއްދަތުގައި ކައުންސިލަށް ނުކުމެ އެއްވެސް މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ސިޓީގައި ބުނެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު