Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން

މާލެސިޓީގެ ހަތަރު ސަރަހައްދެއްގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ: އިސްލާމިކް މިނިސްޓްރީ

22 މިސްކިތެއްގައި އީދު ނަމާދުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2024 | ބުރާސްފަތި 16:20
މާލެސިޓީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ސަފު ހަދައިގެން- ފައިލް ފޮޓޯ

މާލެސިޓީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ސަފު ހަދައިގެން- ފައިލް ފޮޓޯ

މާލެސިޓީގެ ހަތަރު ސަރަހައްދެއްގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1445 ވަނަ އަހަރު މާލެސިޓީގައި ފިތުރު އީދުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 4 މައިދާނުގެ އިތުރުން 22 މިސްކިތެއްގައި ކަމަށެވެ.

Advertisement - newsAdvertisement

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމް ގައެވެ. ވިލިމާލޭގައި ބޮޑު ޖަމާއަތް ވިލިނގިލި ބޯޅަދަނޑުގައި ބާއްވާއިރު، ހުޅުމާލެ ފޭސް 1 ބޮޑު ބޮޑު ޖަމާއަތް ބާއްވަން ނިންމާފައިވަނީ ސިންތެޓިކް ޓެރެކް ސަރަހައްދުގައެވެ. އަދި ހުޅުމާލެ ފޭސް-2 ގެ ބޮޑު ޖަމާއަތް ބާއްވަން ނިންމާފައިވަނީ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަންޖެހިއްޖެނަމަ މާލެސިޓީގައި އީދުނަމާދު ކުރާނީ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.

މިއަހަރު ފިތުރު އީދު ނަމާދުކުރުމަށް ނިންމާފައިވަނީ ހެނދުނު 7:00 ގައެވެ.

މި ނިންމުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީއާއި، އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮތުމާއެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، އާންމު މަސްލަހަތަށް ރިއާޔަތްކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، ހިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްޙާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ފިތުރު އީދު ދުވަސް ފިތުރު ޢީދު ނަމާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޠުރު ޢީދު ދުވަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

ފިޠުރު ޢީދު ދުވަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

10 އެޕްރީލު 2024
އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސިޓީ ކައުންސިލުން ސީދާ ހަރަދުތަކެއް ނުކުރަން: މޭޔަރު އާޒިމް

އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސިޓީ ކައުންސިލުން ސީދާ ހަރަދުތަކެއް ނުކުރަން: މޭޔަރު އާޒިމް

08 އެޕްރީލު 2024
ފިތުރު އީދު ދުވަހު ގިނަ ހަރަކާތްތަކެއް، ހަވީރު 4:00ން 6:00ށް ވެހިކަލް ދުއްވުން މަނާ

ފިތުރު އީދު ދުވަހު ގިނަ ހަރަކާތްތަކެއް، ހަވީރު 4:00ން 6:00ށް ވެހިކަލް ދުއްވުން މަނާ

07 އެޕްރީލު 2024
ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެ

ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެ

06 އެޕްރީލު 2024
ދެ އަހަރަށްފަހު މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި

ދެ އަހަރަށްފަހު މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި

25 އެޕްރީލު 2022

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު