Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

ރިޔޫނިއަން ބަލިކޮށް، ފިރިހެން ޓީޓީ ޓީމު ބައިނަލްއަގުވާމީ ފުރަތަމަ ފައިނަލަށް

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 27 އޯގަސްޓު 2023 | އާދީއްތަ 10:40
މެޗުން މޮޅުވުމާއެކު، ގައުމީ ޓީޓީ ޓީމު އުފާ ފާޅުކުރަނީ

މެޗުން މޮޅުވުމާއެކު، ގައުމީ ޓީޓީ ޓީމު އުފާ ފާޅުކުރަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިޔޫނިއަން ބަލިކޮށް، ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދައިފިއެވެ.

އާދިއްތަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި ޤައުމީ ޓީމުން ރިޔޫނިއަންގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ވަނީ ލެ ބްރެޓަން ތޯމަސް ކައިރިން 3-1 ން ބަކިވެފައެވެ. ފުރަތަމަ ސެޓު ލް ބްރެޓަން ކާމިޔާބުކުރީ 11-9 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓު މުންސިފް ކާމިޔާބުކުރީ 11-7 ންނެވެ. ލެ ބްރެޓަން ވަނީ ފަހު ދެ ސެޓު 11-8 އަދި 11-6 ން ކާމިޔާބުކޮށްފައެވެ.

ދެވަނަ ގޭމުގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ވަނީ 3-2 ގެ ނަތީޖާއަކުން ކުއެންޓިންގެ މައްޗަށް ކުރިހޯދާފައެވެ. ފުރަތަމަ ސެޓު 13-11 އިން ޝައްފާން ކާމިޔާބުކުރިއިރު، ޖެހިގެން އަދި ދެ ސެޓު ކާމިޔާބުކުރީ ކުއެންޓިން އެވެ. ރިޔޫނިއަންގެ ކުޅުންތެރިޔާ ދެ ސެޓުވެސް ކާމިޔާބުކުރީ 12-10 ގެ ނަތީޖާއަކުންނެވެ. ޝައްފާން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް، ފަހު ދެ ސެޓު 11-8 އަދި 12-10 ން ކާމިޔާބުކޮށްފައެވެ.

ތިންވަނަ ގޭމުގައި ވާދަކޮށްފައިވަނީ އަޚްޔާރު އަހުމަދު ޚާލިދު އާއި ޕޮތިން ޖީން ސެބަސްޓިއަން އެވެ. މި ގޭމު 3-1 ން ކާމިޔާބުކުރީ އަޚްޔާރު އެވެ. ފުރަތަމަ ދެ ސެޓު 11-6 އަދި 11-5ން އަޚްޔާރު ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު 11-9 ން ކާމިޔާބުކުރީ ސެބަސްޓިއަން އެވެ. ފަހު ސެޓުން އަޚްޔާރު މޮޅުވެފައިވަނީ 11-9 ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލްގެ ހަތަރުވަނަ ގޭމުގައި ވާދަކޮށްފައިވަނީ ޝައްފާން އާއި ލެ ބްރެޓަން އެވެ. މި ދެ ކުޅުންތެރިންނަކީވެސް ކުރިން ކުޅެފައިވާ ދެ ގޭމު ކާމިޔާބުކޮށްފައިވާ ދެ ކުޅުންތެރިންނެވެ. ހަތަރުވަނަ ގޭމު ކާމިޔާބުކޮށް، ރިޔޫނިއަން އިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރިޔޫނިއަންގެ ކުޅުންތެރިޔާ ސެޓުތައް ކާމިޔާބުކުރީ 14-12، 11-9 އަދި 11-6 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަހު ސެޓުގައި ރާއްޖޭގެ މުންސިފް ވަނީ ސީދާ ތިން ސެޓުން ރިޔޫނިއަންގެ ކުއެންޓިން ބަލިކޮށްފައެވެ. މުންސިފް ފުރަތަމަ ސެޓު 11-7ން ކާމިޔާބުކޮށްފައިވާއިރު، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކުރީ 11-6 އިންނެވެ.

ރާއްޖޭގެ ޓީޓީ ޓީމުން ވަނީ ކުރިއާލާ ފަރިތަކުރުންތައް ފަށާފައެވެ. އެގޮތުން، ގައުމީ ޓީޓީ ޓީމުން އައިއޯއައިޖީގެ ކުރިން ވަނީ ކްރޮއޭޝިއާގައި ޓްރެއިނިންގް ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް