Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި ހިޔާނަތް

ފުއްގިރި މައްސަލަ ކުރިއަށް ނުގެންދެވުނީ ކްރިކް ހާޒިރުނުވާތީ، ވަކި ސަބަބެއްވެސް ކޯޓަށް ނާންގާ

މިއީ މި މައްސަލައިގެ އަޑުއެހުން މިފަހުން ކެންސަލްވި 4 ވަނަ ފަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖުލައި 2023 | އަންގާރަ 06:47
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާ

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާ

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކްރިކް ރިޒާގެ އިތުރުން 2 ކުންފުންޏެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން އަނެއްކާވެސް ކެންސަލްވެއްޖެއެވެ.

މި މައްސަލައިގައި އީދު ބަންދުގެ ކުރިންވެސް އަޑުއެހުންތަކެއް ތާވަލު ކޮށް ކެންސަލް ކޮށްފައިއެވެ. އެ އަޑުއެހުންތައް ކެންސަލް ކުރީ ދައުވާލިބޭ ކްރިކް ރިޒާ ބަލިވެ އުޅޭކަމަށް ކޯޓަށް އެންގުމާއި ގުޅިގެންނެވެ.

އީދު ބަންދަށް ފަހު ހޯމަ ދުވަހުވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭކަމަށް ކޯޓަށް އަންގާފައިވާތީ އެ އަޑުއެހުންވެސް ކެންސަލްކުރީއެވެ.

އެއަށްފަހު އަންގާރަ ދުވަހުގެ 09:00 އަށް އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް މި އަޑުއެހުމަށް ކްރިކް ރިޒާ ހާޒިރުވެފައެއް ނުވެއެވެ. އަދި އޭނާ ހާޒިރުނުވި ވަކި ސަބަބެއްވެސް ކޯޓަށް އަންގާފައެއް ނުވެއެވެ.

މިއީ މި މައްސަލައިގެ އަޑުއެހުން މިފަހުން ކެންސަލްވި 4 ވަނަ ފަހަރެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު