Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރުއީ ކޯޓްތައް

މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަ ހުށަހަޅާފައިވޭ:ޑީޖޭއޭ

ޝަރުއީ ކޯޓްތަކަށް 20،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ހުށަހެޅުނު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2017 | ހުކުރު 08:57
ދިވެހިރާއްޖޭގެ ހައިކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

ފާއިތުވި އަހަރުތަކާ އަޅާކިޔާއިރު މިދިޔަ އަހަރަކީ ރެކޯޑު މިންވަރަކަށް ޝަރުޢީ ކޯޓުތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ 2016 ވަނަ އަހަރުގެ ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފިއެވެ.

ޑީޖޭ އިން ނެރެފައިވާ ޝަރުއީ ކޯޓްތަކުގެ 2016 ވަނަ އަހަރުގެ ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރަކީ މިހާތަނަށް ކޯޓްތަކަށް އެންމެ ގިނަ މައްސަލަ ހުށަހެޅުނު އަހަރެވެ. އެގޮތުން ޝަރުއީ ކޯޓްތަކަށް 20،000 މައްސަލަ ހުށަހެޅުނު ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ 14 ޕަސެންޓް އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން 17712 މައްސަލަ 2015 ވަނަ އަހަރު ދަށު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 20188 މައްސަލަ 2016 ވަނަ އަހަރު ދަށުކޯޓުތަކަށް ހުށަހެޅިފައިވެއެވެ. މިއީ 2476 މައްސަލައިގެ އިތުރުވުމެކެވެ.

ޝަރުއީ ކޯޓްކަުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރާ އަޅާކިޔާއިރު، ސުޕީރިއަރ ކޯޓުތަކަށް އަދި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތައް 2016 ވަނަ އަހަރު ވަނީ އިތުރުވެގެންގޮސްފައެވެ. އެގޮތުން ސުޕީރިއަރ ކޯޓުތަކަށް 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކާ އަޅާކިޔާއިރު، 2016 ވަނަ އަހަރު 21 ޕަސެންޓް މައްސަލަ އިތުރަށް ހުށަހަޅާފައިވެއެވެ. ސުޕީރިއަރ ކޯޓުތަކަށް 2015 ވަނަ އަހަރު ހުށަހަޅާފައިވަނީ 6826 މައްސަލަ އެވެ. އަދި 2016 ވަނަ އަހަރު ހުށަހަޅާފައިވަނީ 8278 މައްސަލައެވެ. މިއީ 1452 މައްސަލައިގެ އިތުރުވުމެކެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ބަލާއިރު، 2015 ވަނަ އަހަރު މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ވުރެ 2016 ވަނަ އަހަރު މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 9 ޕަސެންޓް އިތުރުވެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު 10886 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރުގައި 11910 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހަޅާފައިވެއެވެ. މިއީ 1024 މައްސަލައިގެ އިތުރުވުމެކެވެ.

ޑީޖޭއޭ އިން ނެރުނު ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޯޓްތަކަށް ހުށަހެޅުނު މައްސަލަތަކެކޭ އެއްގޮތަށް، 2016 ވަނަ އަހަރަކީ ރެކޯޑު މިންވަރަކަށް ކޯޓުތަކުން މައްސަލަތައް ނިންމި އަހަރެކެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ ތާރީޚުގައި 20000 އަށް ވުރެ ގިނައިން ފުރަތަމަ ފަހަރަށް ކޯޓުތަކުން މައްސަލަ ނިންމީ 2016 ވަނަ އަހަރުގައެވެ.

2015 ވަނަ އަހަރާ އަޅާކިޔާއިރު، 2016 ވަނަ އަހަރު ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 7 ޕަސެންޓް އިތުރުވެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު 19372 މައްސަލަ ދަށު ކޯޓުތަކުން ނިންމާފައިވާއިރު، 2016 ވަނަ އަހަރު 20698 މައްސަލަ ދަށު ކޯޓުތަކުން ނިންމާފައިވެއެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ 1326 މައްސަލައިގެ އިތުރުވުމެކެވެ.

2016 ވަނަ އަހަރުގައި ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރު ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދަށް ވުރެ 12 ޕަސެންޓް އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު 7202 މައްސަލަ ސުޕީރިއަރ ކޯޓުތަކުން ނިންމާފައިވާއިރު، 2016 ވަނަ އަހަރު 8081 މައްސަލަ ސުޕީރިއަރ ކޯޓުތަކުން ނިންމާފައިވެއެވެ. މިއީ 879 މައްސަލައިގެ އިތުރު ވުމެކެވެ.

މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދަށް ބަލާއިރު، 2016 ވަނަ އަހަރު މެޖިސްޓްރޭޓު ކޯޓުތަކުން %4 އިތުރަށް މައްސަލަ ނިންމާފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު 12170 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާފައިވާއިރު، 2016 ވަނަ އަހަރު 12617 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާފައިވެއެވެ. މިއީ 447 މައްސަލައިގެ އިތުރު ވުމެކެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި2016 ވަނަ އަހަރު ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު، 2015 ވަނަ އަހަރުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކާ އަޅާބަލާއިރު %7 މައްސަލަ މަދުކުރެވިފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު ދަށު ކޯޓުތަކުގައި 7177 މައްސަލަ ނުނިމި ހުރިއިރު، 2016 ވަނަ އަހަރު މި އަދަދު ވަނީ 6668 މައްސަލައަށް މަދު ކުރެވިފައެވެ. މިއީ، 2015 އަހަރާ އަޅާ ބަލާއިރު، 509 މައްސަލައިގެ މަދުވުމެކެވެ.

މީގެއިތުރުންދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުތަކަށް ބަލާއިރު، 2015 ވަނަ އަހަރު ސުޕީރިއަރ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކަށް ވުރެ، 2016 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު %6 އިތުރުވެގެން ގޮސްފައިވެއެވެ. ސުޕީރިއަރ ކޯޓުތަކުގައި 2015 ވަނަ އަހަރުގެ ނިޔަލަށް 3429 މައްސަލަ ނުނިމި ހުއްޓެވެ. އަދި 2016 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު ވަނީ 3627 މައްސަލައަށް އިތުރުވެފައެވެ. މިއީ 198 މައްސަލައިގެ އިތުރުވުމެކެވެ. 2016 ވަނަ އަހަރުގައި ސުޕީރިއަރ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް އިތުރުވެފައި ވަނީ 2016 ވަނަ އަހަރުގެ ފަހު ތިންމަސްދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ގިނަ އަދަދަކަށް ކުރިމިނަލް ކޯޓަށް މައްސަލަތައް ހުށަހެޅުމާ ގުޅިގެންކަން ފާހަގަ ކުރެވިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު