Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ. ފަރެސްމާތޮޑާ

ފަހިރޯޅި ބޯޓު ފަރަށް އެރިތާ 24 ގަޑިއިރު ފަހުން އެ ސަރަހައްދުގައި ކޯސްޓްގަރޑް ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފުން ބުނެފި

މި ބޯޓު ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ބުނަނީ 7 ނޮވެންބަރު 2025 ވަނަ ދުވަހުގެ ފަތިހު 5:01 އެހާއިރު

އަމްނާ އިމާދު
އަމްނާ އިމާދު | 8 ނޮވެމްބަރު 2025 | ހޮނިހިރު 12:10
ފަހިރޯޅި ބޯޓު ފަރަށް އެރި ސަރަހައްދުގައި ކޯސްޓްގަރޑް ހަރަކާތްތެރިވަނީ

ފަހިރޯޅި ބޯޓު ފަރަށް އެރި ސަރަހައްދުގައި ކޯސްޓްގަރޑް ހަރަކާތްތެރިވަނީ

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އެރުމާ ގުޅިގެން ކޯސްޓްގަރޑް ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ހޮނިހިރު ދުވަހު އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި "ފަހިރޯޅި ފަރެސްމާތޮޑާ" ދޯނި، ވ.ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މި ހާދިސާ ހިނގި ސަރަހައްދުގައި ކޯސްޓްގާރޑް ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައި މިވަނީ ހާދިސާ ހިނގިތާ 24 ގަޑިއިރު ފަހުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި ބޯޓު ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު 7 ނޮވެންބަރު 2025 ވަނަ ދުވަހުގެ ފަތިހު 5:01 އެހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ބޯޓުގައި ތިބި 12 މީހުން ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

އޭގެ ތެރޭގައި ހަ ދަތުރުވެރިން ހިމެނެއެވެ. އެއީ ދިވެއްސަކާއި 5 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕިއާއި، ވެރިފަރާތާއި، ހަތަރު ބިދޭސީ ފަޅުވެރިންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.

މި ހާދިސާ ހިނގި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގދ. ފަރެސްމާތޮޑާއެމްއެންޑިއެފް ކޯސްޓްގާޑްފަރަށް އެރުން

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
11 ޖުލައި 2025

ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

11 ޖުލައި 2025
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
11 ޖުލައި 2025

ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި

11 ޖުލައި 2025
ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި
09 އޯގަސްޓު 2023

ރައީސް، ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފި

09 އޯގަސްޓު 2023
ރައީސް، ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފި
13 ސެޕްޓެމްބަރު 2022

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ގދ. ފަރެސްމާތޮޑާގައި

13 ސެޕްޓެމްބަރު 2022
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ގދ. ފަރެސްމާތޮޑާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު