Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އުތުރު ޣައްޒާގެ ހުރިހާ ހޮސްޕިޓަލެއްގެ ޚިދުމަތް ހުއްޓިއްޖެ

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ ހޮނިހިރު ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފޯނުން ގުޅުއްވާ ޣައްޒާގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ރޫބިއޯގެ ތަރުޖަމާނު ވަނީ ހާމަ ކުރައްވާފައި.

ރާއްޖެ އެމްވީ | 18 މެއި 2025 | އާދީއްތަ 10:31
ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ ޓެންޓްތަކަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ހަށިތައް ޣައްޒާގެ ބައިތު ލާހިއާގެ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ގެންނަނީ - އޭޕްރީލް 17، 2025 (ފައިލް)

ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ ޓެންޓްތަކަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ހަށިތައް ޣައްޒާގެ ބައިތު ލާހިއާގެ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ގެންނަނީ - އޭޕްރީލް 17، 2025 (ފައިލް)

އިސްރާއީލުގެ ބާރުތަކުން އިންޑޮނޭޝިއާ ހޮސްޕިޓަލް ހިސޯރު ކުރުމާއެކު، ޣައްޒާ ގެ އުތުރު ސަރަހައްދުގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކެއް މިހާރު ވަނީ "ޚިދުމަތް ދިނުން ހުއްޓާލާފައި" ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

"އިސްރާއީލުގެ އިސްތިއުމާރީ ބާރުން އިންޑޮނޭޝިއާ ހޮސްޕިޓަލް އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުތަކަށް ދެމުންދާ ބޮޑެތި ހަމަލާތަކާއެކު ސަރަހައްދު ވަށައިލުމުގެ ސަބަބުން ބަލިމީހުންނާއި، މެޑިކަލް މުވައްޒަފުންނާއި، އަދި ސަޕްލައިތައް ގެންދިއުން ވަނީ ހުއްޓުވާލާފައެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލުން ޚިދުމަތް ދިނުން ވަނީ މަޖުބޫރުން ހުއްޓާލަން ޖެހިފައެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަނެއްކޮޅުން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ ހޮނިހިރު ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އިތުރު ފޯނު ކޯލެއް ކުރައްވާފައެވެ. މިކަން ރޫބިއޯގެ ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ. މި ފޯނު ކޯލް ކުރައްވާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާ އިން ޣައްޒާ ގައި ހަރުކަށި އިތުރު ހަމަލާތަކެއް ފަށާފައިވަނިކޮށްނެވެ.

މި ފޯނު ކޯލަކީ އެ ދެ ފަރާތުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކުރެއްވި ދެވަނަ ފޯނު ކޯލެވެ.

ރޫބިއޯ އަދި ނަތަންޔާހޫ "ޣައްޒާގެ ހާލަތާއި އަދި ބާކީ ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ،" ސްޓޭޓް ސެކްރެޓަރީގެ ތަރުޖަމާނު ޓެމީ ބްރޫސް ބަޔާނެއްގައި ހާމަކުރައްވާފައިވެއެވެ.

އިސްރާއީލުގެ ނުރައްކާތެރި އައު ހަމަލާތައް ފަށާފައިވަނީ ޣައްޒާގައި އިންސާނީ އެހީތެރިކަމުގެ ހާލަތު ދަށަށް ދާތީ ބައިނަލްއަޤްވާމީ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ބްލޮކޭޑްގެ ސަބަބުން ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު