Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދުގެ ކޮރަޕްޝަން މައްސަލަ

ޖިހާދުގެ މައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން އަމުރުކޮށްފި

ހައިކޯޓުގައި އިސްތިއުނާފުކުރި މި މައްސަލަ ފެށުމަށް ޖިހާދަށް ލިޔުން ހަވާލުކޮށްފައިވަނީ ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރުކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2025 | އަންގާރަ 14:02
ހައިކޯޓުގައި ކުރިއަށްދިޔަ ޖިހާދުގެ އަޑުއެހުމުގެ ތެރެއިން

ހައިކޯޓުގައި ކުރިއަށްދިޔަ ޖިހާދުގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ނައިބު ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާރވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން (ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުން) ބާތިލްކޮށް ކްރިމިނަލް ކޯޓުގެ ގަޒިއްޔާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އަންގާ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.

މި މައްސަލައަށް ބަލާއިރު މިއީ، ކްރިމިނަލް ކޯޓުގެ 2020 ވަނަ އަހަރުގެ 726 ވަނަ ގަޒިއްޔާގައި އަބްދުﷲ ޖިހާދު ގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައިވާ މައްސަލައެކެވެ.

އެ ދައުވާ ދައުލަތުން ކޮށްފައިވަނީ ޖިހާދު، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައިހުރެ، ނޭޝަނަލް ޕްލޭނިންގ ކައުންސިލް އިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށާއި، ކ. ފުށިދިއްގަރުފަޅުގައި ރަށްތަކެއް ހިއްކައިފިނަމަ އެ ރަށްރަށުގެ ބިމު ކުލި ދެއްކުމަށާއި، ރަށް ނުހިއްކި ނަމަވެސް ވޯޓަރ ބަންގަލޯ ފަދަ އިމާރާތްތަކަށް ޓޫރިޒަމް ޤާނޫނުގެ ދަށުން ކުލި ދައްކަންޖެހޭ ގޮތަށާއި، މި ސަރަހައްދަކީ މާލެ ކައިރި ސަރަހައްދަކަށްވުމުން ކޮންމެ އަކަ މީޓަރަކަށް 3.5 ޑޮލަރުގެ "ޕްރައިމް ލޮކޭޝަން ޗާޖް" އެއް ސަރުކާރަށް ލިބޭ ގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް 10 އޮކްޓޯބަރު 2011 ވަނަ ދުވަހު ލަފާދިނުމުން، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ހުށަހެޅި ގޮތަށް ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް 29 ނޮވެމްބަރު 2011 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނިކޮށް، އެ ނިންމުމާ ޚިލާފަށް، ޖޮއިންޓް ވެންޗަރ ކުންފުނީގައި އޮންނަ ސަރުކާރުގެ ހިއްސާ 25 އިންސައްތައަށް އަށް ކުޑަކޮށް، ބިމު ކުލީގެ ގޮތުގައި އެއްވެސް މިންވަރެއް ދައްކަން ނުޖެހޭ ގޮތަށް، ދައުލަތަށް ލިބެންއޮތް ފައިދާއަށް އުނިކަމެއް ލިބޭގޮތަށް 18 ޖެނުއަރީ 2013 ވަނަ ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ އެގްރީމަންޓެއްގައި ސޮއިކޮށްފައިވާތީއެވެ.

މީގެ އިތުރުން މި މައްސަލައިގައި އަބްދުﷲ ޖިހާދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭގެ ތެރެއިން ފުރަތަމަ ހުށަހެޅުން ފިޔަވައި އެހެން ހުށަހެޅުންތައް ބަލައިނުގަތުމަށެވެ.

އެގޮތުން ޖިހާދުގެ ހުށަހެޅުންތަކުގެ ތެރެއިން ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރާ ޚިލާފަށް އުފުލާފައިވާ ދައުވާއެއްކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. މި ހުށަހެޅުން ކްރިމިނަލް ކޯޓުން ބަލައިގަނެ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ރިވިއުކޮށް އަލުން ބަލަން ނިންމި ސަބަބެއް ތަހުގީގުކުރާ ފަރާތުން އަބްދުﷲ ޖިހާދުއަށް ބުނެދީފައިނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީއާއި، އަޙްމަދު އަދީބް ޢަބްދުލްޣަފޫރުއަކީ ޝައްކުގެ މަޙައްލުގައި ހުރި މީހަކަށްވެފައި އޭނާގެ ބަޔާނުގައި ހުރި ކަންކަމުގެ ތެދު ދޮގު ބެލުމަށް ނުވަތަ އެކަމުގެ ސައްޙަކަން ކަށަވަރުކުރުމަށް އެއްވެސް މަސައްކަތެއް ކޮމިޝަނުން ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ޝަރީއަތަށް ބުރަވެވޭތީ، އުނި ތަހުގީގުގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާއަށްވެސް އަސަރުކުރާނެކަން އެނގެންއޮތުމުން، އެ ދައުވާ އުފުލުމުގައި އުނިކަމެއް ހުރިކަމަށް ބުރަވެވޭތީ، އެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާގެ ދަށުން ގޮތް ނިންމާކަމަށެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 2 ނުކުތާއެއް ހުށަހެޅިއެވެ. އެއީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

މި ކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، ކްރިމިނަލް ކޯޓުގެ ގަޒިއްޔާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އަންގައި، މި މައްސަލަން ނިންމަން ފެންނަ ކަމަށެވެ.

ހައިކޯޓުގައި އިސްތިއުނާފުކުރި މި މައްސަލަ ފެށުމަށް ޖިހާދަށް ލިޔުން ހަވާލުކޮށްފައިވަނީ ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރުކޮށްގެންނެވެ. އަދި ފުރަތަމަ އަޑުއެހުމުގައި ވަކީލެއްގެ ފުރުސަތަށް އެދުނު ނަމަވެސް، އެ ވަގުތު ދެވުނުކަމަށް ކަނޑައަޅައި، އެހެން ފަރާތްތަކަށް ނޯންނަ އުސޫލެއް ޖިހާދަށް ހަމަޖައްސައި ނުދެވޭނެކަމަށް ފަނޑިޔާރުން ނިންމިއެވެ.

މި މައްސަލައަކީ ޖިހާދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ މައްސަލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު