Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ބްލަޑް ސަރވިސް

އެމްބީއެސްގައި ބޭނުންކުރި ފިލްޓަރތަކުގެ މައްސަލަ ދިމާވެ މުޒާހަރާކޮށްފައިވަނިކޮށް، އައު ފިލްޓަރ ހޯދާ ބޭނުންކުރަން ފަށައިިފި

10 އެޕްރީލު 2025 | ބުރާސްފަތި 14:27

އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ދަނީ މަސައްކަތް ކުރަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 އެޕްރީލު 2025 | ބުރާސްފަތި 14:27
ރައީސް މުއިއްޒު ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވުން

ރައީސް މުއިއްޒު ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވުން

މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލަ ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ޖެހޭ މައްސަލަ ބޮޑުވެ، އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އެއްވެ އިހުތިޖާޖު ކޮށްފައިވަނިކޮށް ކުރިން ބޭނުންކުރި ފިލްޓަރ ލިބި މިހާރު، އައު ފިލްޓަރތައް ބޭނުންކުރަން ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ފިލްޓަރުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާނެ ކަމަށާއި ކުރިން ބޭނުންކުރި ބްރޭންޑްގެ ފިލްޓަރ ލިބި މިހާރު ބޭނުންކުރެވެން ފަށާފައިވާ ކަމަށާއި ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތަކާއި، އިހްތިޖާޖްކުރުމާއި ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެއް ނޫން ކަމަށެވެ. އެއީ މާ ކުރިންވެސް މިނިސްޓްރީގެ ޕްލޭންގެ ތެރޭގައި ހިމެނިފައިވާ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެންކަމުން މާލަސްތަކެއް ނުވެ ތެލަސީމިއާ ޕޭޝަންޓުންނަށް މާ ތަނަވަސް ސެންޓަރެއްގެ ޙިދުމަތް ލިބިގެންދާނެ ކަމަށާއި އަދިވެސް ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތަކަށްވެސް އިސްކަންދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ދަމަނަވެށި ވަރަށް ބޮޑަށް ބައުވެ، އެތަނުގައި ޚިދުމަތްތައް ނުދެވި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން މުޒާހަރާ ކޮށްފައިވަނިކޮށެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން 23 މާރިޗް 2025 ވީ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލެއްވުމަށް އެސެންޓަރަށް ޒިޔާރަތްކުރެއްވައި، މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދަމަނަވެށީގައި ހިންގަމުންދިޔަ ތެލަސީމިއާ ސެންޓަރުގެ ހާލަތު އަދި ދަމަނަވެށީގެ އެ އިމާރާތުގެ ހާލަތު ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި މި އިމާރާތާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ވަރަށް ދަށް ކަމަށާއި، ރަނގަޅު ޚިދުމަތެއް ނުދެވޭތީވެ، ތެލަސީމިއާ ކުދިން މަރުވާ ރޭޓް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ޑޮކްޓަރުންނާއެކު، ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް މާލެސިޓީގައި ގާއިމް ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު ހެއްދެވި މި އިތުރުފުޅާ ގުޅިގެން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް