Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްޕީއައިޑީގެ ޚިޔާނާތް

އެފްޕީއައިޑީގެ މައްސަލަ އަލުން ބަލައި ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ކުރައްވައިފި

އެފްޕީއައިޑީގެ ކޮރަޕްޝަން ފެންމަތިވީ ރައީސް މައުމޫންގެ ވެރިކަމުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 ޖުލައި 2017 | ބުދަ 19:04
ރައީސް އަބްދުﷲ ޔާމީން،

ރައީސް އަބްދުﷲ ޔާމީން،

ކުރީގެ ގައުމީ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕިލިމެންޓޭޝަން ޑިޕާޓްމެންޓް(އެފްޕީއައިޑީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލަ އަލުން ބަލައި، ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ކުރައްވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެފްޕީއައިޑީގެ ކޮރަޕްޝަނުގެ ޒަމާނުން ފެށިގެން ރާއްޖޭގައި ކޮރަޕްޝަން ފެތުރިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު މިއަދު ވެސް މީޑިއާ މެދުވެރިކޮށް ދިވެހިރައްޔިތުން ކުރެން ސުވާލުކޮށްލަން ބޭނުންވަނީ، އެފްޕީއައިޑީއިން ގެއްލުނު ފައިސާ ދިވެހި ދައުލަތަށް ވަދެއްޖެ ހެއްޔޭ،" ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

އެފްޕީއައިޑީގެ ޚިޔާނާތް ހިންގި ފަހުން އެތައް ސަރުކާރެއް އައިސްފައިވާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަނީ އެގޮތަށް ދިވެހި ދައުލަތުން ގެއްލިފައިވާ ހުރިހާ ފައިސާއެއް އަނބުރާ ހޯދުމަށް ކަމަށެވެ.

ރައީސް ޔާމީން މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިއިރު، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އަންގާރަ ދުވަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އެފްޕީއައިޑީގެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ގޮވާލާފަ އެވެ.

އެފްޕީއައިޑީ ކަރަޕްޝަންގެ މައްސަލަ ފެންމަތިވެފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ވަނަ އަހަރު އެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ)ގެ މައްޗަށާއި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އިލްޔާސް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރި އެވެ.

އެއިރު އެފްޕީއައިޑީ ހިންގަމުން އައީ އެސްޓީއޯގެ ދަށުންނެވެ. އިލްޔާސް އިބްރާހިމް އަކީ އެސްޓީއޯގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެފްޕީއައިޑީގެ މައްސަލަ އަލުން ބަލައި، ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ކުރައްވާފައިވާއިރު، އިލްޔާސް އިބްރާހިމްއަށް ދީފައި އޮތް ފަޅުރަށެއް ދާދި ފަހުން ސަރުކާރަށް ވަނީ ނަގާފަ އެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމ ބުރުގައި އިލްޔާސް އިބްރާހިމް ތާއީދު ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. އަދި އެއަށްފަހު އިލްޔާސް އިބްރާހިމް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު އެވެ.

އެފްޕީއައިޑީގެ ޚިޔާނާތް 100 މިލިއަން ޑޮލަރު ނޫނީ 1.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދާދިފަހުން އާންމު ކުރި އޮޑިޓް ރިޕޯޓް ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނަތް އުޅެނީ 79 މިލިއަން ޑޮލަރު ނޫނީ 1.22 ބިލިއަން ރުފިޔާގެ ތެރޭގަ އެވެ.

މިފްކޯ އަކީ 1993ގެ އަހަރުތަކުގެ ކުރީކޮޅު، އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު