Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 58 މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދީފި

19 ނޮވެމްބަރު 2022 | ހޮނިހިރު 09:41

21 ފަރާތަކަށް ކޯޕްރަލްގެ މަޤާމް އަދި 21 ފަރާތަކަށް ސަރޖަންޓްގެ މަޤާމް ވަނީ ލިބިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ނޮވެމްބަރު 2022 | ހޮނިހިރު 09:41
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 58 މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދީފިއެވެ.

އެ މުވައްޒަފުންނާއި މަޤާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ، ކަސްޓަމްސް ބިލްޑިންގގައި ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ.

Advertisement - newsAdvertisement

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ އޮފް އޭވިއޭޝަން ސެކިއުރިޓީ އަލީ އަސްގަރު ވިދާޅުވީ 2014 އިން ފެށިގެން މުވައްޒަފުންނަށް ޕްރޮމޯޝަން ނުދީ މެދުކަނޑާލާފައި ވުމަކީ މުވައްޒަފުން ވަރަށް ބޮޑަށް މާޔޫސްވީ ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ގޮންޖެހުންތަކާއި އެކުގައި ވެސް ޕްރޮމޯޝަން ދޭން ނިންމުމަކީ މުވައްޒަފުން އުފާކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން މި އަހަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 79 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެއީ މުވައްޒަފުންނަށް އުފާވެރިކަން ގެނުވާ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު އިތުރު 58 މުވައްޒަފުންނަށް ޕްރޮމޯޝަން ލިބުމަކީ މުވައްޒަފުންނަށް ލިބޭ ކުރިއެރުމެއް ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ރަސްމިއްޔާތުގައި މަޤާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންގެ ފަރާތުން ވާހަކަދެއްކެވި އޭވިއޭޝަން ސެކިއުރިޓީ ކޯޕްރަލް ފާތުމަތު އަލީ ވެސް ވަނީ މަޤާމުގެ ކުރިއެރުން ލިބުމަކީ މުވައްޒަފުންގެ މަސައްކަތަށް ހިއްވަރު ލިބި، އެހެން މުވައްޒަފުންނަށް ވެސް މަސައްކަތުގައި ރަނގަޅަށް ހަރަކާތްތެރިވުމަށް ލިބޭ ބާރެއް ކަމަށް ފާހަގަކުރައްވާފައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ގޮތަށް ބަލާއިރު 21 ފަރާތަކަށް ކޯޕްރަލްގެ މަޤާމް އަދި 21 ފަރާތަކަށް ސަރޖަންޓްގެ މަޤާމް ވަނީ ލިބިފައެވެ. އަދި ސްޓާފް ސަރޖަންޓުގެ މަޤާމް 13 ފަރާތަަށް، ސުޕްރިންޓެންޑެންޓުގެ މަޤާމް 2 ފަރާތަކަށް އަދި ޗީފްގެ މަޤާމް އެއް ފަރާތަކަށް ވަނީ ލިބިފައެވެ.

އެވިއޭޝަން ސެކިއުރިޓީ ކޮމާންޑް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

28 ސެޕްޓެމްބަރު 2025
ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
10 ޖުލައި 2025

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް
19 ނޮވެމްބަރު 2022

އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތް، ސިވިލް ސަރވިސް އުސޫލުން ދިނުމަކީ ގޮންޖެހުމެއް - މާރިޔާ

19 ނޮވެމްބަރު 2022
އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތް، ސިވިލް ސަރވިސް އުސޫލުން ދިނުމަކީ ގޮންޖެހުމެއް - މާރިޔާ
19 ނޮވެމްބަރު 2022

"މި ވެރިކަމުގައި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން 220ވުރެ ގިނަ ވަޒީފާ އުފެދިފައިވޭ"

19 ނޮވެމްބަރު 2022
"މި ވެރިކަމުގައި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން 220ވުރެ ގިނަ ވަޒީފާ އުފެދިފައިވޭ"
15 ސެޕްޓެމްބަރު 2022

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ދަނީ

15 ސެޕްޓެމްބަރު 2022
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް