Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް މައްސަލަ: 6 ހެއްކެއްގެ ހެކިބަސް ނަގައިފި

މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 06:34
ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Advertisement - newsAdvertisement

މި އަޑުއެހުމަކިީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން 6 ހެއްކެއްގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތެވެ.

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާ ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ ޖަންބޯ ދޯނި ވިއްކާލުމަށްޓަކައި ކުރެވެނު މުއާމަލާތަށް އެ ދޯނި ކުޅުދުއްފުށިން ހުޅުމާލެއަށް ގެނެސްދިންކަމަށެވެ. ދޯނި ހުޅުމާލެއަށް ގެންދިޔައީ ދޯނީގެ އޮޑިވެރިޔާ ބުނެގެންކަމަށް އޭނާ ބުންޏެވެ. އޮޑިވެރިޔާ މިހާރު ވަނީ ނިޔާވެފައެވެ. އަދި ދޯނި ހުޅުމާލެއަށް ގެނައުމުން 4 މީހަކު ދޯންޏާ ހަވާލުވާން އައި ކަމަށާއި، އެމީހުން މުއާމަލާތު ކުރީ އޮޑިވެރިޔާގެ ދަރިއަކާކަމަށް އޭނާ ކިޔާދިނެވެ.

ދޯންޏާ ހަވާލުވާން އައި 4 މީހުންގެ ތެރެއިން މީހަކު ޝަރީއަތުގެ މަޖިލީހުގައި އެބަތިބިތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނީ އޭނާއަށް ނޭނގޭ ކަމަށާއި އޭރު ކޮވިޑު ދުވަސްވަރުކަމުން އެމީހުން ތިބީވެސް މާސްކު އަޅައިގެން ކަމަށެވެ. އޭނާ ބުނީ، ދޯނި ވިއްކާލުމުގެ އެއްބަސްވުމުގައި އޭނާ ސޮއިކޮށްފައިވާނެ ކަމަށާއި، ނަމަވެސް އޭނާއާ އިތުރު އެއްވެސް މުއާމަލާތެއް އެކަމުގައި ކޮށްފައިނުވާ ކަމަށެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާ ބުނީ އޭނާއަކީ އަސީލްގެ ރައްޓެއްސެއް ކަމަށާއި، ޙާދިސާ ހިނގި ދުވަސްވަރު އޭނާގެ ކޭޝްކާޑު އަސީލްއަތަށް ދީފައި އޮތް ކަމަށެވެ. ކޭޝްކާޑު ހަވާލުކުރީ ރާއްޖެއިން ބޭރުގައި ހުރިއިރު ބައެއް މުއާމަލާތުތައް ކުރުމަށްކަމަށް އޭނާ ބުންޏެވެ.

އޭނާގެ އެކައުންޓުން ކުޅުދުއްފުށީގައި ހުރި މީހެއްގެ އެކައުންޓަށް ޖަމާވި ފައިސާއާ ގުޅޭގޮތުން ދައުލަތުން ސުވާލު ކުރުމުން އެ ހެކިވެރިޔާ ބުނީ، އޭނާ ލާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށެވެ. އަސީލް މާހިރު ފިޔަވައި އިތުރު މީހަކާ އެ ދުވަސްވަރު ކާޑު ޙަވާލު ކޮށްފައި ނުވާނެކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ފަހުން ދިފާއުން ކުރި ސުވާލުތަކާ ގުޅިގެން އޭނާ ވަނީ ދެވިފައި ހުންނާނެކަމަށް ބުނެފައެވެ.

ތިންވަނައަށް ހާޒިރުކުރި ހެކިވެރިޔާ ބުނީ، އޭނާގެ ރައްޓެއްސެއް ބުނެގެން އޭނާ ގިނަ އަދަދެއްގެ ސިމްތަކެއް ނަގައިދީފައިވާނެ ކަމަށެވެ. އެގޮތުން 25 ސިމް ނަގައިގެން ގޮސް އޭނާއާއި އެހެން މީހަކު ވެގެން އެ ސިމްތައް ހަވާލުކުރީ އޭނާގެ އެކުވެރިޔާ ބުނި މިހަކާ ކަމަށާއި، ނަމަވެސް އެމީހަކީ ކާކުކަން ނޭނގޭކަމަށް އޭނާ ބުންޏެވެ.

ހަތަރުވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ސިމްތައް ނެގުމުގައި ހަރަކާތްތެރިވި ދެވަނަ ފަރާތެވެ.

ދެން ހާޒިރުކުރީ މި މައްސަލައިގައި އަސީލް ބުނެގެން ފައިސާ ޖަމާކޮށްދޭން ދިޔަ މީހެކެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއްކަން މިހާރު ހަނދާނުގައި ނެތް ކަމަށާއި، ނަމަވެސް އޭރު އެކަމާ ގުޅޭގޮތުން ބަޔާން ދީފައިވާނެކަމަށް އޭނާ ބުންޏެވެ. ފައިސާ ޖަމާ ކުރުމަށްފަހު، އެ ފައިސާ އަސީލް ބުނި މީހަކަށް ޓްރާންސްފަރ ކުރިކަމަށްވެސް އޭނާ ބުންޏެވެ.

ދައުލަތުން ވަނީ އޭނާގެ އެކައުންޓުން އެ ދުވަހު 1 ލައްކަ ރުފިޔާ ޓްރާންސްފަރ ކޮށްފައިވާކަމަށް މި އަޑުއެހުމުގައި ފާހަގަކޮށްފައެވެ.

ދެން ހާޒިރުކުރީ މި މައްސަލައިގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެވެ.

މައްސަލައިގެ ފަސްފަހަތް:

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި ހުޅުމާލެއާއި މާލޭގެ ގެތަކެއްވެސް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާޒާއި އިގްބާލްގެ މައްޗަށެވެ.

އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ.

އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު